ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން  48 ގަޑިއިރުތެރޭގައި ޑިޕޯޓު ކުރަނީ

Loading

Facebook
Twitter
WhatsApp

ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ބަންދުކޮށް 48 ގަޑިއިރުގެ ތެރޭގައި ޑިޕޯޓު ކުރަން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދެއްވި ހިޠާބުގައެވެ. 

އެގޮތުން ރައީސް ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރު މީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓް ކުރަން މިހާރު ވަނީ ފަށާފައި ކަމަށެވެ. 

ހަމަ އެހެންމެ އަޅާނުލާ ހައްލެއް ނުހޯދައި އެތައް އަހަރެއްވެފައިވާ މިފަދަ ކަންކަން މުޅީން ހައްލު ކުރެވޭނީ ގިނަ ދުވަހުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. 

އެހެން ކަމުން މިކަން ހައްލުކުރެވޭނީ ހުއްޓުމެއްނެތި ބެލެހެއްޓުމާއެކު، ގާނޫނު ތަންފީޒު ކުރުން ދަމަހައްޓައިގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. 

ގަވާއިދާ ހިލާފުވާ ބިދޭސީންގެ ކަންކަން ހައްލުކުރުމަށް މިގޮތަށް ކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވާއިރު ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކޮށް، އަދަދު ދެނަގަތުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ވަނީ ފަށާފައެވެ. 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް