ވެހިކަލުގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރާ ގުޅޭ ތުހުމަތެއް އަދި ފާހަގައެއްނުކުރެވޭ: ޕޮލިސް

Loading

Facebook
Twitter
WhatsApp

ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތުކުރެވޭ އެއްވެސް ކަމެއް މިހާތަނަށް ފާހަގަ ކުރެވިފައިނުވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިކަން ފާހަގަކޮށް, އިތުރަށް ބުނީ އެ މީހާގެ ހަށިގަނޑާމެދު އަމަލުކުރާނެ ގޮތަކާމެދު އަމަލުކުރާނެ ގޮތަކާމެދު އެ މީހާގެ އާއިލާއާ ވާހަކަދައްކަމުންދާ ކަމަށެވެ.

ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮތީ ބަނގްލަދޭޝްގެ ފިރިހެނެކެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސަހަރާގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގެ ތެރެއިންނެވެ.

މިދިޔަ ހޯމަދުވަހު, ބަނޑޭރިކޮށީގައި މީހުން ނޫޅޭ އެޕާޓްމަންޓެއްގައި މަރުވެފައި އޮތް އުމުރުން 30 އަހަރުގެ މީހަކު ވެސް ވަނީ ފެނިފައެވެ. އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް