މި ސަރުކާރުން އަދި މިހާ ހިސާބަށް ފެންނަނީ ޚިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސް އަޅާތަން: ޖަމީލު

Loading

Facebook
Twitter
WhatsApp

މި ސަރުކާރުން އަދި މިހާ ހިސާބަށް ފެންނަނީ ނޫސްވެރިކަމަށާއި ޚިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސް އަޅާތަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ މި ސަރުކާރުން އައި ފަހުން ވޭތުވެދިޔަ ތަނުގައި ފެނިގެންދިޔައީ ނޫސްވެރިކަމަށާއި ޚިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސްއެޅި ތަން ކަމަށާއި ކުރިން ކަންތައް ކުރިގޮތާ ތަންފުކެއް ވެސް ތަފާތެއް ނުފެންނަ ކަމަށެވެ.

އެގޮތުން ގާނޫނަށް ގޮންޖެހުން އާންމުވެފައިވާ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

“ރ.މުއިއްޒުގެ ސިޔާސަތު ހުރީ ރިޝްވަތާއި ބިރުދެއްކުމުން މިނިވަން ކޮންމެ އަޑެއް ކަނޑުވާލުމާ ދިމާއަށް“

ޖަމީލު މިހެން ވިދާޅުވިއިރު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ.މުޢިއްޒު މިއަދު ފޮނުއްވި ޚިޠާބުގައި ވިދާޅުވީ އިންތިޚާބީ ރައީސެއްގެ ގޮތުގައި “އަޅުގަނޑު އެންމެ އިސްކަން ދިން އެއްކަމަކީ، ދިވެހި ނޫސްވެރީންނާއެކު ގުންޒަރެއް ބާއްވައި، ނޫސްވެރީންގެ އަޑު އެހުން“ ކަމަށެވެ. އަދި ރިޔާސީ ދައުރު ފެށުމަށްފަހު، ނޫސްވެރީންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް ބައްދަލުވުމެއް ބާއްވައިފައިވާ ކަމަށާއި މި ބައްދަލުވުންތަކުގައި ނޫސްވެރީން ދެއްވި ޚިޔާލުތަކާއި، ފާހަގަކުރެއްވި ކަންކަން ނޯޓުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން މީގެކުރިން ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ފޮޓޯ: އަވަސް އޮންލައިން

Loading

2 Responses

  1. ޖަމީލުވެސް ދެން ޒާތީނުވެ މުއިއްޒުއަށް 2 އަހަރުވަރު ދެއްވާށެވެ. ވަގުތުކޮޅެއްދީފަ ދެން ޖަޖުކުރާށެވެ. ހިތްބުނަނީ ހަމަ މުއިއްޒު ފާސްވާވަރު ކުރާނެކަމަށެވެ. ދެން ބަލަންތިބެލަމާ ހިނގާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް