ހިޔާ ފްލެޓުގެ މެއިލް ބޮކްސްތަކަށް ނަޞާރާދީނުގެ ލިޔުންތަކެއް އެޅި މައްސަލައިގައި ބިދޭސީ ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ދެންމެ ބުނީ ހިޔާ ފްލެޓުތަކުގެ މެއިލް ބޮކްސްތަކަށް ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާ ޚިލާފު ލިޔުންތަކެއް އެޅި މައްސަލައަކާ ގުޅިގެން ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ުފުލުހުން ބުނީ އެ ދެ މީހުންނަކީ ޖަރުމަން ވިލާތަށް ނިސްބަތްވާ ދެ މީހުން ކަމަށާއި އެ ދެ މީހުން ރާއްޖެ އެތެރެވެފައި ވަނީ ޓުއަރިސްޓު ވިސާގައި ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.