މުސްލިމް ގައުމުތަކުން ހައިބަތު ދެއްކުމަށް ބޮޑެތޮ ޕޯޑިއަމްތަކުގައި އިޒްރޭލު މައްސަލާގައި މޮޅެތި ވާހަކަތައް ދެއްކުމުގައި އަވަދިނެތި ވަނިކޮށް، އަނެއްކާވެސް އިތުރު ޣައިރު މުސްލިމް ގައުމަކުން ފަލަސްތީނާއި އެއްކޮޅަށް ބައިނަލްއަޤްވާމީ އިންސާފާއިބެހޭ ކޯޓު (އައިސީޖޭ) ގައި ވާހަކަ ދައްކައިފިއެވެ.
ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގެ ތެރެއަށް
ތަދައްޚުލުވުމުގެ ފުރުސަތަށް އެދި ކޮލަމްބިއާއިން އައިސީޖޭގައި ބުނެފައިވަނީ، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަނީ ގަތުލުއާންމެއް ކަމަށެވެ. އަދި ކޮލަމްބިއާއިން ތަދަޚުލުވުމަށް އެދި ކޯޓަށް ހުށަހެޅި ލިޔުމުގައި އިތުރަށް ބުނެފައިވަނީ، ފަލަސްތީނު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އައިސީޖޭއަށް ގޮވަައިލާ ކަމަށެވެ.
އެކުވެރި ދައުލަތުގެ އެންމެ މަތީ ކޯޓު ކަމުގައިވާ އައިސީޖޭގައި ހިންގާ މައްސަލަތަކުގެ ތެރެއަށް މައްސަލާގައި ބައިވެރިނުވާ ގައުމުތަކުން ތަދައްޚުލުވުމުގެ ފުރުސަތު އޮންނައިރު، ގިނަ ގައުމުތަކަކުން އެކަން ކުރުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ. އެހެންނަމަވެސް، މިހާތަނަށް މިމައްސަލައިގެ ތެރެއަށް ތަދައްޚުލުވުމަށް އެދި ހުށަހަޅާފައިވަނީ ކޮލަމްބިއާއާއި ނިކަރަަގުއާއިންނެވެ.
ކުރިއަށް މިދާ ރަމަޟާން މަހުގައާއި، އިޒްރޭލުން ގަތުލުއާންމު ހިންގާފައި މިވާ ހަ މަސްދުވަހުގެ މުއްދަތުގައި ސުންނީ މުސްލިމް ގައުމުތަކުގެ ވެރީން މި މައްސަލާގައި ދައްކާފައިވާ މޮޅެތި ވާހަކަތައް އެންމެނަށްވެސް ވާނީ އަޑުއިވިފައެވެ. ނަމަވެސް، އެއިން އެއްވެސް ގައުމަކުން ފިޔަވަޅެއް އެޅުމަަށް ވަނީ ނުކުޅެދިފައެވެ.
އާލަމްތަކާއި މަޚްލޫގުން ޚަލްގު ކުރެއްވި ކަލާނގެއަށްވުރެ ބޮޑަށް
އެގައުމުތަކުގެ ވެރީން އެމެރިކާއާއި އިޒްރޭލުދެކެ ބިރުގަނެ ޖެހިލުން ވަނީ ކަމަށްވެސް ވެދާނެއެވެ.
One Response
ޣައިރު މުސްލިމް ގައުމަކުން ކުރާވަރުގެ މަދަދެއްވެސް މިއަދު ޝަހާދަތުގެ ދެކަލިމަ ލިޔެގެން ދިދަ ގެންގުޅޭ ސަޢޫދީގެ އެއް ނެތެވެ. އަދި ހަމަ އެހެންމެ ޢަރަނި ގައުމުތަކުގައެއް ނެތެވެ. އިމާމުން ނަށް މުސާރަ ދީގެން ރަސްރަސްކަލުން ބޭނުންވާގޮތަށް މަޚުރަޖައަށް ޚުތުބާކިޔާ ރޮއިރޮއިފާ މަގޭ އުންމަތޭ ގޮވާ ކުރީޒަމާނުގައި އިސްލާމީ ލީޑަރުންގެ މޮޅުވާހަކަ ދެއްކުން ނޫންކަމެއް ނެތެވެ. ވަރަށް ދެރަވަރު ބަޔެކެވެ. ގާޒާގައި މުސްލިމުންގެ 36 ހާސް ޅަދަރީންނާއި މައިން ބަފައިން މެރިއިރުވެސް އެތިބީ ކޮކޯކޯލާ ބޮއިގެން ދޮން އަންހެންކުދިން ގެނެސް ގެން ނަށާލަ ނަށާލައެވެ. ދީނޭ ދީނޭ ކިޔާފަ އާންމުން ޣާފިލު ކުރުވާފަ މިވެރީން ހަމަ ނާޗަރިންގީގައެވެ. ލަޢުނަތް ހުށްޓެވެ!