ކިނބިދޫ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

Loading

Facebook
Twitter
WhatsApp

ތ.ކިނބިދޫ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފެށުމުގެ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މަސައްކަތް ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުﷲ މުއްޠަލިބެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 148,207,546.80 ރުފިޔާއަށެވެ. 21 އޮގަސްޓް 2023 ގައި އެމްޓީސީސީއާ މި މަަޝްރޫއު ހަވާލުކުރީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ކިނބިދޫގެ އިރުމަތީ ފަރާތަށް 25 ހެކްޓަރުގެ ބިން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް