އެމެރިކާއާއި ދެކޮޅަށް ދުނިޔެއަށް މުޅިން އާ ބަދަލަކަށް - ރަޝިޔާއާއި ޗައިނާ

Loading

Facebook
Twitter
WhatsApp

ރޮއިޓާރސް ޚަބަރުގައި ބުނެފައިވާ ގޮތުން މިހާރު ޗައިނާއަށް ވަޑައިގެން އުޅުއްވާ ރަޝިޔާގެ ރައީސް ޕޫޓިންއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ރަސްމީ ވާހަކަފުޅުތައް ބިނާކުރައްވާފައި ވަނީ ދެގައުމު ގުޅިގެން އެމެރިކާއާއި ދެކޮޅު މުޅިން އާ ބަދަލެއް ދުނިޔެއަށް ގެނައުމުގެ ބިންގަލުގެ މައްޗަށެވެ.

ޗައިނާއާއި ރަޝިޔާއަކީ ފިނި ހަނގުރާމައަށް ފަހު އެމެރިކާއާއި ދެކޮޅަށް ދުނިޔޭގައި ހަރަކާތްތެރި ވަމުން ގެންދާ އެންމެބާރުގަދަ ދެ ގައުމެވެ. އެމެރިކާއިން ދެކޭގޮތުގައި ރަޝިޔާއާއި ޗައިނާއިން ގެންދަނީ ދުނިޔޭގެ ހަމަޖެހުމާއި އަމާންކަން ނައްތާލުމަށްޓަކައި ގައުމުތައް ހަލަބޮލި ކުރަމުންނެވެ.                                    

ރައީސް ޕޫޓިން ބެއިޖިންއަށް ވަޑައިގަތުމުން ބެއިޖިންގެ ގްރޭޓް ހޯލް އޮފް ޕީޕަލް ގެ ބޭރުގައި ޕީޕަލްސް ލިބަރޭޝަން އާރމީގެ ޝަރަފްވެރި ހިނގާލުމެއްގައި ތިއަނަމަން ގައި 21 ބަޑީގެ ސަލާމެއް އަރުވާފައިވެއެވެ. އަދި އެތައްހާސް ކިޔަވާކުދިން ޗައިނާއާއި އާނމުން ރަޝިޔާގެ ދިދައާއެކު މަރުޙަބާ ދަންނަވަމުން ގެންދިޔައެވެ.

2022 ވަނައަހަރު ރަޝިޔާއާއި ޗައިނާއިންވަނީ “ އެއްވެސް އިމެއް “ ނެތް އެކުވެރިކަމުގެ ޢިއުލާނެއް ކުރައްވާފައި ވެއެވެ.

އަމާންކަމާއި އެކު ނިއުކްލިއަރ ޓެކްނޯލޮޖީގެ ބޭނުން ކުރުމަށާއި އިގްތިސާދާއި ފައިނޭންސް، ޔުކްރެއިން ހަނގުރާމައާއި އުތުރު ކޮރެއާ އާއި ތައިވާނުގެ މައްސަލަ އާއި ދުނިޔޭގެ ސެކިއުރިޓީ އެމެރިކާގެ ބާރުގެ ދަށުގައި އޮތުންފަދަ މައްސަލަތަކުގައި ދެބޭފުޅުން ޚިޔާލު ބަދަލު ކުރެއްވިއެވެ.                          

ޗައިނާއާއި ރަޝިޔާގެ މިއެކުވެރިކަން ޙާސިލު ކުރެވުނީ ވަރަށްގިނަ އުދަނގުލާއި ގޮންޖެހުންތައް ކަޑައްތު ކުރުމަށްފަހުގައިކަން ހަނދާނުން ކައްސާލައިގެން ދިޔަ ދީގެންނުވާނެކަމަށް ބުނެފާވެއެވެ. އަދި އަހަރެމެންގެތެރެއަށް ވަންނަން މަސައްކަތް ކުރަމުންގެންދާ ނުރައްކާތެރި ދެކޮޅުވެރިކަމަށް އަބަދުވެސް ޖެހޭނީ ވަރަށް ޚާއްސަ ފަރުވާތެރިކަމަކާއެކު ފާރަލަމުން ގެންދާށެވެ.

އުމުރުން 70 އަހަރުގެ ރައީސް ޝީ ޖިންފިން އާއި އުމުރުން 71 އަހަރުގެ ރައީސް ޕޫޓިންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ދެ ގައުމަށް ފައިދާކުރަނިވި ކޮންމެ ކަމެއްގައި ފުރިހަމަ އެއްބާރުލުން ދިނުމަށާއި އަދި ދުނިޔޭގެ ސުލްޙަމަސަލަސްކަމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްގައި ޗައިނާ އޮންނާނީ އަބަދުވެސް އެންމެ ކުރީ ސަފުގައެވެ. ޝީ ޖިންޕިން އިތުރަށް ވިދާޅުވިއެވެ.

ނޭޓޯއިން ފޯރުކޮށްދެމުން ގެންދާ ހަތިޔާރާއިއެކު ޔޫކްރެއިނުން ރަޝިޔާއާއި ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާއިރު ރަޝިޔާއިން ދެކެނީ ޖިއޯ ޕޮލިޓިކަލް ގޮތުން ވިސްނާއިރު ޗައިނާގެ ކޮޅަށް ރަޝިޔާއިން ބުރަވުމަކީ އެންމެ ރަނގަޅުގޮތް ކަމަށެވެ.

ފާއިތުވެގެންމިދާ ސަތޭކައަހަރު ދުވަހު ދުނިޔެއިން ދެކިފައިނުވާފަދަ އަމާން ރާސްތާއަކަށް އަހަރެމެން ދެމީހުން އެކުގައި މަސައްކަތް ކޮށްގެން ދުނިޔޭގެ ޙާލަތު ގެނެވިދާނެކަމަށް ދެކިވަޑައގަންނަވާ ކަމަށް ރައީސް ޝީ ޖިންޕިން ރައީސް ޕޫޓިންއަށް ދެންނެވިއެވެ.

މި ސްޓޭޓްމެން ތަރުޖަމާ ކުރައްވާ ހުޅަނގުގެ ސިޔާސީ މުފައްކިރުންގެ ނަޒަރުގައި މިއީ އެމެރިކާއަށް އަމާޒުކޮށް ރައީސް ޝީ ޖިންޕިން ފާޅުކުރެއްވި ޝުއޫރެކެވެ.

1991 ވަނައަހަރު ސޯވިއެޓް ޔޫނިއަން ފޮތިފޮތި ކޮށްލުމުގެ ހިތްދަތި ތަޖްރިބާއާއި ޔޫރަޕުގެ އަޅުވެތިކަމުގައި ޗައިނާއިން ހޭދަކުރަންޖެހުނު ޒަމާނަކީ މާޒީގެ ތާރީޚުކަމުގައި ނިންމައިމިހާރު މުޅިދުނިޔެއަށް ފަތުރާފައިވާ އެމެރިކާގެ ގޮށްމުށުންގެ ބާރުން ދުނިޔެ މިނިވަންކުރުމަކީ ދެބޭފުޅުން އެކުގައި މަސައްކަތްކޮށްގެންނޫނީ ޙާސިލު ނުކުރެވޭނެ އަމާޒެއް ކަމަށް ދެ ރައީސުން ދެކިވަޑައިގަންނަވަ އެވެ.

މި ލަނޑުދަނޑި ޙާސިލުކުރުމުގައި ދެގައުމަށްވެސް ބޮޑެތި ހުރަސްތަކެއް އެމެރިކާއިން ގެންދަނީ ކުރިމަތި ކުރަމުންނެވެ. ޗައިނާގެ އިގްތިސާދު ކުރިޔަށް ދިޔަ ބާރުމިން ވަރަށްބޮޑަށް ދަށްކުރުމުގައި އެމެރިކާއިން ގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަދި ރަޝިޔާއިން ޔޫކްރެއިންގައި ރަޝިޔާއިން ބުނާ “ ސްޕެޝަލް އޮޕަރޭޝަން“ ފެށުމުގެ ކުރިންވެސް ރަޝިޔާގެ ގޮނޑުދޮށާ ހަމަޔަށް ނޭޓޯ ފުޅާކުރުމަސްވެސް އެމެރިކާއިން އެމެރިކާގެ ބައިވެރީންގެންދިޔައީ މަސައްކަތް ކުރަމުންނެވެ.

ވޯޝިންގްޓަނުން ދެކެނީ ޗައިނާއަކީ އެމެރިކާގެ އިގްތިސާދީ ހަންފެތުރުމަށް މެދުވެރި ވަމުންދާ ހަމައެކަނި ހުރަސް ކަމަށާއި އަދި ރަޝިޔާއަކީ މިލިޓްރީގޮތުން އެމެރިކާއަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށެވެ. އަދި ޗައިނާއާއި ރަޝިޔާގެ ވެރިކަމުގައި ރައްޔިތުންގެ އެއްވެސް ބައިވެރިވުމަކަށް ފުރުސަތު ނުދޭނެ ކަމަށާއި ރައީސް ޝީ އަކީ ޑިކްޓޭޓަރެއް ކަމަށާއި ރައީސް ޕޫޓިން އަކީ “ ކިލަރ“ އެއް ކަމަށެވެ.

އެ ދެބޭފުޅުންނާއި ދިމާލަށް ސަން އޮފް ދަ ބިޗްސް އޭ ބުނެރައީސް ބައިޑްން މުޚާތަބް ކުރެއްވިއެވެ. ބެއިޖިންއާއި މޮސްކޯއިންއިން ވަނީ ރައީސް ބައިޑްންގެ އެ ވިދާޅުވުމަށް ހޫނު ރައްދެއް ދެއްވާފައެވެ.

ރައީސް ޕޫޓިންގެ ޗައިނާ ދަތުރުފުޅު އައިސްފައި މިވަނީ ޗައިނާއިން ރަޝިޔާގެ މިލިޓްރީއަށް އެއްބާރުލުން ދެމުންގެންދާތީ އެކަމާއި ކަންބޮޑުވުން ހާމަކުރަން ޚާރިޖީވަޒީރު އެންތަނީ ބްލިންކަން ޗައިނާއަށް ދަތުރުފުޅެއް ކުރެއްވިތާ މަދު ހަފުތާއެއްގެ ފަހުންނެވެ. އެދަތުރުފުޅުގެ ސަބަބުން މާބޮޑު ކާމިޔާބެއް ބްލިންކަންއަށް ޙާސިލު ކުރެވިފައެއް ނުވެއެވެ.

ރައީސް ޕޫޓިން އިތުރު 6 އަހަރު ދުވަހަށް ރަޝިޔާގެ ރިޔާސަތާ ޙަވާލުވެ ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ގައުމުން ބޭރަށް ކުރެއްވި ދަތުރު ފުޅުން ހާމަވެގެންދަނީ ރައީސް ޝީ އާއި އެމަނިކުފާނުގެ ބަދަހި ގުޅުމެވެ. 

އެމެރިކާއިން ގެންގުޅޭ ސުލޫކީ މިންގަނޑު ބަދަލު ކުރަން ޖެހޭނެކަމަށް ދެބޭފުޅުން ވިދާޅުވިއެވެ. ދެ ރައީސުންގެ ގުޅިފައިވާ ބަޔާނުން އެއްވެސް ޝައްކެތް ނެތް މިންވަރަށް އެކަމަށް ހެކި ލިބިގެންދެއެވެ.

ރައީސް ޕޫޓިން އާއި ރައީސް ޝީގެ ބަޔާނާއި ގުޅިގެން އެމެރިކާގެ ޚާރިޖިއްޔާގެ ޑެޕިއުޓީ ސްޕޯކްސްޕަރސަން ވެންދަންޓް ޕަޓޭލް ވިދާޅުވެފައިވަނީ ޗައިނާއިން ރަޝިޔާއަށް އެހީ ފޯރުކޮށްދެމުން “ ޗައިނާއިން ކޭކް ބާއްވާފައި ކޭކް ނުކެވޭނެ “ ކަމަށެވެ.

ޔޫރަޕްގެ ސެކިއުރިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު ނަރައްކަލަކީ ޗައިނާއާއި ރަޝިޔާގެ ބަދަހި ވަމުންދާ ގުޅުމެވެ. އެއްދުވަސްވަރެއްގައި ރަޝިޔާގެ ކޮންމެވެސް ވަރެއްގެ ބައިވެރިއަކު ކަމުގައި ސިފަ ކުރެވުނު ޗައިނާއަކީ މިއަދު ރަޝިޔާގެ އެންމެ ބާރުގަދަ ބައިވެރިޔާކަމުގައި ވެގެން ހިނގައްޖެއެވެ.     

ޔޫކްރެއިންގެ ހަނގުރާމާއާއި ގުޅިގެން އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް އަޅަމުންގެންދާ ދަތި ކުރުމުގެ ގިނަ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާއަށް މަޖްބޫރުވީ ޗައިނާގެ އެހީތެރިކަން ހޯދުމަށެވެ. 

މި އުފެދުނު އެއްބައިވަންތަކަން ރަޝިޔާގެ ބައެއް މުއްސަނދިންނަށްވެސް އަނެއްކާވެސް ރަޝިޔާއިން ޗައިނާގެ މައްޗަށް މިހާބޮޑަށް ބަރޯސާވާން ޖެހުނީތީކޮންމެވެސް ވަރެއްގެ ފުން ވިސްނުމެއް ކުރިމަތި ކުރުވާނެއެވެ. މީގެ ކުރިން 1969 ގައި ދެގައުމު ގުޅިފައިވާ ސަރަޙައްދުގެ މައްސަލާގައި ހަނގުރާމައަކަށް ނުދިޔައީ ހަމަކިރިޔާއެވެ.     

ރައީސް ޝީ އާއި ރައީސް ޕޫޓިންގެ ބަޔާނުގައި ހާމަކުރައްވާފައިވާ ގޮތުގައި ޔޫކްރެއިންގެ ހަނގުރާމަ ޑްރޯއަކަށް ވާކަށް ނޭދެއެވެ. އޭގެ ބަދަލުގައި ސުލްޙައިގެ މަޝްވަރާތަކުން ގޮތެއް ނިންމުމަށް ބުރަވެ ވަޑައިގެންފައިވެއެވެ. 

ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ބުރާސްފަތި ދުވަހު ބެއިޖިންގަށް ވަޑައިގެންނެވި ރައީސް ޕޫޓިން ހުންނެވީ ޔޫކްރެއިންގެ ހަނގުރާމަ ނިމުމަކަށް ގެންނެވުމަށް ރައީސް ޝީ ކުރައްވަމުން ގެންދަވާ މަސައްކަތްފުޅާ ދޭތެރޭ ވަރަށްބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގެން ފައެވެ.  އަދި މިހާރުހުންނެވީ އެކިއެކި ފްރަންޓް ތަކުގައި ރަޝިޔާއިން ކުރިއަރަމުން ގެންދާ ގެންދިއުން ރައީސް ޝީއަށް ދަންނަވަން ބޭނުން ވެފައެވެ.                         

ދެ ރައީސުންގެ ފުރަތަމަ ބައްދަލު ކުރެއްވުން ވެގެން ގޮސްފައިވަނި ވަރަށް ގާތް އެކުވެރި ކޮމްރެޑުންގެ ބައްދަލުވުމެއްގެ ގޮތުގައެވެ. ޗައިނާގެ އާދަކާދައިގެ މަތީން ވެރީންނަކީ ކޮނޑާކޮނޑު ޖައްސާ ސަލާމްކުރާ ބަޔަކަށް ނުވާތީ ސީ އާއި ޕުޓުންގެ ބައްދަވާލައްވާ ކުރެއްވި ސަލާމް ވެގެންގޮސްފާވަނީ ދެބޭފުޅުންގެ އެވިދާޅުވި މިނެއްނެތް ގުޅުމުގެ ރަމްޒެއްކަމުގައެވެ.

ނިއުކްލިއަރ އާއި ހަކަތަ އާއި ކާބޯތަކެތި އެއްގައުމުން އަނެއް ގައުމަށް ފޯރުކޮށްދިނުމާއި ރަޝިޔާގައި ޗައިނާ ކާރު އުފެއްދުމާއި ދެގައުމުގެ ދެމެދު ވިޔާފާރި ފުޅާކުރުމަށްވެސް އެއްބަސްވެވުނެވެ.             

Loading

One Response

  1. ދެ ރައީސްުންނަށް ހަމަ ސާބަސްފުޅެވެ. އެމެރިކާގެ ބަލާވެރިކަމުން ދުނިޔެ ސަލާމަތްކުރަން މާ ލަސްވެސް ވެއްޖެއެވެ. އެހެނަސް ދުނިޔެ ފަނާކޮށްނުލާ އެމެރިކާ ނުދާނެއެވެ. ހީރޯޝިމާއަށްވެސް ނިކުލިއަރު ބޮން އެޅީ ޖަޕާނު އަމާންވެސް ދިންފަހުން ނޫންހެއްޔެވެ. ދުނިޔޭގެ ސަޓަނިކް އެޖެންޑާގެ ބައްޕައަކީ ތި އެމެރިކާއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް