އަލް-ޒާނާގައި ބަދަލުކުރެވުނު ހަމަލާތަކުގައި 14 ޒަޔަނިސްޓް އޮފިސަރުން މަރާލާފައިވާކަމަށް ހަމާސްއިން ބުނެފި

Loading

Facebook
Twitter
WhatsApp

ޙާން ޔޫނިސްގެ އަލް-ޒާނާ ސަރަހައްދުގައި ބަދަލުކުރެވުނު ހަމަލާތަކުގައި އެންމެ މަދުވެގެން 14 ޒަޔަނިސްޓް އޮފިސަރުން މަރާލެވިއްޖެކަން ހަމާސްގެ ޚާން ޔޫނިސް ބްރިގޭޑުން ހާމަކޮށްފިއެވެ.  

އިންފަންޓްރީ ސިފައިންގެ ދެބަޔަކަށް ސީދާ ޓާގެޓު ކޮށްފައިވާކަމަށާއި، އެތައް ބަޔަކު މަރާލައި، ގިނަ ބަޔަކު ޒަހަމްކޮށްލުމުގެ އިތުރުން، އަލް-ޒާނާއާއި އަލް-އާމާލް އާއި ދެމެދުގައި އިޒްރޭލުގެ 5 ޓޭންކަރާއި ސިފައިން އުފުލާ އުޅަނދެއް ހަލާކުކޮށްލާފައިވާކަމަށް ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. 

ޚާން ޔޫނިސްގެ ހުޅަނގުގައި އޮންނަ އަލް-އާމާލްއަށް ގިން ހަމަލާތަކެއް ދީފައިވީ ނަމަވެސް، އިޒްރޭލުގެ ނިރުބަވެރި ސިފައިން ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ އަލް-ޒާނާ ސުންނާފަތިކޮށްލި ފަހުން އެތަނުގައި މިފަދަ ކުރިމަތިލުމެއް ނުހިނގާތާ ހަތަރު މަސްދުވަސް ވެއްޖެއެވެ. 

މިގޮތުން ހަމާސް މުޖާހިދުންވަނީ އިޒްރޭލުގެ ތިން މަރްކާވާ ޓޭންކަރަށް ޓާގެޓުކޮށް އަލް-ޒާނަ ސަރަހައްދަށް ގެނުވައި އަލްޔާސީން 105 ޝެލް ބޭނުންކޮށްގެން ހަމަލާދީފައެވެ. އަދި އެއުޅަނދުތަކުގައި ތިބި މީހުން ސަލާމަތްކުރުމަށް އައި ސިފައިންނަށްވެސް ގޮވާތަކެތީގެ އެހީގައި ހަމަލާދީފައެވެ. އޭގެތެރެއިން ބައެއް ސިފައިން ކައިރީގައި ހުރި ގެއަކަށްވަދެ ފިލާފައިވަައިރު، 9 އޮފިސަރަކު ޔަގީންކަމާއެކު މަރާލާފައިވާކަމަށް ހަމާސްއިން ބުނެފައިވެއެވެ. 

އިޒްރޭލުގެ ނިރުބަވެރި ސިފައިން ޚާން ޔޫނިސްއަށް އެތެރެވިތާ 120 ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވީއިރުވެސް، އެމީހުން ހާސިލްކުރަން ބޭނުންވި އެއްވެސް ލަނޑުދަނޑިއެއް ހާސިލްވެފައިނުވާކަމަށް ހަމާސްގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް