ހޮސްޕިޓަލް ބިލް ނުދެއްކިގެން އަނބިމީހާ މަރާލައިފި

Loading

Facebook
Twitter
WhatsApp

 އެމެރިކާގެ ކެންޒަސް ސިޓީގައި، ހޮސްޕިޓަލުގައި އޮތް ބަލި އަނބިމީހާ މަރާލިކަމުގެ ކުށުގައި މީހަކު ހައްޔަރު ކޮށްފިއެވެ. އޭނާ ފުލުހުން ކައިރީ އެއްބަސްވެފައިވާ ގޮތުގައި އޭނާ އެގޮތަށް އެކަންތައް ކުރީ އަންހެނުންގެ ސިއްހީފަރުވާ ގެ ބިލްތައް ނުދެއްކިގެން ކަމަށެވެ.

 ރޮނީ ވިގްސް ނަމަކަށް ކިޔާމީހާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މޭ ހަވަނަ ދުވަހު ބާއްވާފައިވާއިރު ދެވަނަ އަޑުއެހުމެއް މޭ 9ވަނަ ދުވަހަށް ވަނީ ތާވަލު ކުރެވިފައެވެ.

ރޮނީ ވިގް ގެ އަނބިމީހާ އައީ ޑަޔަލިސިސް ގެ ޚިދުމަތްހޯދަމުން ކަމަށްވެއެވެ. އެންމެ  ފަހުން މެޑިކަލް ސެންޓަރެއްގަ އެޑްމިޓް ކޮށްފަ އޮތީ އައު ޕޯޓެއް ލެއްވުމަށް ކަމަށްވެއެވެ. އޭނާ އޮތް ”ސެންޓަރޕޮއިންޓް މެޑިލަލް ސެންޓަރ“ ގެ ސްޓާފުންނަށް މޭ 3 ވީ ހުކުރު ދުވަހު އަންހެންމީހާ އެއްވެސް ޙަރަކާތެއް ނެތި އޮއްވާ ފެނުމުން އެލަރޓަށް އައިސް މަސައްކަތް ފެށިއެވެ. 

ސްޓާފުންގެ މަސައްކަތުން ހަށިގަނޑުގެ ވިންދު އަނބުރާ ގެނެވުނު ނަމަވެސް އޭނާގެ ސިކުނޑި ވަނީ މަރުވެފައިކަން އިނގުނެވެ. އެހެން ކަމުން ކުރިން އެއްބަސްވެފައި އޮތް ގޮތުގެ މަތިން، ބޭނުން ޖެހިފަ ތިބި އެހެން މީހުންނަށް ލެއްވުމަށްޓަކައި ބައެއް ގުނަވަން ނެގުނު ކަމަށް ވެއެވެ. އޭނާ މަރުވެފައިވަނީ މޭ ހަތަރުވަނަ ދުވަހުއެވެ.

އަންހެނުންގެ ނޭވާ ހާސްކޮށްލުމަށް ފަހު ހަށިގަނޑުން ވާގިނެތުމުން ރޮނީވިގް ހޮސްޕިޓަލުން ފިލި ކަމަށް ވެއެވެ. ނަމަވެސް އަންހެންމީހާގެ ފިރިހެން ދަރިފުޅުގެ މަސައްކަތުން ރޮނީ ވިގް ހޯދާ ފުލުހުންނާ ޙަވާލު ކުރިއެވެ.

އެހާހަމައިން އޭނާވަނީ އޭނާ އެކަން ކުރިކަމަށް އިއުތިރާފް ވެފައެވެ. އޭނާ ކިޔާދިން ގޮތުގައި އޭނާ ހުރީ ޑިޕްރެޝަންގެ ޙާލަތުގައެވެ. އަދި އަންހެނުން ހޮސްޕިޓަލުގައި ބާއްވައިގެން ކޮށްދޭންޖެހޭ ކަންތައްތައް ކޮށް ދިނުމަށާ ޚާއްސަކޮށް ބިލުތައް ދެއްކުމަށް އޭނާވަނީ ނުކުޅެދިފާ ކަމަށެވެ.

އޭނާގެ އިޢުތިރާފް ބަޔާނުގައި ބުނެފައިވާ ގޮތުގައި މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން އޭނާ އަންހެނުން މެރުމަށް މަސައްކަތް ކުރިއެވެ. އޭގެ ތެރެއިން ފުރަތަމަ ފަހަރު އަންހެނުން ނަށް ނިދިފައި އޮއްވާ އެކަން ކުރަން އުޅެނިކޮށް އަންހެނުން ނަށް ހޭލެވިގެން އެކަން ހުއްޓުވި ކަމަށް ބުނެފައި ވެއެވެ. އަދި ދެން ދުވަހަކުވެސް އެފަދަ ކަމެއް ނުކުރުމަށް އެދުނު ކަމަށް ވެއެވެ.

 އޭނާ ކިޔާދިން ގޮތުގައި ދެވަނަ ފަހަރަށް އަންހެނުން މަރަން އުޅުނީ ފުރަތަމަ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުންނެވެ. ނަމަވެސް އޭރު އަންހެނުން އޮތީ ބައިވަރު މޮނިޓަރުތަކާއިގުޅާފައި ކަމުން އެކަން ނުކުރެވުނީ ކަމަށް އޭނާ ބުނެފައި ވެއެވެ.

Loading

One Response

  1. ހާދަ ނުލަފާލޭދޯ؟ ތިވާނީ ޔަހުދީއަކަށް. އެމީހުނަށް އެމީހުނަށް ފައިދާއެއް ލިބެންޏާއި މީހަކު މަރާލުމަކީ އެއްވެސް ކަމެއްނޫނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް