ކައުންސިލުތަކުގެ 6 ގޮނޑީގެތެރެއިން 4 ގޮނޑި ޕީއެންސީއަށް, ޑިމޮކްރެޓްސް އަދި އެމްޑީޕީ އަށް 1

Loading

Facebook
Twitter
WhatsApp

މިއަދު ބޭއްވި ލޯކަލް ކައުންސިލުތަކުގެ ބައި-އިލެކްޝަންތަކުގެ ތެރެއިން ހަތަރު ބައި-އިލެކްޝަނެއް ޕީއެންސީއިން ކާމިޔާބުކޮށްފިއެވެ.

މިއަދު ކުރިއަށް ގެންގޮސްފައިވަނީ މ.މަޑުއްވަރީ ކައުންސިލްގެ ރައީސް ހޮވުމުގެ ބައި-އިލެކްޝަނާއި ހއ.އުތީމާއި ނ.ލަންދުއާއި ނ.ވެލިދޫ ކައުންސިލްގެ މެންބަރު ހޮވުމުގެ ބައި-އިލެކްޝަނާއި ހއ.ތަކަންދޫ އަދި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމުގެ ބައި-އިލެކްޝަނެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީއިން ވަނީ ހަތަރު އިންތިޚާބެއް ކާމިޔާބުކޮށްފައެވެ.

އެ އިންތިޚާބުތަކަކީ

އުތީމު ކައުންސިލްގެ މެންބަރު ހޮވުމުގެ ބައި-އިލެކްޝަން

ވެލިދޫ ކައުންސިލްގެ މެންބަރު ހޮވުމުގެ ބައި-އިލެކްޝަން

ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވުމުގެ ބައި-އިލެކްޝަން

އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވުމުގެ ބައި-އިލެކްޝަން

މީގެއިތުރުން މިއަދު ބޭއްވި މަޑުއްވަރީ ކައުންސިލްގެ ރައީސް ބައި-އިލެކްޝަން ކާމިޔާބުކުރީ ދަ ޑިމޮކްރެޓްސްއިންނެވެ. މިއިީ އިންތިޚާާބަކުން އެ ޕާޓީއަށް ލިބުނު ފުރަތަމަ މޮޅެވެ.

ލަންދޫ ކައުންސިލްގެ މެންބަރު ހޮވުމަށް ބޭއްވި އިންތިޚާބު ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީއިންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް