އިސްރާއީލުން ޙަމާސްއާއިއެކު ސުލްޙައިގެ ވާހަކަތަކަށް އެއްމޭޒުދޮށަށް

Loading

Facebook
Twitter
WhatsApp

އިސްރާއީލުން ޙަމާސްއާއެކު ސުލްޙައިގެ ވާހަކަތަކަށް އެއްމޭޒުދޮށަށް އައުމަށް އެންމެފަހުން އެއްބަސްވެއްޖެ ކަމަށް އެސޯޝިއޭޓެޑް ޕްރެސްގެ މިއަދުގެ ޚަބަރުގައި ބުނެފިއެވެ.                                   

ބެލެވޭގޮތުގައި މިހާރު ހިނގަމުންދާ ހަނގުރާމާގައިއިސްރާއީލަށް މި ނިކުމެވެނީ ކޮޅުބަންދުވެފައިވާ މަގަކަށެވެ. ގައްޒާ ބޯޑަރު ގައި ދިރިއުޅޭ ޔަހޫދީންތައްވެސް ވަނީ ހަނގުރާމައިގެ ސަބަބުން ވިއްސި ވިހާލިވެފައެވެ. 

އިސްރާއީލުގެ ތެރޭގައި ހިނގަމުންދާ ހަނގުރާމައާއިދެކޮޅު މުޒާހަރާތަކުގެ ވައި ގަދަވެ ސިޔާސީ މީހުންގެ ބޮލުގައި އޮންނަ ކުޑަ ފަޅި ތާކިހާ އުދުއްސައިގެންދާން ފަށައިފިއެވެ.މުޒާހަރާތައް ރޫޅާލާފައި އެހެންކަމެއް ކުރާނެ ވަގުތެއްފުލުހުންނަކަށް ނުލިބޭ ކަހަލައެވެ.

ހަނގުރާމައާއި ދެކޮޅަށް ހުކުރު ދުވަހު ބައިތުލް މަގްދިސް ގައި ޔަހޫދީންގެ އެންމެ 50 މީހުން ހިންގި މުޒާހަރާއެއް ރޫޅާލަންވެސް ފުލުހުންނަށް ޖެހުނީ ކުންފޫ ފައިޓް ޖައްސާށެވެ.

ޙަމާސް އާއިއެކު ސުލްޙައިގެ ވާހަކަތަކަށް ތައްޔާރަށް ހުރިކަން ބޮޑުވަޒީރު ނަތަންޔާހޫ ހުކުރުދުވަހު ވަނީ ޢިއުލާންކޮށްފައެވެ. އެ ވާހަކަތަކުގައި އިސްރާއީލުގެ ރަހީނުން މިނިވަންކުރުމުގެ ވާހަކަތައް ވެސް ހިމެނޭގޮތަށެވެ.   

ސުލްޙައިގެ ވާހަކަތަކާއި ގުޅޭގޮތުން ޙަމާސްގެ މަގާމަކަށްއެއްވެސް ބަދަލެއް ނާދެއެވެ. އިސްރާއީލުގެ ޙަމަލާތައް އެއްކޮށް ހުއްޓާލައި އިސްރާއީލުގެ ސިފައިން ގައްޒާއިން ފައިބަން ޖެހޭނެއެވެ. އިންސާނީ އެހީއަށްޓަކައި ގައްޒާ ގެ ބޯޑަރުތައް އޮންނަންޖެހޭނީ މިނިވަންކަމާއެކު ހުޅުވާލެވިފައެވެ. 

ގައްޒާ އަލުން އާރާސްތުކުރުމަށް ހުރަސް އެޅޭނެ އެއްވެސް ޝަރުތެއް އޮވެގެން ނުވާނެއެވެ. އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ހުރިހާ ރައްޔިތުން އޭގެތެރޭގައި އިސްރާއީލުގެ ކޯޓުތަކުން ޙުކުމްކޮށްފައިތިބި މުޖާހިދުންގެ ވެރިންވެސް ހިމެނޭގޮތުން މިނިވަންކުރަން ޖެހޭނެއެވެ. ދެން ރަހީނުން އެއްބަޔަކަށްފަހު އަނެއް ބަޔަކު މިނިވަން ކުރެވޭނީއެވެ.                           

ޙަމާސްގެ މި ޝަރުތުތަކަށް ބޮޑުވަޒީރު ނަތަންޔާހޫ މިހާރުވެސް ބުނަމުންގެންދަނީ ޙަމާސް އިން އަވާމެންދުރު ފަހާ ދުވަނީ ކަމަށެވެ. އަދި ރަހީނުން މިނިވަން ވުމާއިއެކު އަލުން ޙަމަލާތައް ފަށައި ޙަމާސްގެ އެންމެ ފަހު މުޖާހިދު މަރާލެވެންދެން ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށެވެ. މިކ ިޔޭނުކިޔޭ އެއްޗެސްވެސް ޕްރެޝަރބޮޑުވެ ނޭގޭކަހަލައެވެ. 

ޙަމާސްގެ ރަހީނުންގެ ގޮތުގައި 100 މީހުން ދިރިތިބިކަމަށާއި އިތުރު 30 މީހުންގެ ހަށިގަނޑުތައް ބަހައްޓާފައި ހުރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެ 30 މީހުންނަކީ އޮކްޓޯބަރ 7 ވަނަ ދުވަހު މަރާލެވުނު 1200 ޔަހޫދީންގެ ތެރޭގައި ހިމެނޭ މީހުންކަމަށާއި ނުވަތަ މިހާތަނަށް ހިނގާދިޔަ ޙަމަލާތަކުގައި މަރުވެގެން ދިޔަ މީހުންކަމަށް ވެދާނެ ކަމުގައިވެސް ބެލެވެއެވެ.                                                      

ޔުނައިޓެޑް ނޭޝަންސް އިން ހާމަކޮށްފައިވ ާގޮތުގައި އިސްރާއީލުން މިހާތަނަށް ގައްޒާގައި ބައްތިރީސް ހާސް މީހުން ޝަހީދުކޮށްލާފައިވާއިރު ހަތްދިހަ ހަތަރުހާސް މީހުންވަނީ ޒަޚަމް ކޮށްލާފައެވެ. އަދި ގައްޒާގައި ދިރިއުޅެމުންގެންދާ 2.3 މިލިއަންގެ އާބާދީ އެއްކޮށް ބަނޑަށްޖައްސައި ކާބޯތަކެތި ފޯރުކޮށްދެވޭނެ މަގުތައް ބަންދު ކޮށްފަވެއެވެ.

ގައްޒާގައި ކުޑަކުދިން ތަހަންމަލް ކުރަން ޖައްސާފައިވޭނާއި ކެކުޅުން ގައްޒާއަށް ޒިޔާރަތް ކުރި ބައިނަލް އަގްވާމީ ޑޮކްޓަރުންގެ ޓީމުން ބަލަން ކުޅަދާނަ ނޫންކަމަށް ބަޔާން ކޮށްފައިވެއެވެ.                          

މިއީ ޔަހޫދީ ސިފައިންގެ އަނިޔާވެރިކަން ހައްދުފަހަނަޅާ ގޮސްފައިވާ މިންވަރުން ކުޑަ ތަންކޮޅެކެވެ. ހަމަ އެއާއިއެކު އެމީހުންގެ ލަދުޙަޔާތް ކުޑަކަމުގެ ތެރެއިންވެސް އެތިއެތިކޮޅު ބައިނަލް އަގްވާމީ މީޑިއާއަށް އެމީހުން ގެންދަނީ ކިބުރުވެރިކަމާއި އެކު ތަޢާރުފް ކުރަމުންނެވެ.

ޔުނައިޓެޑް ނޭޝަންސް ގެ ޚާއްސަ ރެޕްރެޒެންޓެޓިވް ޕްރަމީލާ ޕާޓެން ވިދާޅުވެފައިވާ ގޮތުގައި ހަނގުރާމައި އަތުލާއި ގަނެފައިވާ ގައްޒާގެ ގިނަ އަދަދެއްގެ އަންހެނުންނާއި އެކު ބާރުގެ ބޭނުންކޮށްގެން ޖިންސީ ގުޅުން އެތައްފަހަރަކު އެތައްބަޔަކު ހިންގުމާއި ޖިންސީ ގުޅުން ހިންގުމުގައި އަނިޔާކުރުމާއި އިންސާނީ ކަރާމާތް ގަބޫލު ނުކުރާނެފަދަ އެތައް އަނިޔާތަކެއް ދިނުމާއި އަދި ބޮޑެތި ބޮޑެތި ހާނީއްކަ ކޮށްފައިވާކަމުގެ ސާފު ހެކިތައް ލިބިވަޑައިގެންފައިވާ ކަމަށެވެ. 

ރޮއިޓާރސް އިއްޔެ ރިޕޯރޓް ކޮށްފައިވާގޮތުގައި އިސްރާއީލުގެ ސިފައިންތަކެއް ގައްޒާގެ އަންހެނުންގެ ޖަ..ޔާ ތަކަކާކުޅެ ވަސްބަލަމުން ގެންދާ މަންޒަރު ވީޑިއޯކޮށް ހަޑިހުތުރު އިބާރާތް ބޭނުންކޮށްގެން އެމީހުންގެ ލަދުޙަޔާތް ނެތިފައިވާ މިންވަރު މީޑިއާތަކަށް ހާމަކޮށްދީފައިވެއެވެ. 

މިއީ ފަލަސްތީނުގެ ރައްޔިތުންނަކީ އިންސާނުންގެ ސިފައިގާތިބި ޖަނަވާރުތަކެކޭ ގޮވަމުންގެންދާ އިސްރާއީލުންގެ އަސްލު ޙަގީގަތެވެ. ލަދު ޙަޔާތް ނެތުމުން ދެން ހީކުރެވޭނީ އެހެން އިންސާނުންގެ ލަދުޙަޔާތެއްވެސް ނެތްކަމަށްތާއެވެ. ޖަނަވާރުންނަށް ފެންނާނީ އިންސަނުންނަކީވެސް ކޮންމެވެސް ޖަނަވާރެއް ކަމަށެވެ.

ބައިނަލް އަގްވާމީ އަދުލު އިންސާފުގެ އެންމެ މަތީކޯޓަށް ދެކުނު އެފްރިކާއިން ހުށައަޅާފައިވާ ގަތުލު އާންމުގެ މައްސަލާގައި މި ދިޔަ ބުރާސްފަތި ދުވަހު ޙުކުމް ރައްދުވާ ފަރާތުން ތަންފީޒު ކުރުން ލާޒިމްކޮށް އެކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ. 

އެ އަމުރު ގައި ކަނޑައަޅާފައިވަނީ ގައްޒާއަށް ގާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށް ދިނުމަށްޓަކައި އިސްރާއީލު ސަރުކާރުން އިތުރު އެއްގަމު މަގުތަކެއް ހުޅުވަން އަންގާފައެވެ.         

މި ޚަބަރުތައް ކިޔަމުންދާއިރު އަދި އެމެރިކާއިން ހަނގުރާމަ ހުއްޓާލަންވެސް މަޖުބޫރު ކުރަމުންދާކަމަށް ބުނަމުންދާމިދަނޑިވަޅުގައިވެސް އެމެރިކާއިން 3.8 ބިލިއަން ޑޮލަރު ގެ ހަތިޔާރު އިސްރާއީލަށް ފޮނުވާދީފިކަމަށް ރޮއިޓާރސް މިއަދު ޚަބަރު ދީފައިވެއެވެ.

އެ ހަތިޔާރުތަކުގެ ތެރޭގައި ތަފާތު މަރުކާގެ ބޮންވެސް ހިމެނޭ ކަމަށް ވޯޝިންގޓަން ޕޯސްޓަށް ޙަވާލާދީ ރޮއިޓާރސްގެ ޚަބަރުގައި ބުނެފައި ވެއެވެ. ޒައަނިސްޓް ޔަހޫދީން ފަލަސްތީނު ނައްތާލަން ބޭނުންކުރާހާ ފަނާކުރަނިވި ހަތިޔާރު ސަޕްލައި ކޮށްދެނީ އެމެރިކާއިންނެވެ.

މި ޚަބަރާ ގުޅިގެން އެމެރިކާގައި ދިރިއުޅެމުންގެންދާ އަރަބި ނަސްލުގެ ރައްޔިތުން ނުރުހުން ފާޅުކުރަން ފެށުމުން ރައީސް ބައިޑަން ބުނެފައިވަނީ އިސްރާއީލަށް އެހީވެދެމުންގެންދާތީ އަރަބި ނަސްލުގެ ރައްޔިތުންގެ މޭގައި އަޅާ ރިހުންތަސައްވުރު ކުރެވޭ ކަމަށެވެ. ( މިއީ ފަހެ ކިޔޭ ނުކިޔޭ އެއްޗެއްނޭންގޭ އިންސާނެއް ހެއްޔެވެ…؟ )

މިއީ އެމެރިކާގެ އަސްލު ސޫރައެވެ. އެމެރިކާގެ ހިޔަޅުވިސްނުމާއި އަނިޔާވެރިކަން ގާޒާގެ މިހަނގުރާމައިން ދުނިޔެއަށް ވަރަށް ރަނގަޅަށް މިވަނީ ސާބިތުވެފައެވެ.

Loading

One Response

  1. އެމެރިކާ ޙަރާމީ. އޭނާގެ ބައިވެރިން ވެސް ޙަރާމީ. އެބައިމީހުނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. އިންޝާﷲ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް