ތެލާއި ގޭހުން ނަގާ ޓެކުހުން ލިބުނު އާމްދަނީ ނިމިދިޔަ މާޗް މަހުގައި ދެގުނައަށް އިތުރުވެފައިވާކަން ރަޝިއާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިގޮތުން، މީގެ ކުރީ އަހަރުގެ މާޗް މަހާ އަޅާބަލާއިރު، މިދިޔަމަހު ތެލާއި ގޭހުން ސަރުކާރަށް ލިބުނު އާމްދަނީ 90 އިންސައްތަ ބޮޑުވެފައިވާއިރު، އާމްދަނީގެ ގޮތުަގައި އިތުރު 1.31 ޓްރިލިއަން ރޫބްލް (14.1 ބިލިއަން އެމެރިކާ ޑޮލަރު) ލިބިފައިވާކަމަން ރަޝިއާގެ މާލީ ވުޒާރާއިން ބުދަ ދުވަހު ވަނީ ހާމަކޮށްފައެވެ.
އޮއިލް-އެކްސްޓްރެކްޝަން ޓެކްސް މިދިޔަ މަހު 88 އިންސައްތަ މައްޗަށް ޖެހިފައިވާއިރު، ޓެކްސް ނަގާ މިންވަރު އިތުރުކޮށް ރަޝިއާއިން އެކްސްޕޯޓް ޑިއުޓީ ކުޑަކުރުމުން އާމްދަނީގެ ގޮތުގައި 803 ބިލިއަން ރޫބްލް ލިބިފައިވެއެވެ.
މީގެ އިތުރުން، މިއަހަރުގެ ނިޔަލަށް އެކްސްޕޯޓުން ނަގާ ޑިއުޓީ ހުއްޓާލުމުގެ މަސައްކަތް ރަޝިއާއިން ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ.