މަސްތުވާތަކެތީގެ މައްސަލަތަކެއްގައި 4 މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުގީގަށް ހަތަރު މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އެ މީހުން ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

އެ މީހުންގެ ފޮޓޯ އާންމުކޮށް ފުލުހުން މިއަދު ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައެވެ.

ފުލުހުން ހޯދަމުން އަންނަނީ:

އުމުރުން 33 އަހަރުގެ އާމިނަތު ޝީޒާ ޢަލީ، ހުޅުމާލެ.ފެއަރވިލެޖް- ގޯތިނަންބަރު 11168

އުމުރުން 42 އަހަރުގެ ޙަސަން ނަބީލް، ގއ. ކަނޑުހުޅުދޫ/ފެހިއައްސޭރި

އުމުރުން 46 އަހަރުގެ ޢީސާ އިބްރާހީމްފުޅު، ތ. ތިމަރަފުށި/ބަނަފުސާގެ

އުމުރުން 31 އަހަރުގެ ޔޫސުފް މުޙައްމަދު ޒައީމް، ކ. މާލެ/ހ.ދިޔަދޫ

ފުލުހުން ވަނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، މެއި 14 ވަނަ ދުވަހުގެ 14:00 އަށް އެ މީހުން ހާޒިރުވާން އަންގާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް