“މުޢިއްޒަކީ ނާގާބިލު ކަމުގެ ވާހަކަ ވެސް ނުދެއްކޭ ވަރަށް ނާގާބިލު ވެރިއެއް“

Loading

Facebook
Twitter
WhatsApp

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ހުއްޓުވި މައްސަލައާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ފުވައްމުލަކުގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ފައްޔާޟް ވިދާޅުވީ ޣިޔާސުއްދީންގައި ހިނގި ކަންކަން ހިނގަމުންދާތާ ގާތްގަނޑަކަށް 10ވަރަަކަށް ގަޑިއިރުވީއިރު އެކަން ހިނގިކަން އެނގިވަޑައިނުގަންނަވާކަމަށްވާނަމަ އެއް ގޮތަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒަކީ ނާގާބިލު ކަމުގެ ވާހަކަވެސް ނުދެއްކޭ ވަރަށް ނާގާބިލު ވެރިއެއް ކަމަށެވެ.

ނޫނީ އަނެއްކާވެސް ހަމަ ރޯ ބުހުތާން ދޮގެއް ހެއްދެވީ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

“ހައްދަވައިގެން ހެދުނު ގޯހަށް މިހާރު އެއުޅެނީ ފުލުސް އާދައިގެ އޮފިސަރުންތަކެއް ބޮލަށް ދުއްވާލަން“

ޕީއެންއެފް ޖަލްސާއާ ގުޅިގެން ހިނގައިދިޔަ ކަންތައްތަކުގެ މައުލޫމާތު ލިބުމާއެކު ވަގުތުން ފިޔަވަޅު އަޅުއްވައި އެ ޖަލްސާ ބާއްވަން މަގުފަހިވާނެ އިންތިޒާމު ހަމަޖެއްސެވިކަމަށް ރައީސް ޑރ.މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހް ވިދާޅުވީ ރައީސް މުޢިއްޒު ހައްދަވަނީ ކަނޑައެޅިގެން “ރޯމަރު ދޮގު“ ކަމަށާއި ފުލުހުން ކަންކަން ނިންމީ އަމިއްލައަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

“އެބޭކަލުން (ފުލުހުން) ޢަމަލުކުރީ ސީދާ ރ.މުއިއްޒާއި ހޯމް މިނިސްޓަރ އިހްސާންގެ އޯޑަރު. ސަރުކާރުގެ 3 ބޭފުޅެއް ޖަލްސާ ހުއްޓުވުމުގައި މަސަައްކަތް ކުރި ކަމުގެ އިންޓެލް އަޅުގަނޑު މެންނަށް ލިބުނު. އެއީ ރ.މުއިއްޒު, މ.އިހުސާން, މ.ޝަފީއު. ފުލުހުން އިއްްޔެ މެންދުރުން ފެށިގެން ރޭ11އަށް ހިންްގި އޮޕަރޭޝަނެއް ރ.މުއިއްޒަށް އެނގި ނުލައްވާ ކަމަށް ވިދާޅުވީމަ މެއްސެއްވެސް ގަބޫލު ނުކުރާނެ. މ.ޝަފީޢު ކަނޑައެޅިގެން ސްކޫލަށް ދިޔައީ ބިރުދައްކަމުން. މިކަން ހުއްޓުވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ މ.އިހުސާން.“

މަލީހު ވިދާޅުވީ މިނިސްޓަރުގެ ފޯން ކޯލްގެ ލޮގްއާއި އެސްއެމްއެސް ލޮގުން އެކަން ސާފުވާނެ ކަމަށެވެ. އަދި ސްޓެލްކޯއަށް ގުޅާ ކަރަންޓު ނުދޭންވެސް އެންގީ ސީދާ ރައީސް އޮފީހުން ކަމަށާއި ޖަލްސާ ހުއްޓުވަން ކުރި މަސައްކަތް ފެއިލްކޮށްލީމާ ސަރުކާރުން ދަންވަރު ނިކުމެ ދޮގުމައްޗަށް ދޮގު ހައްދަވަން ފެށީ ކަމަށާއި އެކަމުގައި އުޅުއްވީ ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ޚަލީލް ކަމަށެވެ.

“އަޅުގަނޑުމެންގެ ލީގަލް ޓީމުން ބަލަމުން އެގެންދަވަނީ މިކަމާއި ގުޅިގެން ސަރުކާރުގެ ގުޅުންހުރި ކޮންް އިދާރާތަކާއި މެދުކަން ދަޢުވާ އުފުލާ ގާނޫނީ ފިޔަވަޅު އަޅާނީ. މިއީ މި ތިން ބޭފުޅުން ހިންގި ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ ޢަމަލެއް. މިއީ އަޅުގަނޑު މެނަށް ކުރި ހައްޤު ނޫން އަނިޔާއެއް. މަންމަމެން ކޮއްކޮމެންގެ ލޮލަށް ބޮލަށް ޕެޕަރ ސްޕްރޭ ޖަހައިފި. އަޅުގަނޑު މޭމައްޗަށްވެސް އަނިޔާވެއްޖެ. އަންހެން ކަނބަލުންގެ އައިނު ބިންދައިލި“

ފައްޔާޒް އިސްމާއީލް. ފޮޓޯ: އެމްޑީޕީ

Loading

Leave a Reply

ފަހުގެ އަޕްޑޭޓް