އަނެއްކާވެސް އަލްހާންގެ އިތުރު އިންވެސްޓުމަންޓް ސްކީމެއް!

Loading

Facebook
Twitter
WhatsApp

އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ އިތުރު އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށްފިއެވެ. 
އަލްހާން އަނެއްކާ ވެސް މިފަދަ ސްކީމެއް ތައާރަފުކޮށްފައިވާއިރު އޭނާގެ ފޮރެކްސް ޓްރޭޑް ވިޔަފާރިއަށް އިންވެސްޓް ކުރި ގިނަ ބަޔަކު އިންވެސްޓްކޮށްފައި ވަނިކޮށް، އެއީ ”ޕޮންޒީ ސްކޭމެއް“ ކަމަށް ތުހުމަތުކޮށް ކްރިމިނަލް ކޯޓުގައި އެ މައްސަލަތަކުގެ ޝަރީއަތް ވަނީ ފަށާފައެވެ. 
އެގޮތުން އެ މައްސަލައިގައި ޝަރީއަތް ފެށިގެން ކުރިއަށް ދަނިކޮށް ސީސީއެޗް ޓްރޭޑަރ ނަމުގައި ކްރިޕްޓޯ ކަރަންސީ ޓްރޭޑް ކުރަން އިންވެސްޓަރުން ހޯދަން ދަނީ ޕޯސްޓުކޮށް އިސްތިހާރު ކުރަމުންނެވެ. 

އެ ޕޯސްޓުގައި ބުނެފައިވާގޮތުން ދެ ލައްކަ ރުފިޔާ އިންވެސްޓް ކުރުމުން ހަ މަހުން 1،080،000 ރުފިޔާ ލިބިގެންދާނެއެވެ. 
ހަމަ އެހެންމެ 20،000 ރުފިޔާ އިންވެސްޓްކޮށްގެން މަހަކު 27،000 ރުފިޔާ ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. 
މީގެ އިތުރުން 10،000 ރުފިޔާ އިންވެސްޓްކޮށްގެން މަހަކު 13،875 ރުފިޔާ ލިބޭނެ ކަމަށާއި 40،000 ރުފިޔާ އިންވެސްޓްކޮށްގެން 55،000 ރުފިޔާ މަހަކު ލިބޭނެ ކަމަށް ވަނީ ބުނެފައެވެ

Loading

One Response

  1. އަލްހާން ބޭނުންވަނީ ދިވެހީން މުއްސަދިކޮށްދޭން. ގޯހެއް ނެތެއްނޫންތޯ؟ އެއްބަޔަކު ދައުލަތް ލޫޓުވާއިރު އަލްހާން އަވަދިނެތި ދިވެހީން މުއްސަދިކޮށްދޭން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް