އިންޑިއާގެ އަސްކަރީ އުޅަނދުތައް އޮޕަރޭޓްކުރަން ކަމަށް ބުނެ ރާއްޖޭގައި ބޭތިއްބި ތިބި އެ ގައުމުގެ ސިފައިން ފޮނުވައިލުމަށްފަހު ގެނައި މަދަނީ މީހުން އެ އުޅަނދުތައް އޮޕަރޭޓް ކުރާނީ ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން ވިދާޅުވީ ކުރިން އެ އުޅަނދުތައް އޮޕަރޭޓްކުރަން ރާއްޖޭގެ ތިން ސަރަހައްދެއްގައި ތިބި 76 ސިފައިން މިހާރު ފޮނުވާލައިފައިވާ ކަމަށާއި ދެ ގައުމުން އެކުލަވައިި ހައި ލެވެލް ކޮމިޓީން ބޭއްވި މަޝްވަރާތަކުގައި އެއްބަަސްވި ގޮތަށް ހަމަ އެ އަދަދަށް މަދަނީ މީހުން ހަރަކާތްތެރިވާނެ ކަމަށެވެ.
އިންޑިއާގެ އަސްކަރީ އުޅަނދުތައް ކުރިން ބޭނުންކުރީ އެމަޖެންސީގައި ރަށްރަށުން ބަލި މީހުން މާލެ ގެނައުމަށާއި ސަވަޔަލެންސް އޮޕަރޭޝަންތަކަށް ކަމަށްވާއިރު މިހާރު އެކަން ކުރަން ސަރުކާރުން ވަނީ އެއާ އެމްބިއުލާންސާއި ސީ އެމްބިއުލާންސާއި ޑްރޯންގެ ޚިދުމަތް ތައާރަފުކޮށްފައެވެ.
މި ޚިދުމަތްތައް މި ސަރުކާރުން ތައާރަފުކޮށްފައިވާއިރު އިންޑިއާގެ ތިން އުޅަނދު ރާއްޖޭގައި ބޭއްވުމުގެ ބޭނުމެއް އެބަ އޮތްތޯ ސުވާލުކުރުމުން ޣައްސާން ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ ކުރިން ވެސް ހާމަކުރި ފަދައިން ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުން ކަމަށެވެ.
ޣައްސާން ވިދާޅުވީ އިންޑިއާގެ އުޅަނދުތައް ބޭނުންކުރަން ގަަސްދުކޮށްފައިވަނީ އެ ހާލަތެއް މެދުވެރިވެއްޖެނަމަ ކަމަށެވެ.
“ދެން އެ ހާލަތެއް މެދުވެރިވޭތޯ ހިންގަވާ ބަލަން ތިބެން“
ޣައްސާން އިތުރަށް ވިދާޅުވީ އިންޑިއާގެ މަދަނީ މީހުން މަސައްކަތް ކުރާނީ ދިވެހި އަސްކަރިއްޔާގެ ކޮމާންޑަށް ކަމަށާއި އަސްކަރިއްޔާއަށް ނޭނގި އެ އުަނދުތައް ނުދުއްވޭނެ ކަމަށެވެ.
ފޮޓޯ: އަވަސް
One Response
Helicopter thakuge beynun, bodu thanun muhimmee India ga beynun kuran. Raajjeyga bahattan muhimmeh noon! India aai malikaa dhemedhun dhuvvan, India ah dhee!