18 ބިލިއަން ޑޮލަރުގެ ފައިޓަރ ޖެޓް ދިނުމަށްފަހު އިޒްރޭލުން ޣައްޒާގައި ކުރާ ހަނގުރާމަ ހުއްޓާލުމަށް ބައިޑެން ގޮވާލައިފި

Loading

Facebook
Twitter
WhatsApp

ޣައްޒާގެ އިންސާނީ ހާލަތު ބޮއްސުންލައިގެން ގޮސްފައިވާކަމަށާއި، އެކަން ރަނގަޅު ކުރުމަށް މަސައްކަތް ނުކޮށްފިނަމަ އެކަމުން ނުކުންނަ ކަންކަމާއި އިޒްރޭލުން ކުރިމަތިލާން ޖެހޭނެކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގާތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ބުނެފިއެވެ. 

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ހަތް މީހަކު ޝަހީދުކޮށްލައި ޣައްޒާގައި ދިން ހަމަލާއާއި އެކު އެމެރިކާގެ ވައިޓް ހައުސްގެ އެތެރޭގެ މަސްރަހް ހޫނުވެފައިވީނަމަވެސް، އިޒްރޭލާއި އެންމެ ބޮޑު ގާތްކަމެއް ބާއްވަމުން އަންނަނީ އެމެރިކާއިންނެވެ.

އެގޮތުން، އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތަކުގައި ބޭނުންކުރުމަށް 18 ބިލިއަން ޑޮލަރުގެ ފައިޓަރ ޖެޓް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެމެެރިކާއިން އަންނަނީ ތައްޔާރުވަމުންނެވެ. އަދި 1000 500-ޕައުންޑު ބޮމާއި 1000 ސްމޯލް-ޑައިމީޓަރ ބޮން އިޒްރޭލަށް ދިނުމަށްވެސް އެމެރިކާއިން އެއްބަސްވެފައިވެއެވެ. 

ވަގުތީގޮތުން އިޒްރޭލުން ކުރާ ހަނގުރާމަ ހުއްޓަލުމަށް ބައިޑެން ގޮވާލާފައިވާއިރު، އެމުއްދަތުގައި ހަމާސްއިން ރަހީނުކުރި ފަރާތްތަށް މިނިވަންކުރުމަށްވެސް ވަނީ ގޮވާލާފައެވެ. ޣައްޒާގެ ރަފާހްގައި ގްރައުންޑް އޮޕަރޭޝަން ފެށުމަށް އިޒްރޭލުން ތައްޔާރުވަމުންދާއިރު، އެކަނުް ނުކުރުމަށްވެސް ބައިޑެން ގެންދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ. 

Loading

One Response

  1. ނުބައިނުލަފާ ބައިޑެންއަކާއި ނަތަންޔާހޫޫއެއް. އެމީހުން ދިރިތިއްބާ އެމީހުންގެ މަސްތައް ކާން ދޫނިތަކަން ދޭންވީ ހަވަރަށް. ހަމަ ހިލަޔަށްވުރެ ހަރުކަން ބޮޑު ހިތެއް ލިބިފައި ތިބި ދޭތި އެއީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް