އިސްރާއީލުގެ ހަމަލާތައް ހުއްޓުވަން އެމެރިކާއިން ޔުނައިޓެޑް ނޭޝަންސް އަށް

Loading

Facebook
Twitter
WhatsApp

ޑެއިލީ ބީސްޓުން އިއްޔެ ހަވީރު ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓުވުމަށް އެމެރިކާއިން ޔުނައިޓެޑް ނޭޝަންސް އަށް ހިނގައްޖެއެވެ.

މީގެ ކުރިން އިސްރާއީލުގެ ހަމަލާތައް ވަގުތުން ހުއްޓުވުމަށް އަމުރުކޮށްދިނުން އެދި އެތައްފަހަރަކު އެހެން ގައުމުތަކުން ޔުނައިޓެޑް ނޭޝަންސްއަށް ހުށައެޅި ގަރާރުތައް ވީޓޯ ކުރުމަށްފަހު ވަގުތުން ހަމަލާތައް ހުއްޓުވުމުގެ އަމުރަކަށް އެދި މިދިޔަ ބުދަދުވަހު އެމެރިކާއިން ހުށަޅައިފިކަމަށް ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަނީ ވިދާޅުވެފައެވެ.

ސައޫދީ އެރޭބިއާގެ ނިއުސް ޗެނަލް އަލް ހަދަސް އަށް ދެއްވި އިންޓަރވިއުއެއްގައި ބްލިންކަން ވިދާޅުވެފައިވަނީ ރަހީނުން މިނިވަންކުރުމަށް ބާރުއެޅުމާއެކު ވަގުތުން ހަނގުރާމަ ހުއްޓުވަން ވޮޝިންގްޓަނުން މަސައްކަތް ފެށީ ކަމަށެވެ. އަދި އެމެރިކާއިން އިސްރާއީލުގެ ދިފާއަށް ތާއީދުކުރުމާއެކު ގައްޒާގައި އިންސާނިއްޔަތު ކަންބޮޑުވެ ހާސްވާ މިންވަރަށް އާންމު ރައްޔިތުން ބަނޑަށްޖެހި މަރުވަމުން ދާތަން ބަލަން އެމެރިކާއަށް ކެތް ނުކުރެވޭނެ ކަމަށާއި ގައްޒާއަށް ބޭނުންވާ އިންސާނީ އެހީ މެދުނުކެނޑި ފޯރުކޮށްދެވޭނެ މަގުތައް ހުޅުވައިދީ ގައްޒާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެމެރިކާގެ އެންމެ އިސް ވާޖިބު ކަމަށެވެ.

އިސްރާއީލަށް ހަތިޔާރު ފޮނުވަމުން ތިޔަ ވިދާޅުވި ކަންތައްތަކަކީ އެމެރިކާގެ އެންމެ އިސް ވާޖިބުކަމަށް ވިދާޅުވުން ގަބޫލުކުރުމާމެދު ސުވާލު ނު އުފެދޭތޯ ޚާރިޖީ ވަޒީރު ބްލިންކަން އަށް ދެންނެވުނެވެ. އަދި މިހާތަނަށް ބައިނަލްއަގްވާމީ ގޮތުން އެ ހަނގުރާމަ ހުއްޓުވަން ޔުނައިޓެޑް ނޭޝަންސްގެ ތެރެއިން ކުރެވުނު ހުރިހާ މަސައްކަތެއް އެމެރިކާ ބައެއް ގާތް ރަޙްމަތްތެރިން ވެސް ތާއީދު ކުރަމުންގެންދަނިކޮށް އެމެރިކާއިން ވީޓޯކޮށް ބްލޮކް ކުރަމުން ގެންދިޔައީ އިހަށްދުވަހުއެވެ. އޭގެ ސަބަބުން ގަތަރާއި މިސްރުގައި ބޭއްވި ބައްދަލުވުންތަކުންވެސް ރަނގަޅު ނަތީޖާއަކާ ހަމަޔަށް ނުދެވުނެވެ.

ބްލިންކަންއަށް ކުރިމަތިކުރުވި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ވިދާޅުވީ މުޅިން އާ އެއްބަސްވުމެއް އެކުލަވާލެވި މިހާރު އުފެދިފައިހުރި ފުޅާ ރެނދުތައް ކައިރިކުރެވިދާނެކަމުގެ އުންމީދުތަކެއް ކުރެވެމުންދާ ކަމަށެވެ.

ހަމާސްއިން ގައްޒާގެ ރައްޔިތުންނަށް ހެޔޮއެދޭނަމަ މިހާރު ފަރުމާ ކުރެވެމުންދާ އެއްބަސް ވުމަށް ރުހުންދޭނެކަމަށް އުންމީދުކުރެވެއެވެ. މި އެއްބަސްވުން ވެގެންދާނީ މައްސަލަ އުފެދިފައިވާ ކަންތައްތަކަކަށް ރަނގަޅު ނިމުމެއް ގެނެސްދޭނެ އެއްބަސްވުމަކަށް ވާނެއެވެ.

ބްލިންކަންގެ އިންޓަރވިއު ކުރިއަށް ގެންދަމުން ވިދާޅުވީ އިސްރާއީލުން ރަފާހްއަށް އަރައިގަތުމަކީ އެމެރިކާއިން ދުވަހަކުވެސް އާނބަސް ބުނާނެ ކަމެއް ނޫންކަމަށެވެ. އަދި އެކަމަށް ކަނޑައެޅިގެން އެމެރިކާ ދެކޮޅުހަދަމުންގެންދާނެ ކަމަށެވެ. މިވަގުތު ރަފާހް ގައި ދިރިއުޅެމުންގެންދާ 1.4 މިލިއަން ރައްޔިތުންނަށް އިސްރާއީލުގެ ހަމަލާތަކުން ރައްކާތެރި މާހައުލެއް ހޯދާދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

މިއަންނަ ހަފުތާގައި އިސްރާއީލުގެ ޓީމެއް ވޮޝިންގްޓަނަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ދަތުރުގައި ރަފާޙްގައި ތިބެދާނެ ހަމާސްގެ ހަނގުރާމަވެރިންނާ ދޭތެރޭ ކަންތައްކުރާނެ ގޮތަކާމެދު ވާހަކަ ދެކެވިގެންދާނެއެވެ. އެހެންނަމަވެސް އެމައުޟޫގައި އިތުރު ތަފްސީލު ހާމަކުރާކަށް ބްލިންކަން ބޭނުމެއް ނުވިއެވެ.

ޚާރިޖީ ވަޒީރު ބްލިންކަންގެ މިވާހަކަތައް މީޑިއާއަށް ތިލަވެގެން މިއުޅެނީ ހަމާސްއަށް ހަމަލާ ދިނުމުގައި އިސްރާއީލުން ބޭނުންކުރާ އެމެރިކާގެ އެއްވެސް ހަތިޔާރެއް ބައިނަލްއަގްވާމީ އިންސާނިއްޔަތާބެހޭ ގާނޫނާ ޚިލާފަށް ބޭނުން ނުކުރާނެކަމުގެ އަހުދުނާމާއެއް ލިއުމަކުން އެމެރިކާ ސަރުކާރަށް ހުށައަޅާފައިވާ ކަމަށް ވާހަކަ ދެކެވެމުންދާ ދުވަސްވަރެއްގައެވެ. އިސްރާއީލުގެ އަހްދުނާމާގެ ދޮތު ތެދު ބަލައި ކަށަވަރު ކުރުމަށްފަހު މިއަންނަ މޭމަހުގެ ތެރޭގައި ކޮންގްރެސް އަށް އަންގަން ޚާރިޖީ ވުޒާރާއަށް ވަނީ އަންގާފައެވެ. އިސްރާއީލުގެ ކަށަވަރުކޮށްދިނުމާ ޚިލާފުގޮތަކަށް އެމެރިކާގެ ހަތިޔާރު ބޭނުންކުރާ ކަމާދޭތެރޭ ސުވާލު އުފެދިއްޖެނަމަ އިސްރާއީލަށް އެމެރިކާއިން ހަތިޔާރު ވިއްކުން ހުއްޓާލެވިދާނެއެވެ.

ހިއުމަންރައިޓް ވޮޗް އާއި އޮކްސްފާމުން މިދިޔަ އަންގާރަ ދުވަހު ގުޅިފައިވާ މެމޯރަންޑަމެއް އެމެރިކާ ސަރުކާރަށް ވަނީ ހުށައަޅާފައެވެ. އެ މެމޯރަންޑަމްގައި އިސްރާއީލުން ގައްޒާއަށް ހަމަލާދިނުމުގައި އެމެރިކާގެ ހަތިޔާރުތައް ބޭނުންކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިންސާނިއްޔަތާބެހޭ ގާނޫނުތަކާ ޚިލާފަށް ކަމަށާއި އަދި އެމެރިކާއިން ފަލަސްތީނަށް ފޮނުވާ ފައިސާއާއި އެހީ އިސްރާއީލު ސަރުކާރުން ހުއްޓުވަމުން ގެންދަނީވެސް އެ ގާނޫތަކާ ޚިލާފަށް ކަމަށް ބުނެފައިވެއެވެ. އަދި އިސްރާއީލުން އެމެރިކާއަށް ދީފައިވާ ކަށަވަރުކުރުމަކީ ކަނޑައެޅިގެން ދޮގުގެ މައްޗަށް ބިނާކޮށް ހުށައަޅާފައިވާ އަހުދުނާމާއެއްކަމަށެވެ.

ގުޅިފައިވާ މެމޯރަންޑަމްގައި ވަރަށް ސަރީޙަކޮށް އިސްރާއީލުގެ ހަމަލާތަކުގެ ތަފްސީލާއި އާންމުރައްޔިތުންނަށް އެއްވެސް އިސްތިސްނާއެއްނެތި ކުރިމަތިކުރަމުންގެންދާ އަނިޔާވެރި ކަމާއި ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދާ ބަނޑަށް ޖެއްސުމުގެ ކިތާބީ ހެކިތައްވެސް ހުށަހަޅާފައިވެއެވެ.

Loading

3 Responses

  1. ތިއީ ބޮޑު ޖޯކެއް. ކިތަކެއް ޔޫ.އެން ރިޒޮލިއުޝަން މިހާރުވެސް ފާސްކޮށްފި. އެހެނަސް ޔޫ.އެސް ގެ ގޮތެއް ގޮތެއްނެތް ވީޓޯކޮށް ޢަމަލީ ސިފައެއް ނުގެނެވިފާ އެވަނީ؟ ކޮބާ ޔޫ އެން ރިޒޮލިއުޝަން 242.؟؟ ދުނިޔޭގައި ހުރިހާ ގުޖަޑެއް އުފައްދުވާ ދެފަރާތަށް ހަތިޔާރު ވިއްކުވައި ތަންތަން ފަނާކޮށްކޮށް އެތިބީ! ގާޒާއަށް އަޅާހާ ވިހަ ބޮންތައް ޓެރަރިސްޓް އިޒްރޭލަށް ދީގެން ފަލަސްޠީނު ފަނާކޮށްފާ ގުޑްް ކޮޕް ހެދެންވެގެން . މިހާރު އެމެެރިކާގެ ދެފުށްކެހެރިކަން އެންމެނަށް ތިވަނީ ފަޟީޙަތް ވެފާ.

    1. ތިއި ވަރަށް ނުރައްކާތެރި ބައެއް ތިއެމެރިކާ! ދުނިޔޭގެ ހަލާކު

  2. މީގައި ހަމަކަށަވަރުންވެސް ވަރަށް ބޮޑު ނުރައްކަލެއް އެކުލެވިފައިވާނެ. މިހާތަނަށް އދ އިން ފާސްކުރި އެއްވެސް ގަރާރަކަށް އިސްރާއީލުން ތަބާވެފައެއް ނެތް. ދެން މިހާރު އަލަށް ގަރާރެއް ފާސްކުރުމަކުން ވާނެ ރަނގަޅެއް އޮތްކަމަކަށް ނުބެލެވޭ. އެހެން ގައުމަކުން ގަރާރުތަކަށް ބޯލަންބަން ކުރާ މަސައްކަތާއި އަޅާ ފިޔަވަޅުތައް ފެނޭ. ވިޔަފާރީގެ ދުއްތުރާ ކުރުމާއި ދަތުރުފަތުރު މަނާކުރުންފަދަ ހިތަށް އެރިކަމެއް. އިސްރާއީލާ ޖެހުނީމާ ބިމަށް ތުންހެރިފާ. ނަހަލާލު ދޮންދަރިއަކަށް ވީމާ ބަފާމީހާ ސައިޒްވެފާ ހުންނަން ޖެހެނީ ކަމަށް ބެލެވެނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް