ކީރިތި ގުރުއާނުގެ ކައުސަރް ސޫރަތުގެ އަޖައިބު ކުރުވަނިވި ބައެއް މުއުޖިޒާތްތައް

Loading

Facebook
Twitter
WhatsApp

މި ބަރަކާތްތެރި ރަމަޟާން މަސް ފާއިތުވެގެންދާއިރު ސަންދާނުގެ ދީނީ ސަފްހާގެ ފަގީރުކަން ދެކިފާ ވަރަށް ދެރަވެއްޖައީމެވެ. ކޮންމެވެސް އިލްމުވެރިއެއްގެ ފަރާތްޕުޅުން އިބްރަތްތެރި ދަރުސެއް ލިބޭނެ ނަމަ ހަމަގައިމުވެސް ކިއުންތެރިންނަށް ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދާނެއެވެ.                              

އަޅުގަނޑަކީ ދީނީ މައުޟޫއަކަށް ލިއުމުގެ ޢިލްމާއި ހުނަރު ލިބިފައިވާ މީހަކީމެއް ނޫނެވެ. އެހެންނަމަވެސް ސަންދާނުގެ ގިނަވަމުންދާ ކިއުންތެރިންނަށްޓަކައި ދީނީ ދަރުސަކުން އެތިކޮޅެއްނަމަވެސް ދިވެހިބަހަށް ގެނެވޭތޯ މަސައްކަތް ކުރަންފަށައިގަތީއެވެ.                                                     

ދީނީ ދަރުސް ދެއްވާ ބޭފުޅުންގެ ދޫފުޅު ފަސޭހަކަމާއި އަޑުއަހާ މީހުންނަށް ފަސޭހައިން ފަހުމްކޮށް ދެނެގަނެވޭނެގޮތަށް ފަރުމާކޮށް ބޭނުންފުޅު ކުރައްވަމުން ގެންދާ ބަލާޣަތްތެރި ބަސްމޮށުންތެރިކަން ކަމާއެވެ.                      

ގެނެސްދެވޭތޯ ބަލާލަން މިފަށަނީ ކީރިތި ގުރުއާނުގެ އެންމެ ކުރު ސޫރަތް ކަމުގައިވާ “ އަލް ކައުސަރް “ ސޫރަތުގައި ހިސާބު ޢިލްމުން ބަލާއިރު ފާހަގަ ކުރެވިފައިވާ ބައެއް އާދަޔާ ޚިލާފު އަޖައިބު ކުރުވަނިވި މުއުޖިޒާތްތަކުގެ މައްޗަށް “ ގުރުއާން ރިސާރޗް “ ގެ ދިރާސާ އެއްގައި ހިމެނާފައިވާ ބައެއް އުސް އަލިތަކެވެ.

ދުޢާއަކީ ކިއުންތެރިންނަށް ކީރިތި ގުރުއާނުގެ އަޖައިބު ވަނިވި މުޢުޖިޒާތްތައް ދެނެގަތުމުގެ ހެޔޮ ވިސްނުން މާތް ﷲ މިންވަރު ކުރެއްވުމެވެ.                                                    

ކީރިތި ގުރުއާނުގެ ކޮންމެ ސޫރަތެއްވެސް ފަށަނީ ބިސްމީގެ ބަރަކާތުންނެވެ. މިސޫރަތްވެސް ފަށެނީ ހަމަ ބިސްމީގެ ބަރަކާތުންނެވެ.                                                             

“ ރ “ އަކީ ބިސްމި ފެށުނީއްސުރެން ކުރިއަށް 10 ވަނަ އަކުރެވެ. އަދި ބިސްމި ނިމުނު ހިސާބުން ފެށުނު ކޮޅަށް ގުނާއިރުވެސް 10 ވަނަ އަކުރަކީ “ ރ “ އެވެ.                                    

ބިސްމީގައިވެސް އެކުލެވިގެންވަނީ ތަފާތު 10 އަކުރެކެވެ. އެއީ ( ބ. ސ. މ. އ. ލ. ހ. ރ. ޙ. ނ. ޔ ) އެވެ.

ކައުސަރް ސޫރަތް ހިސާބު ޢިލްމުން ކޯޑް ކުރައްވާފައިވަނީ 10 ކަމަށެވެ. އެއީ މިސޫރަތް ޖުމުލަ 10 ލަފުޒެއްގެ މައްޗަށް އެކުލެވިގެން ވާތީއެވެ. 

ކައުސަރު ސޫރަތުގެ ފުރަތަމަ އާޔަތުގައި ވަނީ ތަފާތު 10 އަކުރެވެ. ދެވަނަ އާޔަތުގައިވެސް ވަނީ 10 އަކުރެވެ. އަދި ތިންވަނަ އާޔަތުގައިވެސް ހިމެނިފައިވަނީ ހަމަ 10 އަކުރެވެ. ފުރަތަމަ އާޔަތުގެ އަކުރުތަކަކީ ( އ. ނ. ޢ. ތޯ. ޔ. ކ. ލ. ޥ. ޘ. ރ ) އެވެ. ދެވަނަ އާޔަތުގެ އަކުރުތަކަކީ ( ފ. ޞ. ލ. ރ. ބ. ކ. ޥ. އ. ނ. ޙ ) އެވެ. ތިންވަނަ އާޔަތުގެ އަކުރުތަކަކީ ( އ. ނ. ޝ. ކ. ހ. ވ. ލ. ބ. ތ. ރ ) އެވެ.

ކައުސަރު ސޫރަތުގައި 10 އަކުރެއް އެކުލެވިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ ( ތ. ޢ. ތޯ. ޔ. ޘ. ހ. ޙ. ފ. ޝ. ޞ ) އެވެ. 

މިސޫރަތުގައި އެންމެ ގިނައިން ތަކުރާރު ވެފައިވާ އަކުރަކީ އެންމެ ފުރަތަމަ އަކުރު “ އަލިފް “ އެވެ. އަލިފް ތަކުރާރުވެފައިވަނީވެސް 10 ފަހަރު އެވެ.

މިސޫރަތުގެ އެންމެ ފަހު އަކުރަކީ “ ރ “ އެވެ. މިސޫރަތުގެ ކޮންމެ އާޔަތެއް ނިމެނީ “ ރ “ އަކުންނެވެ.  ހިޖާއީ އަލިފުބާއިން ބަލާނަމަ “ ރ “ އަކީ 10 ވަނަ އަކުރެވެ. ކޮންމެ އާޔަތެއްގެ އެންމެ ފަހު ބަސް ނިމެނީވެސް “ ރ “ އަކުންނެވެ. މި 3 ލަފުޒުގައި އެކުލެވިގެންވަނީ ތަފާތު 10 އަކުރެކެވެ. އެއީ ( އ. ލ. ކ. ޥ. ޘ. ރ. ނ. ޙ. ބ. ތ ) އެވެ.                                                  

މިސޫރަތުގެ ކޮންމެ އާޔަތެއްގެ 2 ވަނަ ލަފުޒު ނިމޭ އަކުރަކީ “ ކ “ އެވެ. މިތިން ލަފުޒުގައިވެސް އެކުލެވިގެން ވަނީ ތަފާތު 10 އަކުރެކެވެ. އެއީ ( އ. ޢ ތޯ. ޔ. ނ. ކ. ލ. ރ. ބ. ޝ ) އެވެ.                 

ހިސާބުގެ އަކުރުން ބަލާއިރު ( ކ ) އަށް ކަނޑައެޅިފައިވާ އަދަދު 10 އަކުން ގުނަކުރީމާ ނިކުންނަ ނަތީޖާއަކީ ( ރ ) އަށް ކަނޑައަޅާފައިވާ އަދަދެވެ.                                             

ކުރިން އިޝާރާތް ކުރެވުނު ފަދައިން ކޮންމެ އާޔަތެއްގެ 2 ވަނަ ލަފުޒާއި އެންމެ ފަހު ލަފުޒުގެ އަކުރުތައް ނުހިމަނައި އެހެންހުރިހާ ލަފުޒުތަކެއްގައި ހިމެނޭ އަކުރު ތަކުގެ ޖުމުލައަކީ ވެސް 10 އެވެ. އެއަކުރު ތަކަކީ :  ( އ. ނ. އ. ފ. ޞ. ލ. އ. ނ. ހ. ޥ ) އެވެ.                                            

މި ސޫރަތުގެ ކޮންމެ އާޔަތެއްގެ 2 ވަނަ ލަފުޒު ނިމެނީ “ ކ “ އަކުންނެވެ. އަދި ކޮންމެ އާޔަތެއްގެ އެންމެ ފަހު ލަފުޒު ނިމެނީ “ ރ “ އަކުންނެވެ.                                            

“ ކ “ ގެ ނިއުމެރިކަލް ވެޅިއު 10 އަކާ ގުނަކުރީމާ ލިބޭނީ “ ރ “ ގެ ނިއުމެރިކަލް ވެލިއު އެވެ. “ ކ “ ގެ ނިއުމެރިކަލް ވެލިއު އަކީ 20 އެވެ. “ ރ “ ގެ ނިއުމެރިކަލް ވެލިއު އަކީ 200 އެވެ.             

“ ރ “ މިއަކުރުން ނިމެނީ ކީރިތި ގުރުއާނުގެ ހަމައެކަނި 10 ސޫރަތެވެ.  “ ރ “ އިން ނިމޭ އެންމެ ކުރުސޫރަތަކީ 10 ވަނަ ސޫރަތެވެ. މި ސޫރަތުން ފެށިގެން ކީރިތި ގުރުއާން ނިމެންދެން “ ރ “ އަކުން ނިމެނީ ހަމައެކަނި 10 ލަފުޒެވެ.                                                      

މުޅި ކީރިތި ގުރުއާނުގައިވެސް 10 ވަނަ އަކުރަކަށް “ ރ “ އިނީ 2 ވަނަ ސޫރަތުގެ 3 ވަނަ އާޔަތުގައެވެ. ކީރިތި ގުރުޢާނުގެ 10 ވަނަ އާޔަތަކީވެސް 2 ވަނަ ސޫރަތުގެ 3 ވަނަ އާޔަތެވެ. މި ސޫރަތުގައި 2 އާޔަތެއް ފެށެނީ “ އިންނަ “ މިލަފުޒުންނެވެ. މާނައަކީ “ ހަމަ ކަށަވަރުން…“ މިއެވެ.                         

މި ލަފުޒު “ އިންނަ “ ކީރިތި ގުރުއާނުގައި އެންމެފުރަތަމަ ފަހަރު  ފެންނާނީ 2 ވަނަ ސޫރަތުގެ 6 ވަނަ އާޔަތުގައެވެ.                                                             

ކީރިތި ގުރުއާނުގައި “ ރ “ އެކުލެވިފައިވާ 10 ވަނަ އާޔަތަކީވެސް 2 ވަނަ ސޫރަތުގެ 6 ވަނަ އާޔަތެވެ. ހަމައެފަދައިން ފުރަތަމަ އަކުރު “ އ “ އެ އާޔަތުގައި 10 ފަހަރު ތަކުރާރު ކުރެވިފައި ވެއެވެ.            

ކީރިތި ގުރުއާނުގައި “ އިންނާ “ މިލަފުޒުން ފެށިފައި ކޮންމެ އާޔަތެއް “ ރ “ އަކުން ނިމޭ އޮންނާނީ އެހެން އެންމެ ސޫރަތެކެވެ. އެއީ 97 ވަނަ ސޫރަތް އަލް-ގަދަރް އެވެ. މި 2 ސޫރަތުގެ ދެމެދުގައި ވަނީ 10 ސޫރަތެވެ.         

97 ވަނަ ސޫރަތުގައި “ ރ “ ހިމެނިފައިވަނީ 10 ފަހަރު އެވެ.                              

97 ވަނަސޫރަތުގެ ފެށޭ ލަފުޒު “ އިންނާ “ އިން ފެށިގެން އެންމެ ކުރު ސޫރަތުގެ ފެށުން “ އިންނާ “ އާ ހަމަޔަށް ކީރިތި ގުރުއާނުގައި “ އިންނާ “  މި ލަފުޒުން ފެށެނީ ހަމައެކަނި 10 އާޔަތެވެ.             

ކީރިތި ގުރުއާނުގެ 97 ވަނަ ސޫރަތުގެ އެންމެ ފަހު އާޔަތުން ފެށިގެން އެންމެ ކުރު ސޫޜަތުގެ ފުރަތަމަ އާޔަތާ “ ރ “ އިން ނިމެނީ ހަމައެކަނި 10 ލަފުޒެވެ.                                      

ކީރިތި ގުރުއާނުގެ 97 ވަނަ ސޫޜަތުގެ ފުރަތަމަ ލަފުޒު ފެށެނީ “ އ “ އަކުންނެވެ. އެ ސޫރަތުގައި “ އ “ އިން ފެށެނީ އެހެން 10 ލަފުޒެވެ.ވިސްނާ ފިކުރުކޮށްފިނަމަ ކޮންފަދަ ބޮޑު ޢަޖައިބެއްތޯއެވެ!

އަޅުގަނޑު ގެ އެދުމަކީ މިތަރުޖަމާ ލިޔުމަށް ދިވެހި ދަންނަބޭކަލުންގެ ކޮމެންޓެއް ލިބުމެވެ. ހަމަ އެހެންމެ މިފަދަ ފްރީ ޕްލެޓްފޯމް ތަކުގައި އިތުރު ޢިލްމީ އަދި ދީނީ ލިޔުންތައް ކިޔުންތެރިންނަށް ގެނެސް ދެއްވުމެވެ. މި ރޯދަމަހުގެ ފުރިހަމަ ސަވާބާއި ބަރަކާތް އަހުރެމެނަށް ލަހަށްޓަވާށެވެ. އާމީން!                                               

Loading

3 Responses

  1. ކީރިތި ގުރުއާނުގެ މިފަދަ މުއުޖިޒާތަތަކާދޭތެރޭ ގިނަގިނައިން ވިސްނާ ފިކުރު ކުރުމުން އެ މާތް ކަލާމްފުޅަށް ލޯބިޖެހުން އިތުރު ވެގެންދާނެއެވެ. މި ލިއުމުގައިވެސް ކީރިތި ގުރުއާނުގެ އެންމެ ކުރު ސޫރަތުގައި ހިސާބު އިލްމުން ބަލާއިރު 10 ގެ ގިނަ ކަންތައްތަކެއް ހިމެނިފައިވާކަން އެވަނީ ހާމަކޮށްފައެވެ. ހަމަކަށަވަރުންވެއް އެއީ އާދައިކަމެއް ނޫންކަން އެނގެއެވެ. އަޅުގަނޑުމެންގެ އިލްމުވެރިން އެކަމަށް އަލިއަޅުވާ ދެއްވާނެ ނަމަ ހާދަ ރަނގަޅޭ ހިތަށް އަރައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް