2008 ވަނަ އަހަރު ދިވެހިރާއްޖޭގައި ތަޞްދީޤު ކުރެވުނު ފެހި ޤާނޫނު އަސާސީގެ ދަށުން 04 ދައުރެއްގައި ދިވެހިރާއްޖޭގައި 04 ބޭފުޅަކު ވެރިކަން ކޮށްފިއެވެ. ދިވެހިރާއްޖޭގެ ދަރަނި 120 ބިލިއަން ރުފިޔާ އަށް އަރައިފިއެވެ. ޖީޑީޕީ ނިސްބަތުން މި ދަރަންޏަކީ ދިވެހިރާއްޖެ ފަދަ ޤުދުރަތީ ރިސޯސްތަކެއް ނެތް ޤައުމަކަށް ވަރަށް ބޮޑު ބުރައެކެވެ. މި ސިޓީގައި މައިގަނޑު ގޮތެއްގައި ދެތިން ކަމެއް ފާހަގަ ކޮށްލަން ބޭނުމެވެ.
ޤާނޫނު އަސާސީގެ މައްދާތަކަކީ މުޅި މަޖިލިސްގެ ވަރަށް ބޮޑު އަޣުލަބިއްޔަތެއް ލިބިގެންނޫނީ ބަދަލު ނުކުރެވޭނެފަދަ އެއްޗަކަށް ހައްދަވައި ދެއްވުމަކީވެސް އެދޭ ކަމެކެވެ. އެހެނީ އަންނަ ކޮންމެ ވެރިއަކު ބޭނުންވާހާ ގޮތަކަށް ބަދަލު ކުރެވޭ އެއްޗަކަށް ޤާނޫނު އަސާސީ ވެގެންނުވާނެ ކަމަށް އަޅުގަނޑަށް ފެންނާތީ އެކަން ހާމަ ކޮށްލީމެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް އިރުއިރުކޮޅާ ޤާނޫނު އަސާސީއަކާ ނުކުޅެއެވެ.
ޓެކްސްގެ ޤާނޫނުގައި ރައީސްއަށް ވިޔަސް އެހެން ފަރާތަކަށްވެސް ދައުލަތަށް ދައްކަންޖެހޭ ޓެކްސް މާފު ނުކުރެވޭ ގޮތަށް ހެދުން.
އެހެނީ ބޮޑެތި ވިޔަފާރިވެރިން މިލިއަނުން ސަރުކާރަށް ދައްކަން ޖެހިފައިވާ ޓެކްސް ފައިސާ ރައިސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވަނީ މަޢާފު ކޮށްދީފައެވެ. މިކަމަކީ އަޅުގަނޑުމެން އާންމު ރައްޔިތުންނަށް ކޮށްފައިވާ މަލާމާތެކެވެ. އެހެނީ އަޅުގަނޑުމެންގެ އަތުން ޖީއެސްޓީ މައާފެއް ނުކުރެވެއެވެ. ތަކެތީގެ އަގު އެހާ ބޮޑެވެ. އިންފުލޭޝަން އަބަދުވެސް މިދަނީ ބޮޑުވަމުންނެވެ. ބުނެވޭ ގޮތުގައި ސްރީލަންކާ ޑީފޯލްޓަށް ދިއުމަށް މެދުވެރިވި އެއްސަބަބަކީ ބޮޑެތި މަހުޖަނުން ދައްކަންޖެހޭ ޓެކްސް މައާފު ކުރުމެވެ.
ޖޭ.އެސް.ސީ ޤާނޫނު އަސާސީން އުނިކުރައްވާފައި ކޯޓުތައް އެޑްމިނިސްޓަރ ކުރުމަށް އުއްތަމަ ފަނޑިޔާރުގެ ދަށުން އޮންނަ ގުނަވަނެއް އުފެއްދުން.
އަނެއްކާވެސް ދަންނަވަން ޖެހޭނީ ކުރިއަރާފައިވާ ޤައުމުތަކަށް ބަލާއިރު ޖޭ.އެސް.ސީ ކިޔާ ގުނަވަނެއް ނޯންނަ ކަމުގައެވެ. އަދި ފެހި ޤާނޫނު އަސާސީ އެކުލަވާލެއްވި ބޭފުޅުންވެސް ވިދާޅުވަނީ ޖޭ.އެސް.ސީ އަކީ އިންތިގާލީ އެއްޗެއްގެ ގޮތުގައި ހިމެނުނު ގުނަވަނެއް ކަމުގައެވެ.
އަޅުގަނޑުމެންނަކީ ކަނޑުގެ ޚަޒާނާ ލިބިފައިވާ ބަޔަކަށް ވީހިނދު އަޅުގަނޑުމަނަށް ކަނޑުގެ ރިސޯސްތައް ބޭނުން ކުރެވޭ ގޮތް ހެދުން މުހިންމު ކަމުގައި ދެކެމެވެ. އެންދެރިގަސްތައް ބޮޑެތިވެ ފީވެ ހަލާކު ވެގެންދާއިރުވެސް އެއިން ދިވެހީންނަށް މިހާރު ނަފާ ނުހޯދޭކަން ފާހަކުރެވެއެވެ. ދިވެހި މަސްކަނޑުގައި މިޔަރު ގިނަވެ ފަތުރުވެރިންނަށްވެސް އޭގެ ނުރައްކާވެފައިވާ ވަގުތެއްގައި ކަށިމިޔަރު ތެޔޮ ހަދައިގެން އެކްސްޕޯރޓް ކުރެވޭނެ މަގެއް ހޯދުމަކީވެސް ދިވެހި އިޤްތިޞޯދަށް ނުހަނު ފައިދާ ލިބޭނެ ކަމެއްކަމުގައި ދެކެމެވެ.
އަޅުގަނޑުމެންގެ މި ޤައުމު ސަލާމަތާއި އަމާންކަން މަތީގައި އަބަދުގެއަބަދަށް ލަހައްޓަވާށިއެވެ! އާމީން!
6 Responses
ހީވަނީ މީނަމީ މިގައުމުގަ މަރުނުވާ ފެންބޮއިގެން އައިސްހުރި މީހެއްހެން.ނޫނީ މީނަބޭނުންވާކަހަލަ މިއަރު ތެއުހަދައިގެން ވިއްކީމަ ރައްޔިތުމީހާގެ ޖީބުތަނަވަސްވާހެން.މޮޔަނުގޮވާ.މާމޮޅު ހިޔާލު ދޭނެކަމެއްނެތް.އާހިރަތުގެ ފޮނި މީރުކަމާބެހޭގޮތުން ހިޔާލު ދިނުންމާ ރާގަޅު.
GOOD LETTER. BALAAMAA HADHDHAVAA EXHCHEH. ABADHUVES RANGALHU GOIY VAANEKAMAH VISNAVAASHEVE
ވަރަށްރަގަޅު ޚިޔާލެއްކަމުގަ ދަންނަވަން
Shukuriyya mi sitee liyunu beyfulhakah Vadhumahevves miyaraahure mihaaru nubeyney
އަޅުގަޑުގެހިޔާލުގެތެރެއިން މީޑިޔާއަށް ދޭން ބޭނުންވާމެސެޖަކީ ވަކި ނޫސްތަކުން ދައލަތުގެ އެއްމެއިސްވެރިޔާގެ އަބުރު ކަތިލާ މަސްކަމުން ނިއުސްމުޖުތަމައަށް ނެރެމުން ދިއުމަކީ އެއްމެ ރަގަޅު ގޮތެއްތޯ؟ އަޅުގަޑުމިދައްނަވަނީ ހީރަސް ނިއުސްގެވާހަކަ ނިއުސް ތަކުގެބެލެނިވެރިފަރާތް ވަނީނިދާފަތޯ އަހާލަން ބޭނުން ހިޔާލުފާ ޅުކުރުމުގައި ދީނީ،ގާނޫނީ އަދިސުލޫކީ މިންގަޑުތަކަށް ބަލަންޖެހެނީ އާއްމުމީހާ ނިއުސްލިޔާމީހުން ކިތައްމެދޮގެށް ހެދިޔަސް މީހުންގެ އަބރު ކަތިލިޔަސް އޯކޭ އެގޮތެށް ކަމަކުނުދޭ
ކިތަންމެހާވެސް މޮޅުޚިޔާލެއް