މިއަދުގެ އެންމެ މުހިންމު ޚަބަރަކަށް ފާހަގަކުރެވެނީ އިސްރާއީލުން އެއްގަމު މަގުން ރަފާޙް އަށް ޙަމަލާދިނުން ކުރިއަށް ގެންދަން ނިންމާފައިވާތީ އެމެރިކާއިން ނުރުހުން ފާޅުކޮށް އެކަން ނުކުރުމަށް އިންޒާރުދޭން ފެށުމުން އެ ވާހަކަތަކުގައި އިސްރާއީލުން ބައިވެރިވި ޕްލޭނިންގ އާއިބެހޭވަޒީރު ރޮން ޑާރމަރ އަޑުގެ ކޮޅަށް އެމެރިކާގެ ޚާރިޖީ ވަޒީރާއި ގައުމީ ސަލާމަތާބެހޭ މުޝީރަށް ބަވާލައިފިކަމުގެ ޚަބަރެކެވެ.
އެން ބީ ސީ އިން ބުނެފައިވަނީ އެމެރިކާގެ އޮފިޝަލުން ނުރުހުނު ކަމުގައިވިޔަސް އިސްރާއީލުން ގަސްދުކޮށްފައިވާގޮތަށް ރަފާޙް ގައި ތިބި ޙަމާސްގެ (ޓެރެރިސްޓުން)މުޖާހިދުންގެ އެންމެ ފަހުމީހާ މަރާލެވެންދެން ރަފާޙް އަށް ޙަމަލާދިނުން ކުރިއަށް ގެންދާނެ ކަމަށް އިސްރާއީލުގެ ވަޒީރު ބުނެފައިވާކަމަށެވެ.
އިސްރާއީލުގެ ވަޒީރު އެމެރިކާގެ އެންމެ އިސް ދެ އޮފިޝަލުންނަށް ބަވަމުން ގެންދިޔައިރު އެ ދެބޭފުޅުން ތިއްބެވީ އިސްދަށަށް ޖަހާލައިގެން ކަމަށްވެސް އެ ޚަބަރުގައި ބުނެފައި ވެއެވެ.
މި ވާހަކަތައް މީޑިއާއަށް ތިލަ ވުމާއިގެޅިގެން އިސްރާއީލު ސަރުކާރުން ބުނެފައިވަނީ މީޑިއާތަކަށް އޮޅުނީ ކަމަށާއި ބައްދަލުކުރުން ހިނގާދިޔާއީ ބިނާކުރަނިވި މާޙައުލެއްގައި ކަމަށެވެ. އަދި ހަޅޭއް ލަވައި އަތްއުކުންފަދަ އެއްވެސް ޙާދިސާއެއް ނުހިނގާކަމަށެވެ.
މިއިން ދޭހަކޮށްދެނީ ހަމަ ޙަގީގަތުގައިވެސް އެމެރިކާއަކީ އިސްރާއީލުން ހިންގާ ސަރުކާރެއް ކަމެވެ.
މި ކޯޅުންގަނޑުގެ ތެރޭގައި ޙަމާސްގެ އެންމެ ފަހު 4 ޖަމާޢަތް ނައްތާލުން ނޫންގޮތެއް އިސްރާއީލަށް ނެތް ކަމަށް ނަތަންޔާހޫ ވަނީ ރައީސް ބައިޑަން އަށް އަންގާފައިކަމަށްވެސް އިސްރާއީލުގެ ވަޒީރު ބުނެފައިވެއެވެ. އަދި މިކަމާއި ގުޅޭގޮތުން ނަތަންޔާހޫ ވަނީ ބައިޑަން އަށް ފޯނުން ހުރިހާކަމެއްގެ ތަފްސީލުވެސް އޮޅުން ފިލުވާދީފައިކަމަށެވެ.
އިސްރާއީލުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ރަފާޙްގައި ތިބި އާންމުންގެ ދޮޅު މިލިއަން މީހުން އެހެން ހިސާބުތަކަށް ފޮނުވާލާށެވެ. އެކަމަކު އަދި މިހާތަނަށް އެގޮތަށް ފޮނުވާލެވޭ މީހުން ދިރިއުޅުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ކަންތައްވެސް ފުރިހަމަ ކުރާނެގޮތެއް އެމެރިކާއަށް އޮޅުންފިލުވާ ނުދީ އޮތުމުން އެމެރިކާ ރަތަށް އަރައިގެން އުޅެނީ ކަމަށް އެ ޚަބަރު ތަކުގައި ބުނެފައިވެއެވެ.
އިސްރާއީލުން ރަފާޙް އަށް އެއްގަމު މަގުން ޙަމަލާދިނުމަކީ އެމެރިކާއަށް މާބޮޑުކަމަކަށް ނުވެއެވެ. އެމެރިކާއިން ކަންބޮޑުވަނީ އިސްރާއީލުގެ ޙަމަލާތަކުގައި މަރުވަމުންދާ އާންމު ރައްޔިތުންގެ އަދަދު އިތުރު ވަމުން ދިއުމާއިއެކު މި ޙަމަލާތަކުގައި އެމެރިކާގެ އިސް ދައުރެއް އޮތްކަމަށް ބުނެ ދުނިޔޭގެ ގިނަ ގައުމުތަކަކުން އެމެރިކާއަށް ނުރުހުން ފާޅުކުރަމުން ގެންދާތީއެވެ.
މިދަޔަ ހޯމަދުވަހު އިސްރާއީލުން ރަފާޙް އަށް ދިން ޙަމަލާގައިވެސް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި ޙަރަކާތްތެރި ވަމުންގެންދާ ޙަތްމީހަކު މަރާލާފައި ވުމުން އެމެރިކާގެ ދިފާއީ ވަޒީރުވެސް ވަނީ އެކަންތައްފާހަގަކޮށް އިސްރާއީލަށް ނުރުހުން ފާޅުކޮށްފައެވެ.
ހަމަ އެ ނުރުހުމާއި އެކު އިސްރާޢީލަށް 2000 ޓަންގެ ބޮޑެތި ބޮންތަކެއް ހިލޭ ދިނުމާއި 14 ބިލިއަން ޑޮލަރގެ ފައިސާގެ އެނހީވެސް ފޮނުވީއެވެ. އެމެރިކާއަކީ ޢަޖައިބެއްފަދަ ޢަދުލު އިންސާފ ގެންގުޅޭ ގައުމެކެވެ!
4 Responses
ތީ ދެ ޤަވްމު ގެ ޙަރާމީން ރާވައިގެން ކުޅޭ ޑްރާމާ އެއް. ހުސް ޒަޔަނިސްޓް މަޔާހޮކިން
އެމެރިކާ ވަނީ ބޮލުރޮދި ކެނޑިފާ. ދުނިޔޭގެ ޖަމާކުރި އެމެރިކާ. ޢަރަބި ވެރިން ވެސް އެ މީހުނަށް ވިކިފާ
ތި އަނިޔާވެރި އެމެރިކާގެ ވާހަކަ ދައްކަން ހެޔޮނުވާނެ. އަނެއްހެން ގޯހެއްނޫން. އެއީ ދުނިޔެކާނީ މަކަރާޖަހައިގެންތާއެވެ!
ޖަރުމަނުން ޔަހޫދީންގެ ބަލާބޮޑުވެގެން މަރާހުސްކޮށްގެން ނަމަވެސް އެ ބަލާވެރިކަމުން ސަލާމަތްވާން އެމީހުންވެސް ފެށްޓީއެވެ. ހަމަ އެގޮތަށް މިދާވަރުން ދަންޏާ އެމެރިކާއިންވެސް އެމީހުން މައިތިރިކުރުވާނެހެން ހީވާން ފަށައިފިއެވެ. އެއްކަލަ ވިކިފައި ތިބި ޢަރަބި ކަރަކަރައިގެ ވެރިންވެސް މިހާރު ޒައަނިސްޓުންނާއި ބައްދާ ބަޣަލްދީރު ކުރަން ދަތިވެއްޖެއެވެ. އެހެނީ ގައުމުގައުމުގެ ރައްޔިތުން ޒައަނިޒަމް އެއީ ބަލާވެރިކަމެއް ކަމެއްކަމަށް ގަބޫލުކޮށްފިއެވެ. އެކަން ދުނިޔޭގެ މަގުމަތީން އެބަފެނެއެވެ.