''ޕޮއެޓްރީ ތެރަޕީ” ގެ ދިވެހި ނަން ފާސްކޮށް އިލްމީ ދިރާސާ ފަށަނީ

Loading

Facebook
Twitter
WhatsApp

“ޕޮއެޓްރީ ތެރަޕީ” ގެ ދިވެހި ނަމަކަށް “ޅެންފަރުވާ” މި ނަން ފާސްކޮށް, އިލްމީ ދިރާސާ ފަށަން ނިންމައިފިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބުނީ
ދިވެހިބަހުގެ އެކެޑަމީގެ ބަސް ކޮމިޓީން “ޕޮއެޓްރީ ތެރަޕީ” އަށް ދިވެހިބަހުން ކިޔާނެ ނަމަކަށް “ޅެންފަރުވާ” ކަނޑައަޅާފައިވާ ކަމަށާއި “ޅެންފަރުވާ“ ގެ މާނަ ވެސް ކަނޑައަޅާފައިވާ ކަމަށެވެ.

މާނަ: ބަލި މީހާގެ އިހުސާސްތަކާއި އުދާސްތަކާއި ގުޅޭ ޅެންހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެއް. މިއީ ގަދީމީ ޒަމާނުއްސުރެ ހަޟާރަތްތަކުގައި ނަފުސީ ތަފާތު ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރަމުން އަންނަ ތަރީގާއެއް.

ވުޒާރާއިން ބުނީ މި ނަން މިހާރު ވަނީ ބަސްފޮތުގެ އޮންލައިން އިސްދާރުގައި ހިމަނައިފައިވާ ކަމަށެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ޅެންފަރުވާގެ އިލްމީ ދިރާސާތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް, އެ ވުޒާރާއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ދެމެދު އެކުލަވައިލެވިފައިވާ ފަހުމުނާމާގައި އަންނަ ބުދަދުވަހު ސޮއި ކުރުމަށް ހަމަޖައްސައިފައެވެ.

“މި ފަހުމުނާމާގެ ދަށުން ޅެންފަރުވާއާ ބެހޭ އިލްމީ ދިރާސާތައް ކުރުމާއި ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފުސީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސްލޫބުތަކުގެ މައްޗަށް ދިރާސާތައް ކުރެވިގެންދާނެ“

މީގެ އިތުރަށް ދިވެހިބަސް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ތަފާތު އެހެނިހެން ދިރާސާތައް ކުރުން ވެސް މި ފަހުމުނާމާގެ ދަށުން ކުރުމަށް ހަމަޖެހިފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް