ޗައިނާގައި ހައިވޭ އަކުން ބަޔެއް ވެއްޓި 19 މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ޗައިނާގެ ގުއަންގޑޮންގ ޕްރޮވިންސްގައި ފަރުބަދަމަތީގެ ހައިވޭއަކުން ބަޔެއް ވެއްޓުމުގެ ސަބަބުން 9 މީހުން މަރުވެ އިތުރުއެތައްބަޔަކަށް އަނިޔާތައް ލިބިއްޖެއެވެ. މިހާދިސާ ހިނގަން ދިމާވީ އެތައްދުވަހެއް ވަންދެން ބޯކޮށް ވާރޭ ވެހިފައި ވުމުން ކަމަށް ޚަބަރުތައް ބުނެއެވެ. މީލޯންގ އެކްސްޕްރެސްވޭ ގެ ފަންސާހަކަށް ފޫޓު ހާތަން ވެއްޓުމުގެ ސަބަބުން މަރުވި މީހުންގެ އިތުރުން 30 މީހުންނަށް އަނިޔާވެ ހޮސްޕިޓަލް އަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް އެމީހުންގެ ފުރާނަޔަށް މިވަގުތު ނުރައްކަލެއް ނެތް ކަމަށް ދައިލަތުގެ މީޑިޔާއިން ބުނެފައި ވެއެވެ.


މިހާދިސާއަށްފަހު ޕްރޮވިންޝަލް ސަރުކާރުން ވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް 500 މީހުން ފޮނުވާފައެވެ.
ސްޓޭޓް މީޑިޔާއިން ދެއްކި ބައެއް ވީޑިއޯ ތަކުން ފެންނަ ގޮތުގައި ކާރުތައް ވެއްޓިފައިވާ ބޮޑު ވަޅުގަނޑުގައި ކާރުތަކުގެ މައްޗަށް ވަނީ ކިސަޑުއެޅިފައެވެ. އަދި ވަލުގަނޑުގެ އެއްތަނެއްގައި އަލިފާން ރޯވެފައިވާ ތަންވެސް ފެނެއެވެ.


ގުއަންގޑޮންގ އަކީ ޗައިނާގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސްއަށް ވާއިރު މިދިޔަ ހަފްތާގައި އެހިސާބަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ފެންބޮޑުވެ، 110،000ހާހެއްހާ މީހުން ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ. ގިނަ އަދަދެއްގެ ގެތައް ހަލާކުވެ ސްކޫލްތައް ބަންދު ކުރަންޖެހި އަދި ފްލައިޓްތައްވެސް ކެންސަލް ކުރަން ވަނީ ޖެހިފައެވެ. މިކާރިސާގައި ލިބުނު ގެއްލުމުގެ އަގު 19.4 މިލިއަން ޑޮލަރަށް އަރާކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.


ނިމުނު ހަފްތާ ބަންދުގައިވެސް ޗައިނާގެ ގުއަންގޑޮންގ އަށް މޫސުން ވަރަށް ގޯހެވެ. ޕްރޮވިންޝަލް ކެޕިޓަލް ގުއަންގޒޫ އަށް ނަގޫރޯޅިއެއް އެރުމުގެ ސަބަބުން ވެސް5 މީހުން މަރުވެ 33 މީހުން ނަށް އަނިޔާތައް ލިބިފައި ވެއެވެ. އަދި ގޮލްފް ބޯޅަ ވަރުގެ ގަނޑުއައިސް ވާރޭގެ ގޮތުގައި ވެހިފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް