ޓެކްސް ކޮމިޝަނަރު ކަމަށް ޒަރީރު އައްޔަންކުރަން ރުހުންދިނުމަށް ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޓެކްސޭޝަން ހަސަން ޒަރީރު އައްޔަން ކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އެ މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. 

އެގޮތުން ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވެފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަގާމަށް ހުށަހެޅުއްވި ދެ ނަމަކީ ޔަޒީދު މުޙައްމަދުގެ ނަމާއި، ޒަރީރުގެ ނަމެވެ. ކޮމިޓީން ވަނީ ޒަރީރު މި މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ނިންމައިފައެވެ.

 މި މަޤާމަށް ޒަރީރު އައްޔަންކުރުމަށް ރުހުންދޭން ފެންނަ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ ވޯޓާއެކުއެވެ.

ކޮމިޝަނާ ޖެނަރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޒަރީރު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފައިވާއިރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަޤާމަށް މި ސަރުކާރުން ވަނީ ޒަރީރު އައްޔަނު ކުރައްވާފައެެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް