އެމެރިކާގެ ފޮރިން ޕޮލިސީއިން ކުރިއަށް ނެރެފައިވާ އެލްޖީބަިޓީކިއު ޖަމިއްޔާއަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ނިންމައި ރަޝިއަން ފެޑެރޭޝަނުން އެކަން ހާމަކޮށްފިއެވެ.
ރަޝިއާއިން ބުނެފައިވަނީ އެ ގައުމަކީ އޮތޮޑޮކްސް ކްރިސްޓިއަން ގައުމެއް ކަމަށާއި، އާއިލީ ގުޅުންތަކުގެ މިންގަނޑުތަކާއި އަހްލާގީ މިންގަނޑު ނެގެހެއްޓުމަކީ ކޮންމެ ބަޔަކުވެސް ކުރިއަރައި ދިއުމަށް ކޮންމެހެން ބޭނުންވާ އެއްޗެއްކަމަށެވެ.
ރަޝިއާއިން ގަބޫލުކުރާ ގޮތުގައި އެލްޖީބީޓީކިއު ފިކުރަކީ ހުޅަނގުގެ ފިކުރެކެވެ. އަދި އޭގެ ބޭނުމަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ކަމަށްބުނެ ދީނީ މުޖުތަމަޢު ފުނޑާލުން ކަމަށް ރަޝިއާއުން ބުނެއެވެ.
ރަޝިއާއިން މިހާރުވެސް ގެންދަނީ ހުޅަނގުގެ އެމެރިކާއާއި ދެކޮޅަށް ޕްރޮކްސީ ހަނގުރާމައެއް ކުރަމުންނެވެ. އަދި އެމެރިކަައިން ވާގިދޭ ޔޫކްރޭނާ ދެކޮޅަށް ރަޝިއާއިން ކުރާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ އަގުތައް ވަނީ އިންތިހާއަށް މައްޗަަސް ގޮސްފައެވެ.