މޫސަގެ ކޮރަޕްޝަން މައްސަލަތައް ބެލުމަށް އޭސީސީން ބީއޭއެމްގެ އޮފީހަށް ވަދެއްޖެ

Loading

Facebook
Twitter
WhatsApp

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމްގެ) މި އަހަރުގެ އިންތިޚާބުގައި އެ އެސޯސިއޭޝަނުގެ ނައިބު ރައީސް ކަމަށް ކުރިމަތިލާފައިވާ އަދި މިދިޔަ ތިން އަހަރު ދުވަހު އެ އެސޯސިއޭޝަނުގެ ރައީސް ކަން ކޮށްފައިވާ މޫސާ ނާޝިދުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ އެސޯސިއޭޝަނަށް ވަދެއްޖެއެވެ. 

އޭސީސީން ދެންމެ ބުނީ އިދާރީގޮތުން ޤާނޫނާއި ޚިލާފު އެތައް ކަންތައްތަކެއް ހިނގާފައިވާ ކަމަށްބުނެ މޫސައަށް ތުހުމަތުކޮށް ގިނަ ބަޔަކު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ނުރުހުންފާޅުކޮށްފައިވާ ކަމަށެވެ. 

އަދި އެ އެސޯސިއޭޝަނުގެ އެކިއެކި މެންބަރުންނާ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިންނާއި ކުޅުންތެރިންގެ އާއިލާތަކުން ހިތްހަމަނުޖެހުން ފާޅު ކުރަމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައި ވެއެވެ. 

އެގޮތުން އެ އެސޯސިއޭޝަނުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިޚާބު މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައި ވާއިރު، މި އިންތިޚާބުގެ ސައްހަކަން ކަށަވަރު ނުވާނެ ގޮތަކަށް އަމަލުތައް ބަހައްޓާކަން ގިނަ ބައެއްގެ ޝަކުވާ އަކަށް ވެފައިވާ ކަމަށް އޭސީސީން ހާމަކޮށްފައި ވެއެވެ. ހަމަ އެހެންމެ މި ވަގުތު ރައީސް ކަމުގެ މަޤާމުގައި ހުރި ފަރާތުން އިންތިޚާބަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ގިނަ ފަރާތްތަކަކުން ތުހުމަތު ކުރަމުން އަންނަ ކަމަށް އޭސީސީން ބުނެފައި ވެއެވެ. 

މީގެ އިތުރުން އިންތިޚާބުގައި ގިނަ ބައެއްގެ ހައްޤު ގެއްލޭގޮތަށް އަމަލު ކުރަމުންދާ ކަމަށާއި އައްޑޫގައި އިންތިޚާބު ބާއްވަން ނިންމާފައި ވާތީ ގިނަ ބައެއްގެ ޝަކުވާއަކަށް އެކަން ވެފައިވާ ކަމަށް އޭސީސީން ހާމަކުރެއެވެ. 

މިގޮތުން ބެޑްމިންޓަން އެސޯސިއޭޝަނުގެ ޤައުމީ ޓީމުގެ ސީނިއަރ އެތައް ކުޅުންތެރިންނެއް ޓީމާ ވަކިވެފައިވާ ކަމަށާއި ޖޫނިއަރ ކުޅުންތެރިންގެ މެދުގައި ވެސް ހިތްހަމަ ނުޖެހުން އޮތްކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ. 

އެހެންކަމުން ބެޑްމިންޓަން އެސޯސިއޭޝަންއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށާއި ކަމާ ގުޅޭ ލިޔެކިޔުންތައް ހޯދުމަށް އޭސީސީން މިހާރު އެ އެސޯސިއޭޝަން ބަލާ ފާސްކުރަމުން އަންނަ ކަމަށް އޭސީސީން ބުނެފައި ވެއެވެ.

Loading

One Response

  1. އޭސީސީގެ ކިރުބޯ ދަތް ވެއްޓި ބަރުދަން ފެޅީހެއްޔެވެ. އެހެނަސް ބަރު އަރުވާ ގަސްދުގައި ލަސްކުރާ މައްސަލަތައްވެސް ބައިވަރެއް ނޫންހެއްުޔެވެ ޕިކް އެންޑް ޗޫސް ޢަދުލު އިންޞާފަކީ ފިތުނަ އެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް