“އެމެރިކާގެ ބޭނުމަކީ މެދުކެ ޑުމެއްނެތި ހަނގުރާމަ ކުރިއަށްދިޔުން. ކާމިޔާބީ ހޯދުމެއްނޫން.”
މިއީ އެމެރިކާގެ އަސްކަރިއްޔާއިން ހިންގާ ނޭއްގާނީ ހަރަކާތްތަކުގެ މައުލޫމާތު ފަޅާ އަރުވާލުމުން މުއްދަތެއްނެތި، ދައުވާ އުފުލުމަކާއި ނުލައި ޖަލުބަންދުގައި އޮތް ނޫސްވެރިޔާ އަދި ވިކިލީކްސްގެ ފައުންޑަރ، ޖޫލިއަން އަސާންޖް އެމެރިކާއިން އަފްޣާނިސްތާނުގައި ކުރާ ހަނގުރާމައާއި ގުޅޭގޮތުން 2011 ވަނަ އަހަރު ބުނެފައިވާ ބަހެކެވެ.
އޭނާ ބުނެފައިވަނީ، އެމެރިކާގެ މަގްސަދަކަށް ވަނީ އަފްޣާނިސްތާނު ބޭނުންކޮށްގެން، އެމެރިކާ ރައްޔިތުން ސަރުކާރަށް ދައްކާ ޓެކްސް ފައިސާ ގައުމުން ބޭރުކޮށް، އެމެރިކާގެ ބޮޑުންގެ ޖީބަށް އެތެރެވާނެ މަގުހޯދުން ކަމަށާއި، އަފްޣާނިސްތާނު ބަލިކުރުން ނޫންކަމަށެވެ. އެއްގޮތަކަށްވެސް ހަނގުރާމަ ކާމިޔާބުކުރުން ނޫންކަމަށެވެ.
ހަނގުރާމައަށް ނިމުމެއް ނާންނަނަމަ، އެފައިސާ ބޭރުކުރަން އެމެރިކާއަށް ފަސޭހަވާނެއެވެ. އިޒްރޭލުން ޣައްޒާގައި ކުރާ ހަނގުރާމައިގައިވެސް އެމެެރިކާގެ ބޭނުމަކަށްވެފައި އޮތީ ހަމަ މިކަމެވެ.
އިޒްރޭލުގެ ބޭނުންހިފައި، އެމެރިކާ ރައްޔިތުންގެ ފައިސާ ދޮވެވިގެން އެގައުމުގެ ބޮޑެތި، “މުހިންމު” ޝަހްސުންގެ ޖީބަށް އިޒްރޭލުމެދުވެރިކޮށް އެފައިސާ ވެއްދުމެވެ.
One Response
މިކަންކަން ރަނގަޅަށް އެނގޭއިރުވެސް ޢަރަބި ރަސްރަސްކަލުން އެމީހުނަށް އިނގިރޭސީން ދިން ހަދިޔާ ރަސްކަން ސަލާމަތްކޮށް ގްރޭޓަރ ޢަރަބިޔާގައި ވާހާ ތެލާއި ރަނާއި އެއީ އެމީހުންގެ މައިންބަފައިންގެ ތަރިކަ ކަމަށްދެކެ ޢަރަބި ރައްޔަތުން އަޅުވެތިކޮށްގެނ ގެންގުޅޭން އެތިބެނީ ފޫގަޅާފައެވެ. ޔަހޫދީ ހިޔަޅުންނާއި އެއްދާން ނުކުރެވިގެން އުޅޭކަހަލައެވެ. ސިއްރިޔާތުގައި ގުޅުން ހިންގާ އިޒްރޭލަން ހުރިހާ ޙިމާޔަތެއް ހޯދައިދޭ ބައިގަނޑަކީ ޢަރަބި ރަސްރަސްކަލުންނެވެ. އެމީހުންގެ މާސްޓަރސް އަކީ އިނގިރޭސީންނާއި އެމެރިކާއާއި ކާފަރު ގައުމުތަކެވެ. އެނގި ފަޅާއަރާނީ ކަމެއް ދިމާވީމާތާއެވެ؟ މިއޮތީ ރަނގަޅަށް ފަޅާ އަރައިފައެވެ.