ރާއްޖޭގައި މީޑިއާ އެތިކްސް ކޯސް ހިންގުމަށް 5 ފަރާތަކާއެކު ސޮއި ކޮށްފި  

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި މީޑިއާ އެތިކްސް ކޯސް ހިންގުމަށް 5 ފަރާތަކާއެކު ސޮއި ކޮށްފިއެވެ.

މިއީ ޔޫކޭ ޑިވަލޮޕްމެންޓްއިން ރާއްޖޭގައި ހިންގާ މޯލްޑިވްސް ކޮމިޔުނިކޭޝަން ގަވަނަންސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ކޯހެކެވެ. 

އެގޮތުން މި ކޯހަކީ ނޫސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ނޫސްވެރިންނަށް ވީތީ ހިފަހައްޓަންޖެހޭ އަޚުލާޤީ މިންގަނޑު ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. 

ނޫސްވެރިކަމުގެ އެތިކްސް ކޯސް ހިންގަން ފަސް ފަރާތެއް ތަމްރީނުކޮށްފައި ވަނީ ބްރިޓިޝް ހައި ކޮމިޝަންގެ އެހީގައެވެ. 

މި ކޯސް ހިންގުމަށް ސޮއި ކޮށްފައި ވަނީ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީއާއި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވެސް މީޑިއާ ކައުންސިލްގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއެކުއެވެ.

މިގޮތުން މި ކޯސް ކުރިއަށް ގެންދާނީ އެލިނިއަރ އިންޓަރނޭޝަނަލްއާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އާއި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އަދި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް