އިންޑިޔާގެ ފުޓްބޯޅަ ލެޖެންޑް ސުނިލް ޗެތުރީ ގައުމީޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ މަޝްހޫރު ފުޓްބޯޅަ ތަރި ސުނިލް ޗެތުރީ އިންޑިޔާގެ ނެޝަނަލް ޓީމަށް ކުޅުން ހުއްޓާލާ ކަން އިއުލާން ކޮށްފިއެވެ. އޭނާގެ ސޯޝަލް މީޑިޔާ ހެންޑްލް ތަކުގައި ކޮށްފައިވާ ޕޯސްޓެއްގައި ސުނިލް ބުނެފައިވާ ގޮތުގައި ފީފާ ވަރލްޑްކަޕް ކޮލިފައިންގ ގައި ކުވޭތާ ދެކޮޅަށް ކުޅޭ މެޗް ވެގެން ދާނީ އޭނާ ގައުމީ ޓީމްގެ ޖަރޒީ ގައި ކުޅޭ އެންމެ ފަހު މެޗް ކަމުގައެވެ. ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިމެޗް އޮންނާނީ ޖޫން 6ވަނަ ދުވަހުއެވެ. ހަތަރު ޕޮއިންޓާއެކު މިވަގުތު އިންޑިޔާ އޮތީ ގްރޫޕް އޭގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ ޤަތަރެވެ.

ޗެތުރީ ބުނެފައިވާ ގޮތުގައި ގައުމީ ޓީމުން ވަކިވާން ނިންމުމަށްފަހު އޭނާގެ އާއިލާ އާއި އެވާހަކަ ހިއްސާކުރި ވަގުތު ބައްޕަ ގެ ފަރާތުން ފެނުނީ ވަރަށް ”ނޯމަލް“ ރިއެކްޝަން އެކެވެ. އުފާވިއެވެ. ހަމަޖެހުން އައިކަން ހާމަވިއެވެ. އެހެން ނަމަވެސް އެވާހަކަ ބުނުމުން އޭނާގެ އަންހެނުން ފެށީ ރޯން ކަމަށް ޗެތުރީ ބުނެފައިވެއެވެ. އަބަދު މެޗުތަކުގަ އުޅެން ޖެހޭތީ އަންހެނުން އަބަދު ޝަކުވާ ކުރަމު ނޫންތޯ އަންހެނުންގާތު ބުނި ކަމަށާ މިހާރު ހުއްޓާލިވާހަކަ ބުނީމަ ދެރަވީ ކީއްވެތޯ ސުވާލު ކުރިކަމަށް އޭނާ ބުނެފައި ވެއެވެ. އަދި ޚުދް އަންހެނުންނަށް ވެސް އޭނާއަށް ރޮވުނީ ކީއްވެގެން ކަން ބުނެދޭނެ ނޭގުނު ކަމަށް ބުނެފައި ވެއެވެ.

ސުނިލް ޗެތުރީ ބުނެފައިވާ ގޮތުގައި އޭނާ މި ނިންމުން ނިންމީ ވަރަށް ބޮޑަށް އެކަމާ ވިސްނުމަށް ފަހުއެވެ. ވަކިވަނީ ކޮންމެހެން ވަރުބަލިވެގެން ނޫން ކަމަށާ ނަމަވެސް ފަހު ގޭމް އަކަށް ވާނެ މެޗަކާ މެދު ވަރަށް ބޮޑަށް ވިސްނުމަށްފަހު އެގޮތަށް ނިންމީ ކަމަށް ބުނެފައި ވެއެވެ.

މި ނިންމުމަށް ފަހު އެކަމާ ހިތާމަ ކުރާނެތޯ ކުރެވޭ ސުވާލު ގެ ޖަވާބުގައި ބުނަން އޮތީ އާއެކޭ ހަމަ ކޮންމެ ދުވަހަކުވެސް މިހާރުވެސް ހިތާމައިގެ އިހުސާސް ކުރެވޭ ކަމުގައެވެ. ކުރިޔަށް އޮތީ އެންމެ ވިހި ދުވަހުގެ ޓްރެއިނިންގ ކަން ހިތަށް އަރާ އެކަމާދެރަވާ ކަމަށް ބުނެފައިވެއެވެ. އަދި އޭނާގެ ނަފްސްގައިވާ ”ކިޑް“ ނުވަތަ ޒުވާން ކަމުގެ ޖޯޝް ގައި ގައުމީ ޓީމުން ފުރުސަތު އޮތް ހާ ދުވަހަކު ކުޅެން ބޭނުންވާކަމަށް އޭނާ ބުނެފައި ވެއެވެ. ނަމަވެސް ނިންމުން ފައިނަލް ކުރުމަށްފަހު މިހާރު ޕްރެޝަރެއް ނެތް ކަމަށް ބުނެފައިވެއެވެ. އިންޑިޔާގެ ޓީމް ތިންވަނަ ރައުންޑަށް ކޮލިފައި ވުމަށް ތިން ޕޮއިންޓް ބޭނުންވާ ކަމަށާ ކުވޭތާއެކު ކުޅޭ މެޗުގައި ޕްރެޝަރު އޮންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް އަމިއްލަޔަށް އެޕްރެޝަރު އިހުސާސް ނުކުރެވޭ ކަމަށް ޗެތުރީ ބުނެފައި ވެއެވެ.

އަދި ތަފާތު ވާހަކައެއްވެސް ބުނެލަން ބޭނުން ކަން ފާހަގަ ކޮށް ސުނިލް ޗެތުރީ ބުނީ އިންޑިޔާގައި ސަޕޯޓަރުންގެ ލޯތްބާއި ތައުރީފް އެންމެ ބޮޑަށް ލިބުނު ކުޅުންތެރިއަކީ އޭނާ ކަމަށް ގަބޫލު ކުރާކަމަށެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ނުވަތަ އެހެން ވެސް ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ނަންތައް ފާހަގަ ކުރިނަމަވެސް ފުޓްބޯޅައިގެ ފޭނުން އެންމެ ބޮޑަށް ލޯބިވީ އޭނާ ދެކެކަމަށް ބަގޫލު ކުރާ ކަމަށް ބުނެފައި ވެއެވެ. އަދި ދެން އޭނާގެ ގައުމުން އެހެން ނަމްބަރ 9އެއް ދުށުމުގެ ވަގުތު ޖެހުނީ ކަމަށް ނިންމާލަމުން ޗެތުރީ ބުނެފައި ވެއެވެ.

އުމުރުން 39 އަހަރުގެ ޗެތުރީ 19 އަހަރު އިންޑިޔާގެ ގައުމީ ޓީމަށް ކުޅެފައި ވެއެވެ. އޭނާ ފުރަތަމަ ގޯލު ޖަހާފައިވަނީ ކުޅުނު ފުރަތަމަ މެޗުގައި 2005 ވަނަ އަހަރުއެވެ. އޭނާއަކީ މިއަދު ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ވެސް މެސީ އާއި ރޮނާލްޑޯއަށް ފަހު ތިންވަނަޔަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުން ތެރިޔާއެވެ. އަދި ގިނަބަޔަކު ކްރިކެޓަށް ޝައުގުވެރިކަން ހުންނަ އިންޑިޔާގައި ފުޓްބޯޅަޔަށް ސަމާލުކަން ހޯދުމުގައި އޭނާގެ ދައުރު ވަރަށްވެސް ބޮޑެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް