އޭޕްރިލް 1 ވަނަ ދުވަހު 13 މީހަކު ޝަހީދުކޮށްލައި އިޒްރޭލުން އިރާނުގެ ދިމިސްގަށް ދިން ހަމަލާގެ ބަދަލުގެ ގޮތުގައި އިރާނުން އިޒްރޭލަށް މިއަދު ދިން ހަމަލާގައި އެމެރިކާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ ސާވެލެންސް އެންޑް ރިސްޕޯންސް ސިސްޓަމްގައި ސައުދީ އަރަބިއާއިން ބައިވެރިވާކަން އިޒްރޭލުގެ މީޑިއާއިން ހާމަކޮށްފިއެވެ.
ފަލަސްތީނު މައްސަލާގައި ސައުދީ އަރަބިއާއިން ތަކުރާރުކޮށް އިޒްރޭލަށް ވާގިވެރިވެފައިވާއިރު، ސައުދީ އަރަބިއާއިން ފެންނަނީ އެމެރިކާގެ އެންމެ ގާތް އެއް ގައުމުގެ ގޮތުގައެވެ. ރަހްމަތްތެރިއެއްގެ ރަހްމަތްތެރިއަކީ ރަހްމަތްތެރިއަކަށް ވާއުސޫލުން އިޒްރޭލުގެ އަތުގައި ސައުދީ އަރަބިއާއިން ހިފާފަުއިވާއިރު، މިއީ ފަލަސްތީނުގައި ތިބި މުސްލިމް އަޙުންނާއި އުޚްތުންގެ ބުރަކަށްޓަށް ސައުދީ އަރަބިއާއިން ހަރާލާފައިވާ ޚަންޖަރެކެވެ.
އިރާނުގެ ހަމަލާއަށް އެމެރިކާއިން ރައްދު ނުދޭނެކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ޖޯ ބަައިޑެން އަރުވާފައިވީނަމަވެސް، “އިޒްރޭލަށް އެމީހުންގެ ނަފްސު ދިފާޢުކުރުމަށް” އެހީތެރިވާނެކަމަށް އޭނާ ވަނީ ބުނެފައެވެ.
އިރާނުން މީގެކުރިން ފާޅުގައި އިޒްރޭލަށް ހަމަލާއެއް ދީފައިނުވިނަމަވެސް، އިޒްރޭލުން ދިން ހަމަލާއަށް އިރާނުން މިދިން ރައްދާއެކު ސަރަހައްދީ ހަނގުރާމައަކަށް ފަލަސްތީނުގެ ހަނގުރާނަ މިވަނީ ބަދަލުވެފައެވެ.
5 Responses
Nubai nulafaa kingeh yahoodhee eh
Islaam dheenuge ghaddaareh
ހާދަ ދެރައޭ ! ސުބުޙާނަﷲ
Isreal ge mediathakakee kaemen dhivehi noosverinnah hama ithubaaru kurevey masdhsruthakeththa?
Muslimun baibaivaa kahala goiygothah midhanee thedhu hageegaiy balaanulaa khabaru fathuraathee
ސައުދީގެވެރިކަމުގައި ބަގުޑިބަށްދައިގެން އެތިބީ އަސްލު އަރަބިންނެއް ނޫންއެމީހުންނަކީ އަދަނުން ސައުދީއަށް ހިޖުކޮއްގެން އުޅޭބަޔަކު ވެރިކަމުގައި އެތިބީ