ވިއެޓްނާމްގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން އިސްނަގައިގެން ކުރިއަށް ގެންދާ އެންޓި ކޮރަޕްޝަން ކެމްޕޭނުގެ ނަތީޖާއެއްގެ ގޮތުން، އޭޝިއާ ބައްރުގައި އެގައުމުގެ އިގުތިސާދު ކުރިއަރައިގެން ގޮސްފައިވާއިރު، އޭޝިއާގެ ގައުމުތައް ކުރިއަރައި މުއްސަނދިކަން ހޯދައިގަތުމަށް ހުރަސް އަޅަނީ ކޮރަޕްޝަނުގެ ސަބަބުން ކަމަށް އެ ޕާޓީއިން ގަބޫލުކުރެއެވެ.
މިގޮތުން، މި ކެމްޕޭނުގެ ނަތީޖާއެއްގެ ގޮތުން ވެރިކަމުގައި ހުންނެވި ރައީސް ވޯވޭން ތުއޮންގް އިސްތިއުފާދެއްވުމާއެކު، ނައިބު ރައީސް ވޯތި އަންހް ޝޯން ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ޝޯން ހަވާލުވި ދެވަނަފަހަރެވެ.
މީގެކުރިން، ތުއޮންގްގެ ކުރިން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް 2023 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ވެސް ޝޯން ވަނީ “އެކްޓިންގް ޕްރެޒިޑެންޓް” ގެ މަގާމު ފުރުއްވައިފައެވެ.
އެގޮތުން، ދުނިޔޭގެ އިގުތިސާދަށް ބަލައި ވިއެޓްނާމުން ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތުގައި ހުރި ގޮންޖެހުންތައް ގައުމުގެ އިސްވެރިންގެ ތެރޭގައި އޮތް ހަލަބޮލި މާހައުލުން ހާމަވެއެވެ.
ތުއޮންގްގެ އިސްތިއުފާގެ ހަބަރާއެކު، އޭނާގެ މައްޗަަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން ކޮމިއުނިސްޓް ޕާޓީގެ އަގު ވެއްޓިފައިވާ ކަމަށް ގައުމީ މީޑިއާއިން ރިޕޯޓު ވަނީ ކޮށްފައެވެ.
ތުއޮންގް މަގާމުން އިސްތިއުދީފައިވަނީ ކޮރަޕްޝަނުގެ ތުހުމަތުގައު ގުއަންގް ންގައި ޕްރޮވިންސްގެ ޗީފް ހައްޔަރުކުރިތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. ތުއޮންގް އަކީ އޭގެކުރިން އެޕްރޮވިންސްގެ ޗީފްގެ މަގާމު ފުރިހަމަކުރައްވާފައިވާ ފަރާތެކެވެ.