ގައްޒާއާއި ހަނގުރާމަކުރަން ދޭންބުނި ހަތިޔާރު ހުއްޓާލުމުން ވަރަށް ފޫހިވެއްޖެ

Loading

Facebook
Twitter
WhatsApp

އެމެރިކާއިން އެންމެފަހުން އިސްރާއީލަށް ފޮނުވަން ހަމަޖެހިފައިއޮތް ހަތިޔާރު ޝިޕްމެންޓް ޕެންޓަގަނުން ހުއްޓުވުމުން “ ފަލަސްތީނުގެ ހަނގުރާމައިގާ އަހަރެމެންނަށް ކަލޭމެން އެހީވެދޭ ގޮތަކީ ތިޔައީ ތޯ އަހައި “ އިސްރާއީލުން އެމެރިކާއަށް ސުވާލުކޮށްފިއެވެ.

ހައި ޕޭލޯޑުގެ އެ ޝިޕްމެންޓް ހުއްޓުވުމުން އެކުވެރި ދައުލަތްތަކަށް އިސްރާއީސްލުން ކަނޑައަޅާފައިހުންނަ ސަފީރު ގިލާޑް އެރްދާން “ ވަރަށް ފޫހިވެއްޖޭ “ ބުނެ ރައީސް ބައިޑަނަށް ކުނިމޫނު ދައްކާފައިކަމަށް ރޮއިޓާރސްއިން ވަނީ ހާމަކޮށްފައެވެ.

އިސްރާއީލަށް ފޮނުވަން ހަމަޖެހިފައިއޮތް އިތުރު 2000 ރާތަލުގެ ބޮމުގެ ޝިޕްމެންޓް އެމެރިކާގެ ނުރުހުމުގައި ރަފާޙްއަށް ޙަމަލާދިނުމާއި ގުޅިގެން ހުއްޓުވާފައިވާ ކަމަށް ދިފާއީ ވަޒީރު ލޯއިޑް އައުސްޓިންވެސް ވަނީ އިއްޔެ މީޑިއާތަކަށް ކަށަވަރުކޮށް ދެއްވާ ފައެވެ. އަދި ކުރިއަށް ހުރި އެހެން ޝިޕްމެންޓް ތައްވެސް ދެވަނަ ވިސްނުމަކަށް ފަސްކޮށްފައިވާކަމަށް ޚާރިޖިއްޔާގެ ތަރުޖަމާނު މެތިއު މިލަރ ބުނެފައިވެއެވެ.

މީގެން އެނގިގެން ދަނީ ފަލަސްތީނު ސުންނާފަތިކޮށް އެބިންތައް އަތުލުމަށް ކުރެވޭ ގަތުލު ޢާމްގެ މަދަދުގާރަކީ ސީދާ އެމެރިކާކަމެވެ. އެމެރިކާއި މިފަދަ ފަނާކުރަނިވި ހަތިޔާރާއި ނަގުދުގެ އެނހީ ނުދޭނަމަ އިސްރާޢީލަށް ފަލަސްތީނު އެގޮތަށް ސުންނާފަތިކޮށް 40 ހާސް މީހުނާއި ކުޑަކުދިން ނުމެރުނީސްކަން މިހާރު ޔަގީންވީއެވެ.

އެހެނަސް މިދިޔަ ބުދަދުވަހުވެސް ސެނޭޓުގެ އެޕްރޮޕްރިއޭޝަން ކޮމިޓީގައި ވާހަކަ ދައްކަމުން ދިފާއީ ވަޒީރު ލޯއިޑް އައުސްޓިން ބުނެފައިވަނީ ރަފާޙް ގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށްފައި މެނުވީ ރަފާޙްއަށް އިސްރާއީލުން އެއްވެސް ޙަމަލާއެއް ދީގެން ނުވާނެކަން ވަރަށް ރަނގަޅަށް އޮންނާނީ އަންގާދީފައެވެ. އައުސްޓިންގެ އެވާހަކައަށް ރިޕަބްލިކަނުން ވަގުތުން ރައްދުދީ ޝިޕްމެންޓްތައް ނުހުއްޓުވުމަށް ބާރު އަޅަމުން ގެންދިޔައެވެ. ސެނޭޓް އާރމްޑް ސަރވިސަސް ކޮމިޓީގައި ހިމެނޭ ރިޕަބްލިކަން މެމްބަރުންގެ ތެރެއިން ޑެބް ފިޝަރ ގެ ވާހަކައިގާ ރައީސް ބައިޑްން އަށް އިންޒާރު ދީފައިވަނީ އިސްރާއީލަށް އެމެރިކާއިން ލިބިދޭންޖެހޭ އެހީއާ ދޭތެރޭ އިސްރާއީލުގެ ވެރިންގެ ހިތުގައި ޝައްކު އުފެދޭގޮތަށް ސިޔާސީ ގޭމް ކުޅުން ހުއްޓާލުމަށެވެ. 

ރިޕަބްލިކަންގެ އެހެން މެމްބަރަކު ބުނެފައިވަނީ އިސްރާއީލުން ބޭނުންވާ ކޮންމެ ކަމަކަށް އެމެރިކާ ސަރުކާރުން މަގުފަހިކޮށްދޭން ޖެހޭނެކަމަށެވެ. މީގެ ކުރީން އެމެރިކާގެ އެހެން އޮފޮޝަލަކު ވިދާޅުވެފައިވާ ފަދައިން އިޒްރޭލަށް އެއްވެސް ޝަރުތެއްނެތި ބޭނުން ކޮންމެ އެނހީއެއް ވެދޭން ޖެހޭނެއެވެ. އެހެނީ އިސްރާޢީލަކި މެދުއިރުމަތީގެ އަހަރެމެންގެ ހަމަޖެހުމެވެ. އިސްރާޢީލް ނެތިއްޖެނަމަ އަހަރެމެން ޖެހޭނީ އެހެން އިސްރާޢީލެއް މެދުމަތީގައި އުފަށްދުވާށެވެ. އިސްރާޢީލަކީ އަހަރެމެންގެ 4 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެކެވެ. ވީމާ އިސްރާޢީލުގެ ލައްވާ އަހަރެމެން ކުރުވާ ހަނގުރާމައިގެ ޖަރީމާތަކަށް ސޮރީއޭވެސް އަހަރެމެން ބުނާކަށް ނުޖެހޭނެއެވެ.

އެ ކޮމެޓިގައި ހިމެނޭ އިސްރާއީލަށް އެންމެ ބޮޑަށް ތާއީދުކުރާ ކޮންގްރެސްގެ މެމްބަރު ޖޯން ފެޓަރމަންވެސް ވަނީ ހަތިޔާރު ޝިޕްމެންޓް ހުއްޓާލުމުން ރައީސް ބައިޑްއާއި ދެކޮޅަށް ވަރަށްބޮޑަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފައެވެ.              

އެ ޝިޕްމެންޓްތައް ހުއްޓުވުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ގައްޒާއަށް އެއްގަމު މަގުން ދިނުމަށް އިސްރާއީލުން ރަވަމުންގެންދާ ފަނާކުރަނިވި ޙަމަލާތައް ހުއްޓާލުން މަޖުބޫރުވާނެކަމަށް ބައިޑަން ސަރުކާރުން އުންމީދު ކުރާކަންވެސް ވަނީ ހާމަކޮށްފައެވެ.

އެކަމަކު އެމެރިކާގެ ވާހަކަތަކާ ގުޅިގެން އިސްރާއީލުން ވަނީ “ އިސްރާއީލުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަލޭމެން ބުނަމުން ގެންދާ ދަގަނޑު ދަހަނާއިން ފާރަވެރި ވުމުގެ ފެންވަރަކީ ތިޔައީތޯ އަހައި “ ރުޅިވެރިކަމުގެ ސުވާލުތައް ރައްދު ކޮށްފައެވެ.

އިސްރާއީލުގެ ޗެނަލް 12 ގައި ވާހަކަ ދައްކަމުން ގިލާޑް އެރްދާން ބުނެފައިވަނީ ޙަމާސް ދުނިޔެއިން ނައްތާލުމުގައި އިސްރާއީލުގެ އެންމެގާތް އެކުވެރިޔަކީ ރައީސް ބައިޑަން ކަމުގައި ބުނަން ދެން މިހާރު ލަދުގަންނަން ޖެހޭކަމަށެވެ.

މިހާތަނަށް އިސްރާއީލުގެ ސިފައިންގެ ޙަމަލާތަކުގައި 40،000 ފަލަސްތީނީން މަރާލާފައިވާ ހަނގުރާމަ ނިމުމަކަށް ގެންނަން ރައީސް ބައިޑްން މަސައްކަތް ކުރައްވަން ފެއްޓެވި ހިސާބުން ފެށިގެން ނަތަންޔާހޫއާއެކު އޮންނަގުޅުންތަކަށް ނޭދެވޭ އަސަރުތަކެއް ކުރަމުން ގެންދާތަން ދަނީ ފެންނަމުންނެވެ.

ބައިޑަންއަކީ ޒައިނެސްޓެއްކަމަކު އެމެރިކާގެ އެތެރެއިންނާއި ބޭރުން ޔުނިވާސިޓީތަކުގެ ކުދީންނާއިއެކު ފަލަސްތީނުގެ (ގާޒާގެ) ހަނގުރާމައަށް ދެކޮޅުހަދާ މީހުން ނިހާޔަތަށް ގިނަވުމާއި މިއަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެމެރިކާގެ ރައްޔަތުންގެ ރުހުން ބޭނުންފުޅުވާތީ ގާޒާގެ ހަނގުރާމަ މައިތިރިކުރުވަން ބައިޑަންއަށް މަޖުބޫވީއެވެ.

ގައްޒާއަށް ބޭނުން ޖެހިފައިވާ އިންސާނީ އެހީތަކަށް ހުރަސް ނޭޅުމަށާއި އަދި އެކަމަށް މަގުފަހިކޮށްދީ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ރަހީނުން މިނިވަން ކުރެވިދާނެގޮތެއް ހޯދުމަށް ގާހިރާގައި ކުރެވެމުންދާ މަޝްވަރާތަކުގެ ކުރި ނުމަރަން އެމެރިކާގެ އޮފިޝަލުން ގެންދަނީ އިސްރާއީލުގެ ވެރިންނަށް އާދޭސް ކުރަމުންކަމުގައި ބުނެފާވެއެވެ.

އިސްރާއީލަށް ފޮނުވަން ހަމަޖެހިފައިވާ 2000 ރާތަލުގެ 3500 ބޮމުގެ ޝިޕްމެންޓް ހުއްޓުވަން ރައީސް ބައިޑްންގެ ނިންމެވުން ވެގެން މިދިޔައީ އެމަނިކުފާނުގެ ކެތްތެރިކަން ކޮޅުންލައިގެން ހިނގައްޖެކަން އިސްރާއީލަށް އެންގުމަށް ބޭނުންކުރެއްވި ވަރުގަދަ މެސެޖެއް ކަަމަށެވެ.

ފަހަކަށް އައިސް އެމަނިކުފާނު ވިދާޅުވަމުން ގެންދެވި ބަސްފުޅުތަކަށް އިސްރާއީލުގެ ވެރިން ދެމުންގެންދިޔައީ މުޅިން ބީރު ކަންފަތެކެވެ. އެމަނިކުފާނުގެ އަމުރުތައް އިސްރާއީލުގެ ވެރިން ގެންދިޔައީ ބޮލާލާ ޖަހަމުންނެވެ.

އިސްރާއީލުގެ ހަނގުރާމައިގެ ކެބިނެޓްގެ ޙަރަކާތް ތަކަށްބަލާއިރު ރަފާޙްއަށް އެއްގަމު މަގުން އަރައިގަތުމަށް ކެބިނެޓްގައި ދެކެވުނު ވާހަކަތަކަށް ގިނަ މެމްބަރުން ރުހުން ދީފައެއް ނުވެއެވެ. 

އެ މެމްބަރުންގެ ވާހަކައިގާ ޙަމާސްއާއިއެކު ކުރެވެމުންދާ މަޝްވަރާތަކުގައި ރަހީނުން މިނިވަން ކުރުވަން ހޯދިދާނެމަގުތަކެއް ހުޅުވުމުގެ ފުރުސަތު ލިބެމުންދާ މިދަނޑިވަޅުގައި ރަފާޙްއަށް އަރައިގަތުމުން ޙަމާސްގެ މުޅި ވިސްނުން ބަދަލު ވުމުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހުންނޫން ކަމެއް ޙާސިލު ނުކުރެވޭނެއެވެ.

އެހެންނަމަވެސް މިސްރުގައި ހިނގަމުންދާ މަޝްވަރާތަކަށް ޙަމާސްގެ ރަސްމީ ޖަވާބު ލިބުމުން އިސްރާއީލުގެ ކެބިނެޓްގައިތިބި ރަފާޙްއަށް ޙަމަލާނުދިނުމަށް ބާރުއެޅި މެމްބަރުންގެ ވިސްނުންވެސް ވަނީ ބަދަލު ވެފައެވެ. ވައްލާ ނިއުސް ވެބްސައިޓަށް މައުލޫމާތުދިން އިސްރާއީލުގެ އިސް އޮފިޝަލަކު ބުނެފައިވަނީ ޙަމާސްގެ ޖަވާބުގައި އިސްރާއީލުން ކަނޑައަޅާފައިވާ ހުރިހާ ރަތް ރޮނގެއް ހުރަސްކޮށްފައިވާކަމަށެވެ.

ލެބަނަންއާއި އިސްރާއީލުގުޅޭ ސަރަހައްދުގައި ޙިޒްބު ﷲ އާ ދެކޮޅަށް އިސްރާއީލުން ދެމުން ގެންދާ ޙަމަލާތަކަށް ހަވާލާދީ އިސްރާއީލުގެ ދިފާއީ ވަޒީރުގެ އިންޒާރުގައި ބުނެފައިވަނީ މިއަހަރުގެ ހޫނު މޫސުން “ ވަރަށް ހޫނު “ ވާނެ ކަމަށެވެ.

އިސްރާއީލު ސިފައިން ގައްޒާއަށް ޙަމަލާދެމުން ގެންދާމިދަނޑިވަޅުގައި އެ ޖަމާޢަތުގެ އިސް ވެރިޔަކު ކަމުގައިވާ އުސާމާ ހަމްދާން މިއަދު ވިދާޅުވެފައިވަނީ އިސްރާއީލުން ގާޒާގައި ހިންގަމުންގެންދާ މިލިޓްރީ އުދުވާންތަކަކީ އެމީހުންނަށް ޕިކްނިކް ދަތުރަކަށް ނުވާނެއެވެ. އަދި މިސްރުގެމަގުން ރަފާޙްއަށް އެތެރެވެވެން އޮންނަ މަގު އަބަދުވެސް އޮންނާނީ މިސްރާއި ފަލަސްތީނުގެ ބާރުގެ ދަށުގައެވެ.                    

އިސްރާއީލުން ރަފާޙްއަށް ޙަމަލާ ދެމުން ގެންދާހާ ހިނދަކު ހަނގުރާމަ ހުއްޓާލުމާއިބެހޭ އެއްވެސް މަޝްވަރާއެއްގައި ޙަމާސް ބައިވެރި ނުވާނެކަން ވަނީ އަންގާފައެވެ.   

ދުނިޔޭގެ ކަންކޮޅުތަކުގައި ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކޮށް ކުރަމުން ގެންދާ މުޒާހަރާތަކާއި އެއްވުންތަކަށް ބަލާއިރު ކައިރި މުސްތަގްބަލެއްގައި ފަލަސްތީނުގެ މައްސަލަ ޙައްލުކުރުން ދުނިޔޭގެ ބާރުގަދަ ގައުމުތަކަށް މަޖްބޫރު ވެދާނެ ވެއްޓެއް އުފެދިގެން ހިނައިދާނެކަމުގެ އުންމީދުވެސް ކުރެވެން ފަށައިފިއެވެ.

ޚާއްސަގޮތެއްގައި ސްކޫލްތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންގެ ޖެހިލުމެއްނެތް އެއްވުންތަކާއި އެފަދަ އެއްވުންތަކުގައި ބައިވެރިވަމުން ގެންދާ ބަސްވިކޭ ސިޔާސީ ބޭފުޅުންގެ އަދަދު އިތުރުވަމުން ދާކަންވެސް ފާހަގަކުރެވެން ފަށައިފިއެވެ. 

ދާދި މިދާކަށްދުވަހު އިނގިރޭސި ވިލާތުގެ ކުރީގެ އިދިކޮޅު ލީޑަރަކު ކަމުގައި ހުންނެވި ސައިމަން ކާރބީ ދުނިޔޭގެ ކަންކޮޅުތަކުގައި ޔުނިވަރސިޓީ ތަކުގެ ދަރިވަރުންނާއި އާންމުންގެ އެއްވުމެއްގައި ބައިވެރިވި މީހުންނާ މުޚާތަބު ކުރައްވައި ހިތްވަރު ދެއްވުމަށް ވިދާޅުވި ވާހަކަފުޅުތައް ފާހަގަކުރެވެއެވެ. 

އެ ބޭފުޅާގެ ވާހަފުޅުގައި އާދަޔާޚިލާފް ގޮތެއްގައި ފާހަގަކުރެއްވި ބައެއް ޖުމުލަތަކަށް ދެފަހަރު ވިސްނާލުން ރަނގަޅެވެ. “ ތިޔަ ދަރިވަރުންނަކީ ގައުމުތަކުގެ މުސްތަގްބަލެވެ. ގައުމުތަކުގައި މާދަމާ ބަސްކިޔަންތިބޭނީ ތިޔަ ދަރިވަރުންނެވެ. ފައިސަލާކުރާ ގޮނޑިތަކުގައި ތިބޭނީ ތިޔަ ދަރިވަރުންނެވެ. ތިޔަ ދަރިވަރުން މިއަދު ނިކުމެ ތިބީ މިއަދު ދިމާވެފައިވާ މައްސަލައަކަށް ޙައްލު ހޯދުމަށެވެ. މިވާހަކަ ދައްކާފައި އެނބުރި ގެއަށްދާކަށް ނޫނެވެ. މިއަޒުމްގައި ފަސްބެލުމެއްނެތި ކުރިއަށް ދާށެވެ“.    

Loading

3 Responses

  1. އެމެރިކާއިން އެހެން ނުހަދާ މިހެން ނުހަދާ ކިޔާފަ ގޮތްކިޔާ ހަބޭހަށް ޓެރަރިސްޓް އިޒްރޭލަށް ތިފަދަ ފަނާކުރަނިވި ހަތިޔާރުދީ މިހަދަނީ، އެކަމުން އެބައެނގޭ އެކަލޭގެ އެ ބުނާހެން ތިއީ އެމެރިކާ ބޭނުންވެގެން ގައްޒާ އަތުލައި އެނެކްސް ކުރަން ކުރުވާ ހަނގުރާމައެއް ކަން.
    ހުރިހާ ބަލާ އެއްގެ ވެރިޔާ އެމެރިކާ!

  2. މި ދެމީހުްގެ ބަސަމަގުވެސް މިހުންނަނީ ހާދަ އެހެން ގޮތަކަށޭ. އަހަރެމެންގެ ތެރޭގައި ގިނަފަހަރަށް “ ވަރަށް ފޫހިވޭ “ މިބަސް ބޭނުންކުރަނީ ދިމާ އިދިކޮޅު މާނައެއްގައެވެ. ވަރަށް ރުހޭކަން ދޭހަކޮށްދިނުމަށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް