ހުޅުމާލޭގައި ގާއިމުކުރާ ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅައިފި

Loading

Facebook
Twitter
WhatsApp

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅައިފިއެވެ.

އިއްޔެ ހަވީރު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

މި ރަސްމިއްޔާތުގައި ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ ފަސްޓް ލޭޑީ ސާޖިދާގެ އިތުރުން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމެވެ.

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް ބޭތިއްބުމަށް ހަދަން ނިންމާފައިވާ މި ފެސިލިޓީ ހަދަން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން މާލެ ސިޓީ ކައުންސިލާ ހަވާލުކުރީ ޖެނުއަރީ 25 ގައެވެ.

އެގޮތުން ފަރުކޮޅުފުށީގައި މިކަމަށް 5,000 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސައިފައެވެ.

މި ފެސިލިޓީ ހަދަން ހަމަޖެހިފައިވަނީ ބުޅާތަކާއެކު އާންމުންނަށް ވަގުތު ހޭދަކުރެވޭ ގޮތަށް ކެޓް ކެފޭއަކާއި ވެޓް ކްލިނިކަކާއި ކެޓް ޝޮޕެއް ހިމެނޭ ގޮތަށެވެ. މީގެ އިތުރުން ގޭގައި ގެންގުޅޭ ބުޅާތަކަށްވެސް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ މި ފެސިލިޓީން ލިބިގެންދާނެއެވެ.

ފޮޓޯ: ރައީސް އޮފީސް

Loading

2 Responses

  1. Varah rangalhu kameh
    thi ehchihssa hedhi
    varah undhagoo vey
    varah hadi mulhi maguga eyge najis
    meehunah
    varah dhera kanka eyge sababun dhimaa ebavey…..

  2. ތިކަންވެސް ދެން އޯކޭއެވެ. ނަމަވެސް ހުޅުމާލޭގެ ޕާކް ގައި 2 ފާޚާނަ ހަދާލަދެއްވަބައްލަވާށެވެ. އެތަނަށް ކުޑަކުދީންގޮސް ކުޅެލަން އުޅެފާ ޕީ ޕީ ނުވަތަ ޕުއް ޕުއް ބުނީމާ ދުވެފާ ދާނެތަނެއް ނެތެވެ. ޚާއްސަކޮށް މާލެއިން މިދާ މީހުންނާއި ކުދިނަށް.
    ޝުކުރިއްޔާ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް