އީރާނުގެ ރައީސް ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރ ގެއްލިއްޖެ

Loading

Facebook
Twitter
WhatsApp

އީރާނުގެ ރައީސް އިބްރާހިމް ރައީސީ ދަތުރުފުޅުކުރެއްވި ހެލިކޮޕްޓަރަށް ލޭންޑިންގ މައްސަލަތަކެއް ދިމާވެއްޖެ ކަމަށް އީރާނުގެ ސްޓޭޓް ޓެލިވިޒަނުން ޚަބަރު ދީފިއެވެ. މި ވަގުތު ހާދިސާ ހިނގަމުންދިޔަގޮތް ބަލަމުންގެންދާތީ އިތުރު ތަފްސީލު ފަހުން ހާމަކުރެވޭނެ ކަމަށްވެސް އެ ޚަބަރުގައި ބުނެފައި ވެއެވެ.

އީރާނުގެ ސްޓޭޓް މީޑިއާއިން ބުނެފައިވާގޮތުގައި އެ ހާދިސާ ހިނގާފައިވަނީ އީރާނުގެ އިރުމަތީ އަޒަރބައިޖާންގެ ޖޮލްފާ ސަރަހައްދުގައި މިއަދުއެވެ.                               

ރައީސް އަރިހުގައި ދަތުރު ކުރެއްވި ބޭފުޅުން އިމަރޖެންސީ ކޯލެއް ކުރައްވާފައިވާ ކަމަށް އީރާނުގެ ސެމީ އޮފިޝަލް ނިއުސް އޭޖެންސީ ތަސްނީމުން ބުނެފައިވެއެވެ. މި ހާދިސާގައި މާބޮޑު ނުރައްކަލެއް މެދުވެރިވެފައި ނުވާކަމަށް އެ ކޯލްގެ ސަބަބުން އުންމީދުތަކެއް ލިބިގެންދާ ކަމަށްވެސް އެ ޚަބަރުގައި ބުނެފައި ވެއެވެ. ނަމަވެސް އެކި މީޑިއާތަކުން އެކިގޮތްގޮތަށް ބުނަމުން އެބަދެއެެވެ.

ގިނަ ޓްވިޓްތަކުން ފެންނަނީ ހެލިކޮޕްޓަރ ކްރޭޝްވީ ކަމަށެވެ. އަދި އެއްވެސް ސަވަރވާއެއް އަދި ފެނިފާނުވާކަމަށެވެ.

އީރާނުގެ ދާޚިލީ ވަޒީރު މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި ހާދިސާހިނގި ސަރަހައްދު ބަލަމުން ގެންދާކަމަށާއި ދުންފިނީގެ ސަބަބުން ހުރަސް އެޅެމުންދާކަމަށްވެސް ވިދާޅުވިއެވެ. 

އެ މަނިކުފާނު އިތުރަށް ވިދާޅުވެފައިވާގޮތުގައި ހެލިކޮޕްޓަރާއެކު މުވާސަލާތު ކުރެވުނު ކަމަށާއި އެހެންނަމަވެސް ފަހުން ގުޅުން ކެނޑިފައިވާ ކަމަށެވެ.                                   

މީގެ އެއްދުވަސް ކުރިން ރައީސީ ހުންނެވީ އަޒަރްބާއިޖާނުގައި އެގައުމުގެ ރައީސް އިލްހާމް އަލިޔޭވް އާއިއެކު އެ ގައުމުގައި ބިނާކުރި ޑޭމެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.              

އީރާނު ސަރުކާރުގެ މީޑިއާއިން ބުނެފައިވަނީ ރައީސީގެ ހެލިކޮޕްޓަރާއެކު އިތުރު އެހެން 2 ހެލިކޮޕްޓަރ ދަތުރު ކުރި ކަމަށާއި އޭގެތެރެއިން 2 ހެލިކޮޕްޓަރ ސަލާމަތުން އެނބުރި އައިސްފައިވާ ކަމަށެވެ.              

އީރާނުގެ ރައީސް އަރިހުގައި އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދު ﷲ އަން އާއި އީރާނުގެ ދީނީ އިމާމު އެ ސަރަހައްދަށް ކަނޑައަޅުއްވާފައިވާ ރެޕްރެޒެންޓެޓިވް އާޔަތު ﷲ މުޙައްމަދު އަލީ އަލް ހާޝިމް ވެސް އެ ކްރޭޝްވިކަމަށް ބުނާ ހެލިކޮޕްޓަރުގައި ދަތުރުފުޅު ކުރެއްވިކަމަށް ވެއެވެ.                 

ހަކަތައާއިބެހޭ ވަޒީރު އަލީ އަކްބަރް މެހްރާބިއަން އާއި ހައުސިންގ އެންޑް ޓްރާންސްޕޯރޓް މިނިސްޓަރ މެހެރްދާދްބަޒަރްޕާޝް ދަތުރުކުރެއްވި ހެލިކޮޕްޓަރ ވަނީ ސަލާމަތުން އެނބުރި ޖައްސާފައެވެ.

އީރާނުން ބުނެފާވަނީ ރައީސް ރައީސީ ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރ ކްރޭޝްވުމުގައި އިސްރާޢީލުގެ އަތެއް ވެއްޖަކަން އެނގިއްޖެނަމަ މެދުއިރުމަތިގެ ޙާލާތު ވަރަށްއަވަހަށް ނާންމާ ޙާލަތަކަށް ބަދަލުވެގެން ދާނޭކަމަށެވެ.

އެންމެފަހުގެ ޚަބަރުގައި  ބުނިގޮތުން އީރާނުގެ ސްޕްރީމް ލީޑަރ އާޔަތުއްﷲ ޚަމެއިނީ ސްޕްރީމް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ފައްޓަވާފިއެވެ. ބައެއްފަރާތްތަކުން ބުނާގޮތުގައި ހިތާމަވެރި ޚަބަރަކަށް އިންތިޒާރުވެސް ކުރެވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް