ސިފައިންގެ "އައްޑަނަ މަޖައްލާ" ގެ 35 ވަނަ ޢަދަދު ނެރެދެއްވައިފި 

Loading

Facebook
Twitter
WhatsApp

ދިވެހި އަސްކަރިއްޔާއިން އަހަރަކު ދެފަހަރު ނެރެމުން އަންނަ ”އައްޑަނަ މަޖައްލާ“ ގެ 35 ވަނަ ޢަދަދު ނެރެދެއްވައިފިއެވެ.

އައްޑަނަ މަޖައްލާގެ 35 ވަނަ ޢަދަދު ނެރެދެއްވާފައި ވަނީ މިއަދު ހެނދުނު ކަޅުތުއްކަލާކޮށީގައި ބޭއްވި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަޚުރުވެރި 132 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިޙްތިރާމު ކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

މި މަޖައްލާ ނެރެދެއްވީ ދިފާޢީ ވަޒީރު، އޮނަރަބަލް ޣައްސާން މައުމޫންއެވެ.

އައްޑަނަ މަޖައްލާގެ މިފަހަރުގެ ޢަދަދުގެ ކަވަރ ސްޓޯރީ ބިނާކޮށްފައި ވަނީ ”ދިވެހި ސިފައިންނާއި ދިވެހި ޤައުމިއްޔަތު“ މި މައުޟޫގެ މައްޗަށެވެ. 

މި ފަހަރުގެ މަޖައްލާގައި ޤައުމީ، އިޖްތިމާޢީ، ދީނީ، ސިއްޙީ، ތާރީޚާއި، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ރާއްޖޭގެ ފުންނާބު އުސް ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ ޢިލްމީ ލިޔުންތަކާއި ދިރާސާތައް ހިމެނިފައިވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް