މާލޭ ރޯޝަނީ މަގުގައި މިރޭ ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މިކަން ހާމަކޮށް ފުލުހުން ބުނީ، ރޯޝަނީ މަގުގައި ހުންނަ ފުޑް ޓޭކްއަވޭ އައުޓްލެޓަކަށް ގެއްލުންދޭން މީހަކު އުޅޭކަމުގެ މަޢުލޫމާތު މިރޭ 19:00 ހާއިރު ލިބިފައިވާ ކަމަށެވެ.
އަދި މި ރިޕޯޓާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު ގެއްލުން ދޭން އުޅުނު މީހާ އަދި އިތުރު ބަޔަކު އެ ސަރަހައްދުގައި މާރާމާރީ ހިންގުމަށްފަހު ފިލާފައިވާ ކަމަށެވެ.
މީގެ އިތުރުން މި މާރާމާރީއާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ ކަމަށާއި ހައްޔަރުކުރީ ޓޭކްއަވޭ އައުޓްލެޓަށް ގެއްލުން ދިން ކަމަށް ތުހުމަތުކުރެވޭ މީހާ އާއި މާރާމާރީ ހިންގުމަށް ފަހު ފިލަން އުޅުނު މީހުންގެ ތެރެއިން މީހެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.