އިންޑިޔާގެ މުސްލިމުން : އަމިއްލަ ގައުމުގަވެސް ފަރުދާވެފަ؟  

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ އާގްރާ ގައި ދިރިއުޅެމުން އައި މުސްލިމް އާއިލާ އަކަށް ނިސްބަތްވާ އުމުރުން 6 އަހަރުގެ ފިރިހެން ކުއްޖަކު އެއްދުވަހަކު ރޮމުން ރޮމުން ގެއަށް އައެވެ. މަންމަ ސުވާލު ކުރުމުން އޭނާބުނީ ކްލާސްކުދިން ތިމަންނާއަކީ ޓެރަރިސްޓެއް ކަމަށް ބުނެ އެއްޗެތި ކީ ކަމަށެވެ.

ކުއްޖާގެ މަންމަ ކިޔާދިން ގޮތުގައި އެދުވަހު އެކުޑަކުއްޖާގެ ހިތުގައި ނަފްރަތުގެ ހުޅު ރޯވިއެވެ. ގެއަށް އައިއިރު ހުރީ އަތް ގޮއްމުށް ކަވައިގެން ކަމަށް މަންމަ ބުންޏެވެ. ހަމައެކަނި މުސްލިމަކަށް ވީތީ ފާޑުފާޑު ނަންތައްކިޔާ ޖެއްސުންތައް ގިނަވެގެންގޮސް އެންމެ ފަހުން މަންމަޔަށް ޖެހުނީ ކުއްޖާ ސްކޫލުން ކަޑާލާށެވެ. އޭނާ ބުނި ގޮތުގައި ކުޑަކުދިންގެ ތެރެއިން ފާޅުވެގެން އެއަންނަނީ މުޖްތަމައުގަ ދީނީ ގޮތުންބައިބައިވުމާއި ނަފްރަތު އޮތް މިންވަރެވެ.

އޭނާ ބުނި ގޮތުގައި އިންޑިޔާގެ މުޖްތަމައުގަ، ޚާއްސަކޮށް ފާގީރު ނުވަތަ މެދުފަންތީގެ އާއިލާތަކުގެ މެދުގަ މުސްލިމުންނަށް އިހާނެތި ކުރުން ވަނީ އިންތިހާއަށް އާންމުވެފައެވެ.

ގިނަ ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ނަރެންދުރަމޯދީގެ ބަހާރަތިޔަ ޖަނަތާ ޕާޓީ 2014 ވަނަ އަހަރު ވެރިކަމަށް އައި ދުވަހުން ފެށިގެންވެސް އިންޑިޔާގެ 200 މިލިއަން މުސްލިމުންގެ ހަޔާތަށް ތަފާތު މައްސަލަ ތައް އައީ ކުރިމަތި ކުރުވަމުންނެވެ.

ގެރިމަސްކާ އަދި ގެރިމަހުގެ ވިޔަފާރިކުރާ ފަރާތްތަކަށް ހިންދޫ މޮބް ތަކުން އަނިޔާކޮށް އަދި މުސްލިމުންގެ ގެދޮރުގައި ހުޅުޖަހާ ހަދަމުން ގެންދެއެވެ. މިސްކިތްތައް ތަޅާލުމަށް ޕެޓިޝަންތައް ހުށަހަޅަމުން ގެންދެއެވެ.މުސްލިމް އަންހެނުން އޮންލައިންކޮށް ނީލަމުގައި ވިއްކައެވެ. މިފަދަ ކަންކަމަށް މެއިން ސްޓްރީމް މީޑިޔާގެ އެއްފަޅިން އަދި އޮންލައިން ކޮށް ހިންގާ އެކި އެކި މީޑިޔާ ތަކުން ތާއީދު ކޮށް ޚަބަރު ފަތުރައެވެ. 

މިފަދަ ސައިޓް ތަކުގައި މުސްލިމުންނާ ދެކޮޅަށް ”ހޭޓް ސްޕީޗް“ ފެތުރުން ވަނީ ގިނަ ކޮށްފައެވެ. އަލަށް ކައިވެނިކުރާ ޒުވާނުންގެ ތެރެއިން ”ލަވް ޖިހާދް“ ގެ ނަމުގައި މުސްލިމް އަންހެން ކުދިންނާއި ފިރިހެން ކުދިން މެރުން ވަނީ އާންމުވެފައެވެ. އާއިލާ ގެ ނުގަބޫލުގައި މުސްލިމް ކުއްޖަކާ ކައިވެނި ކޮށްފިނަމަ އަމިއްލަ ދަރިވެސް މަރާލަނީއެވެ.

ދާދި ފަހުން ވަނީ މުހިންމު ގާނޫނެއް ފާސްކޮށްފައެވެ. ސިޓިޒަންޝިޕް އެކްޓް ގެ ނަމުގައި ފާސްކުރި ގާނޫނުގެ ދަށުން ވަކި ތާރީޚެއްގެ ފަހުން އެގައުމަށް އެތެރެވެ އެގައުމުގައި އުޅެމުން ގެންދާ ގިނަ ދީން ތަކެއްގެ މީހުންނަށް އިންޑިޔާގެ ރައްވެއްސަކަށް ވުމުގެ ފުރުސަތު ދެއެވެ. ނަމަވެސް މިކަމުންވެސް މުސްލިމުން ވަނީ އިސްތިސްނާ ކޮށްފައެވެ.

އެބުނާތާރީހަކުން ފެށިގެންވެސް ދިރިއުޅެ، ކިތަންމެ ގިނަ ދަރިންނެއް ލިބިފަ ތިއްބަސް މުސްލިމުން އެގައުމުގެ ރައްވެއްސަކަށް ވުމުން މަހްރޫމް ވާތަން އޮތީ ވަރަށް ކައިރީގައެވެ.

މިހުރިހާ ކަންކަމާ ގުޅިގެން އިންޑިޔާގެ މުސްލިމުން ގެ ކަންބޮޑުވުން ވަނީ އިންތިހާޔަށް ބޮޑުވެފައެވެ.

 ”މުސްލިމުންނަކީ އިންޑިޔާގައި މިއަދު ދެވަނަ ދަރަޖައިގެ ރައްޔިތުންނެވެ. އަދި އެއީ އަމިއްލަ ގައުމުގަވެސް ފަރުދާވެވިގެންވާ ބައެކެވެ.“ ”ބިއިންގ އަ މުސްލިމް އިން ހިންދޫ އިންޑިޔާ“ މިފޮތުގެ ބާނީ ޒިޔާއުއްސަލާމް ބުނެފައި ވެއެވެ.

 ނަމަވެސް ބީޖޭޕީ އަދި ނަރެންދުރަ މޯދީން މިކަން ދޮގު ކުރެއެވެ. މޯދީ ނިއުސްވީކް އަށް ދެއްވި އިންޓަރވިއު އެއްގައި ވިދާޅުވެފައިވަނީ އެފަދަ އިލްޒާމް ތައް އަޅުވަމުން ދާ މީހުންނަކީ އެމީހުންގެ އަމިއްލަ ދީނުގެ މީހުން ފިޔަވާ އެހެން ދީން ތަކުގެ މީހުންނާ ގުޅިގެން އުޅެން ބޭނުން ނުވާ މީހުން ކަމުގައެވެ.

މުސްލިމުން ބުނާ ގޮތުގައި ޕާކިސްތާން ފަޅީގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ހަރުކަށި ގްރޫޕްތަކާ ދެކޮޅަށް އިންޑިޔާ ސިފައިން ހަމަލާދޭ ކޮންމެ ފަހަރަކު ރަށުތެރޭގަ އުޅޭ މުސްލިމުންނާ ”ޖައްސާލުން“ އިތުރު ވެއެވެ. އަދި މުސްލިމުން އަމިއްލަ ގޭގައި ތިއްބާ މަރަން ގޮވާ ހަދައެވެ. އާންމު ރައްޔިތުންގެ ތެރެއިން ކުށެއްނެތް އަންހެނުންނާއި ކުޑަކުދިންނެވެ. މިކަމާ ދެކޮޅަށް ސްކޫލް ވަޓްސްއެޕް ގްރޫޕެއްގަވެސް އަޑު އުފުލައިފި ނަމަ އެމީހަކީ ”އެންޓި-ނެޝަނަލް“ ނުވަތަ ގައުމަށް ޚިޔާނަތްތެރިއެއްގެ ގޮތުގައި ބަލައެވެ.

ބައެއްޓީޗަރުން ބުނެފައިވާ ގޮތުގައި ކްލާސްރޫމް ތަކުގެ ތެރެއިން ވަރަށް ގިނައިން މުސްލިމް ކުދިން އެކަހެރި ކުރެވޭތަން ދަނީ ފެންނަމުންނެވެ. ބައެއްކުދިން ހަމަ ދިމާލަށް ތިމަންނަ މަންމަ ބުންޏޭކަލެއާ ވާހަކަ ނުދައްކާށޭ ބުނެފަ އެބަހުއްޓެވެ. ގެރިމަހުގެ ވިޔަފާރި ކުރާ މީހުން ލައިސަންސް ނަގައިގެން މަސައްކަތް ކުރިނަމަވެސް ޖަލަށް ލުމާ އަދި އެމީހުންގެ މުދަލަށާ ގެދޮރަށް ގެއްލުން ދިނުން ވަނީ އާންމުވެފައެވެ.

ޕަބްލިކް ޓްރާންސްޕޯޓް ތަކުގައި އެއްގަމުމަސް ވިއްކާ ބޭނުން ކުރާމީހުންނަށް ހަމަލާ ތައް ދިނުން އިތުރު ވެފައިވާތީ ދަތުރު މަތީ އެފަދަ ކާއެއްޗެއް ބޭނުން ކުރަން މުސްލިމުން ތިބެނީ ބިރުންނެވެ. އަތުވެދާނެ ހަމަލާއަކަށް ޓަކައެވެ.

 މުސްލިމަކު މިޔުޒިކް އިންސްޓްރުމަންޓެއް ކަހަލަ އެއްޗެއްލާ ދަބަހެއް ފަދަ އެއްޗެއް ގެންގުޅުނަސް ފުލުހުން އެއެއްޗެއް ބަލާފާސްކުރެއެވެ. ދަތުރު ތަކަށް އަރާ މީހުންގެ ތެރެއިން މުސްލިމުންގެ ތަކެތި ބަލާ ފާސްކުރާވަރު ބޮޑެވެ. މުސްލިމް ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޓިކެޓް ކައުންޓަރަކަށް

އަމިއްލަ ނަން ހާމަ ކުރަންވެސް ބިރުގަންނަ ދަރަޖައަކަށް މިހާރު ވަނީ ކަންތައްތައް ގޮސްފައެވެ. އެހެނީ މުސްލިމް ނަމެއް އިވޭ ހަމައިންވެސް ތަފާތު ކުރުން އަންނާތީ އެވެ.

މިހާރު އުފެދޭ ސުވާލަކީ ހިނގަމުންދާ އިންތިޚާބުގައި ބީޖޭޕީ އަށް ކާމިޔާބް ލިބިއްޖެ ނަމަ،އަޑުއިވެމުންދާގޮތަށް 79 އިންސައްތަ ހިންދޫން ދިރިއުޅޭ އިންޑިޔާގައި ހިންދޫންގެ ވަކި ދައުލަތެއް ގާއިމް ކޮށްފާނެ ބާވައެވެ؟

Loading

One Response

  1. އިންޑިޔާޣައިވެސް މޯޑީ މުސްލިމުންނަށް އަނިޔާވެރިވަނީ ޔަހޫދީ ނަތަންޔާހޫ ކައިރިން ފިލާވަޅުނަގައިގެން ހިންގާ ޖަރީމާތަކެވެ. ދެރަކަމުގެ ކޮޅެއްނެތެވެ. މިއަދުގެ އިސްލާމީ އުންމަތުގެ ޙާލަކީ ނަފްސީ ނަފްސީ އެވެ. ދެންވާނެގޮތް މިވަނީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް