އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ ގަތުލު އާންމު ހުއްޓުމާބެހޭ ގޮތުން އެމެރިކާގެ އެހީގައި އިސްރާއީލުން ތައްޔާރުކުރި އެއްބަސްވުން ޙަމާސް އިން ގަބޫލު ނުކުރާނެ ކަމަށްބުނެ މިދިޔަ ހުކުރުދުވަހު އެ އެއްބަސްވުމުގެ މީޑިއޭޓަރުން ކަމުގައިވާ މިސްރާއި ގަތަރަށް އަނބުރާ ފޮނުވާލައިފިއެވެ.
ޙަމާސް ގެ ފުރަތަމަ ޝަރުތަކީ އިސްރާއީލުން ޙަމަލާތައް ހުއްޓާލާފައި ގައްޒާއިން ފޭބުމެވެ. އެއްވެސް ވާހަކައެއް ދެއްކޭނީ އޭގެ ފަހުންކަމަށެވެ. އަހަރެމެންގެ ރައްޔިތުން ބޭނުންވާގޮތް އޮންނާނީ މާ ކުރިންވެސް ބުނެފައެވެ. އެއަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.
އެންމެ ފުރަތަމަ ޙަމަލާތައް ހުއްޓާލުމަށްފަހު އިސްރާއީލުގެ ހުރިހާ ސިފައިން ގައްޒާގެ ބިމުން ފައިބާށެވެ. ދެވަނައަށް، ވިއްސި ވިހާލި ކޮށްލި އަހަރެމެންގެ ރައްޔިތުން އަމާންކަމާއިއެކު އެމީހުންގެ ވަޒަނަށް ގެންނާށެވެ. ދެން ގައްޒާއަށާއި ފަލަސްތީނަށް އެހީ ފޯރުކޮށްދެވެން ހުރި ހުރިހާ މަގަކާއި ވަސީލަތެއް އެއްވެސް ހިފޭއްޓުމެއްނެތި ހުޅުވާށެވެ. އެއަށްފަހު ވީރާނާ ކޮށްލިތަންތަން އަލުން އިމާރާތް ކުރުމުގެ މަސައްކަތް ފަށާގަންނާށެވެ. ދެން އެއަށްފަހު ސުލަޙައިގެ ވާހަކަތަކުގައި ބައިވެރިވާން ބުނާށެވެ. އޭރުން އެކަމާދޭތެރޭ އަހަރެމެން ވިސްނާނަމެވެ.
އިސްރާއީލުން ބުނަނީ ޙަމާސްގެ އެންމެ ފަހުމީހާ މަރާލެވެންދެން ހަނގުރާމަ ނުހުއްޓާނެ ކަމަށެވެ.
އީރާނުގެ ހަމަލާތައް މަތަކުރުމަށްޓަކައި އެންމެ ނުބައި ރޯލެއް ކުޅެފައިވަނީ ޖޯރޑްން އިންކަމުގައި ބުނެފާވެއެވެ. ޖޯރޑްންގެ ސަރަޙައްދު ހުރަސްކޮށް އިސްރާއީލަށް އަމާޒުކުރި ގިނަ ޙަމަލާތަކެއް ޖޯރޑްންއިން ނައްތާލި ކަމަށްބުނެއެވެ. ސީރިޔާއާއި ޖޯރޑްން ގުޅޭ ސަރަޙައްދުގައި ދިރިއުޅެމުންދާ ގިނަ ރައްޔިތުންނަށް ޖައްވުތެރޭގެ ގަދަ އަޑުފައްގަނޑު ރޭގައި އިވެމުންދިޔަ ކަމަށްވެއެވެ.
ޖޯރޑްން އަކީ އިސްރާޢީލް ބަނޑުދޮށުގައި ބާއްވާފައިއޮތް މެދުއިރުމަތީގެ އެމެރިކާގެ އެންމެ ގާތް އެކުވެރިޔާއެވެ. ކޮންމެ އަހަރަކު އެމެރިކާއިން ޖޯރޑްންއަށް އެތައް މިލިއަން ޑޮލަރުގެ މިލިޓްރީ އެހީ ފޯރުކޮށްދެމުން ގެންދެއެވެ. މިހާރު އިސްރާއީލާ ޙަމާސްއިން ކުރަމުން ގެންދާ ހަނގުރާމައިގާވެސް ޖޯރޑްންއޮންނަނީ އެންމެ ކައިރީގައި ކުޅިބަލަން ކަމުގައި ފާހަގަކުރެވެއެވެ.
ދޭތެރެއަކުން ޚާރިޖީ ވަޒީރު ކޮންމެވެސް މޮޅުވާހަކައެއް ބުނެލާތަން ފެނެއެވެ. ހަމައެއާއެކު އިސްރާއީލަށް ލިބޭ އެހީތަކަށް މަގުފަހިކޮށްދޭ ގައުމުތަކުގެ ތެރޭގައި ޖޯރޑްން ހިމެނޭ ކަމަށްވެސް ގިނަ މީޑިއާ ތަކަކުން ގެންދަނީ ތުޙުމަތުކުރަމުންނެވެ.
ސީ އެން އެން ގެ އެންމެ ފަހުގެ ޚަބަރުތަކުގައި ފާހަގަ ކޮށްފައިވާގޮތުން އީރާނުން އިސްރާއީލާށް ރޭގެ މިންދަމުންފެށިގެން ޙަމަލާދީފައިވަނީ ރައީސް ބައިޑަން އެ ޙަމަލާޖުއްޓުވިދާނެ ގޮތެއް އޮތްތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަށްވާ އަލިމަގެއް ނުފެނިފާ ވަނިކޮށެވެ.
އެމެރިކާގެ އޮފިޝަލުން ބުނެފައިވަނީ މިހާރު އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ ހަނގުރާމައަށް ނިމުމެއް ގެނެވޭތޯ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާއިރު ހަނގުރާމަ މުޅި ސަރަޙައްދަށް ފުޅާވެގެން ހިނގައިދާނެ އެއްވެސް އިތުރު ދެކޮޅުވެރިކަމެއްް އުފެދުން ރައީސް ބައިޑަން ބޭނުން ފުޅު ނުވާކަމަށެވެ.
ސަބަބަކީ އީރާނުން ދިން ޙަމަލާގެ އަމާޒަކީވެސް ކޮބައިކަން އެމެރިކާއަށް ތަސައްވުރުވެސް ނުކުރެވުމާއި އެމެރިކާއިން އީރާނަށް ޙަމަލާއެއް ދިނުމަކީ ދަލުބޭރުން ޖެހިގެން ކުރާ ކަމަކަށް ވާނެތީއެވެ.
އެމެރިކާގެ ބަސްމަގު މިގޮތަށް ހުއްޓަސް އެމެރިކާއިން ބޭނުން ގައުމަކަށް ޙަމަލާ ދިނުމާއި އަރާގަތުމަށް ސަބަބު ބަޔާންކޮށްދޭން ނުޖެހޭކަން މާޒީގެ ތާރީޚުން އެތައް ދަލީލެއް ލިބެން އެބަހުއްޓެވެ.
އެމެރިކާގެ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި އީރާނުން އިސްރާއީލަށް ޙަމަލާ ދިނުމުގައި އެމެރިކާގެ އެއްވެސް ވަސީލަތަކަށް އަމާޒުކުރަން ގަސްދުކޮށްފައެއް ނެތެވެ. ފަހަރެއްގައި އީރާނުގެ ޙަމަލާތަކުގެ ބޭނުންތަކުގެ ތެރޭގައި އީރާނުގެ މިސައިލްތަކާއި ޑްރޯންތަކުން އިސްރާއީލުގެ އެންމެ ފުނަށްވެސް ޙަމަލާ ދެވިދާނެކަން އަޖުމަ ބަލާލުން ހިމެނުންވެސް އެކަށީގެން ވެއެވެ. އީރާނުގެ ޙަމަލާތައް ވަކި ހުދޫދެއްގެ ތެރެއަށް ފެއްތުމުގެ މަގްސަދަކީ މިއީ ކަމަށްވެސް ވެދާނެއެވެ.
އީރާނުން މިވަރުގެ ގަދަ ޙަމަލާއެއް ދީފާނެކަމަށް އިސްރާއީލުންވެސް އުންމީދެއް ނުކުރެއެވެ. އެތައް ސަތޭކަ މިސައިލަކާ ޑްރޯނަކުން އެއްފަހަރާ ޙަމަލާދިނުމަކީ އާދައިގެ ކަމެއް ނޫނެވެ. ފަހަރެއްގައި މި ޙަމަލާއާއި ގުޅިގެން އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ޢިއުލާން ކުރުމަކީވެސް ދުރުކަމެއް ނޫނެވެ. ނަމަވެސް އެމެރިކާގެ ފުރިހަމަ ސަޕޯޓްނުލިބި އިސްރާޢީލަކަށް ކާމީޔާބެއް ނުލިބޭނެއެވެ.
އެމެރިކާއިން މިހާރުވެސް އިސްރާޢީލަށް އަންގާކަމަށް ޚަބަރުތަކުން ބުނަނީ އީރާނަށް އިތުރު ޙަމަލާއެއް ނުދިނުމަށާއި އެމެރިކާއަށް އީރާނާއި ސިދާ ހަނގުރާމައެއް ކުރަން ބޭނުން ނުވާކަމަށެވެ.
އީރާނުގެ ޙަމަލާތަކުން އިސްރާއީލަށް ލިބުނު ގެއްލުމާއި އެ ޙަމަލާތަކުގައި އޮތް އީރާނުގެ މަގްސަދު ނަތަންޔާހޫ ދެން އަޅަން ގަސްދުކުރާ ފިޔަވަޅަކުން ކޮންމެވެސް ވަރަކަށް ދުނިޔެއަށް ހާމަވެގެން ދާނެއެވެ.
ހަމައެއާއެކު އީރާނުން ދެން ދީފާނެ ޙަމަލާއެއްގައި އިސްރާޢީލާއި ބައިވެރިންނަށް އީރާނުގެ ޙަމަލާތައް ހަލާކު ކޮށްލުމުގެ ގާބިލުކަން ލިބިފައި އޮތް މިންވަރުވެސް އަންދާޒާކުރެވިގެން ދާނެއެވެ.
އީރާނުގެ ޙަމަލާތަކުގެ ތެރެއިން ގިނަ އަދަދެއްގެ ޙަމަލާތައް ބައިބޯކޮށް މީހުން ދިރިއުޅޭ ހިސާބުތަކަށް އަމާޒް ކޮށްފައި ނުވުމާއި ބައެއް ޙަމަލާތައް މީހުންމަދު ސަރަހައްދު ތަކެއްގައި ހުރި މިލިޓްރީ އަމާޒުތަކަށް އަމާޒުކުރުމަކީ އެ ޙަމަލާތަކުގެ ސަބަބުން މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ފުރުސަތު ދިނުމަށް އީރާނުން ބޭނުން ނުވާކަމުގެ ހެއްކެއް ކަމުގައި ތަޖްރިބާކާރުން ގަބޫލުކުރެއެވެ.
ޙަމަލާއަށް ފަހު ބުނެފައިވަނީ އީރާނަށް ގެއްލުމެއް ދިނުމުގައި އެމެރިކާއިން އެއްވެސް މިންވަރަކަށް އިސްރާޢީލާއި ބައިވެރި ވެއްޖެނަމަ ދެން އަހަރެމެން ކަންތައް ކުރަންޖެހޭގޮތާ ދޭތެރޭ ބަސް ބުނުމުގެ އެއްވެސް ފުރުސަތެއް އެމެރިކާއަށް ނުލިބޭނެ ކަމަށެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުންގެ ގެ އިންޒާރެއްގައި މިއަދުބުނެފާވަނީ ދެން ދެވޭޙަމަލާއެއް މިފަހރުގެ ޙަމަލާއަށްވަރު ދެގުނަ ބާރު ގަދަވާނެކަމަށާއިއީރާނާ ކުޅެން ނޫޅުމަށެވެ.
މިހާހިސާބުން އީރާނާއި އިސްރާއީލުން މައްސަލަ އިތުރަށް ގޯސް ނުކޮށް ތިބެން ގަސްދު ކޮށްފާނެ ބާވައެވެ. މައްސަލަ އިތުރަށް ގޯސްވެ އީރާނުން ތެލް އަވީވް ފަދަ ބައިބޮޑު ޝަހަރުތަކާއި އަދި ވަކިން ޚާއްސަކޮށް ތެލް އަވީވުގައި އިސްރާއީލުގެ މިލިޓްރީ މައި މަރުކަޒު ކިރްޔާވެސް ހުރުމުން ތެލް އަވީވަށް ޙަމަލާދީފިނަމަ އެއަށްފަހު މަސްރަޙް އަލުން ފިނިކުރުމަކީ ވަރަށް އުދަނގޫ ކަމަކަށް ވާނެއެވެ.
އިސްރާއީލުން އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުންގެ މަރުކަޒުތަކަށް ވައިގެ ހަމަލާދީފިނަމަ ކުރިން އިޝާރާތްކުރިޙާލަތު އޮންނާނީ އެންމެ ކައިރީގައެވެ.އިސްރާޢީލުގެ ހަނގުރާމަ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ނަތަންޔާހޫ މިއަދުވަނީ ބާއްވާފައެވެ. އަދި އީރާނަށް ފިލާވަޅެއްދޭނެ ކަމަށް ބުނެފައިވެއެވެ.
އީރާނާއި އިސްރާއީލުން ގޮތްދޫނުކޮށް ހަނގުރާމައެއްގެ ތެރެއަށް ވަދެއްޖެނަމަ ދެ ގައުމަށާއި މުޅި މެދުއިރުމަތި ހުޅުރޯވެއެތައްބަޔަކު މަރުވެގެން ދިއުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
އަދި އިސރާއީލާ އެއްކޮޅަށް އެމެރިކާއާއި އިނގިރޭސި ވިލާތުން ހަނގުރާމައިގެތެރެއަށް ވަންނާނެކަން ކަށަވަރެވެ. ހަމަ އެއާއެކު އެފަދަ ހާލަތެއްގައި ރަޝިޔާއިންވެސް ކުޅިބަލަން ނޯންނާނެކަން ގެންދަނީ ހާމަކުރަމުންނެވެ.
އީރާނުން އިސްރާއީލަށް ރޭގައި ދިން ޙަމަލާތަކާއި ގުޅިގެން ބައެއް އަރަބި ގައުމުތަކުން ގެންދަނީ އީރާނަށް ތައުރީފުކުރަމުންނެވެ.
މީޑިއާއިން ކުޅެމުންދާ ދައުރަށް ބަލާއިރު އީރާނުގެ އެތެރޭގައި ސަރުކާރާ ދެކޮޅު ޙަރަކާތް ތަކުގެ ޚަބަރުތަކާއި ހުޅަނގުގެ އިގްތިސާދީ ފިއްތުންތަކާއި ގުޅިގެން އީރާނުގެ އިގްތިސާދު ވެއްޓިފައިވާ ފުންވަޅުގަނޑުގެ ވާހަކަ ފެންމައްޗަށް ނަގައިގެން ބެލުންތެރިންނާއި އެހުންތެރިންގެ ސިކުނޑިތަކާއި ކުޅެން ކުރަމުން ގެންދާ މަސައްކަތް ފާހަގަކޮށްލެވެއެވެ.
އެހެންނަމަވެސް އީރާނުގެ ޙަމަލާތަކުން ބުނެދެނީ މުޅިން އެހެން ވާހަކަތަކެކެވެ. އިސްރާއީލަށް ދެން އަމާންކަމެއް ނެތް ވާހަކައެވެ.
One Response
اللهمّ باليهود الغاصبين
Ya Allah.
Yahoodheen gharaqukoh nikamthi kuravvaan dheyve.
Aameen