އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް ފްލެޓު ގަންނަން ހުށަހެޅި ފޯމްތައް ބާތިލުކޮށްފި

Loading

Facebook
Twitter
WhatsApp

އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް ފްލެޓު ގަތުމަށް ހުށަހެޅި ފޯމްތައް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބާތިލުކޮށްފިއެވެ.

އެޗްޑީސީން ބުނީ އޮންލައިންކޮށް ވިނަރެސް ފްލެޓު ގަތުމަށް ހުޅުވާލި ފުރުސަތުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ގިނަ ޝަކުވާތަކެއް ލިބިފައިވާތީވެ އެ ފޯމްތައް ބާތިލްކޮށްފައިވާ ކަމަށެވެ. 

އެގޮތުން ދިމާވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ގިނަ ބަޔަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ގެއްލުނު ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

ހަމަ އެހެންމެ އެޗްޑީސީން ބުނީ ހުޅުމާލޭގައި ފަށާފައިވާ އެކިއެކި ސޯޝަލް ހައުސިން މަޝްރޫއުތަކުން އެޕާޓްމެންޓް ގަތުމަށް ފައިސާ ދައްކައި، އެހެން ނަމަވެސް އެކި ސަބަބުތަކާހުރެ މަޝްރޫއުތައް ކުރިޔަށް ނުގޮސް ހުއްޓުމުގެ ސަބަބުން ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތަކުގެ ޝަކުވާތައް އެ ކޯޕަރޭޝަނަށް ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ. 

އެހެންކަމުން އެޗްޑީސީން ބުނީ އެ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ވިނަރެސް މަޝްރޫއުގެ ދަށުން ފުރުސަތު ތަނަވަސްވާ މިންވަރަކުން، އެ ފަރާތްތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާތީ، އިތުރަށް އެ މަޝްރޫއިން އެޕާޓްމަންޓް ނުވިއްކާނެ ކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް