އިސްރާއީލުގެ ކޯލިޝަން ސަރުކާރު ރޫޅެން ތައްޔާރުވެއްޖެ

Loading

Facebook
Twitter
WhatsApp

ބޮޑުވަޒީރު ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ ތަންކޮޅެއް ލާހިކު ސިޔާސަތެއް ގެންގުޅޭ ކުރީގެ ދިފާއީ ވަޒީރު ބެނީ ގާންޒްއަށް ތާއީދުކުރާ ޕާރލަމެންޓްގެ މެމްބަރުން އެއްފަރާތަކަށް ޖެހިލުމުން ނަތަންޔާހޫއަށް ފިއްތުންތަކާއި ގޮންޖެހުން އިތުރުވެ 5 މަސްދުވަހަށް ދެމިގެންދާ ހަމާސްގެ ހަނގުރާމައިގެ ސަބަބުން ސަރުކާރު ރޫޅިގެންދިއުމުގެ ހެކިތައް އާންމު ވެއްޖެއެވެ.        

ފުރިހަމަ ގޮތުގައި ސަރުކާރު ހިންގުން ނުކުޅެދިފައި އޮންނަތާ ދުވަސްތަކެއް ފާއިތުވެގެން ދިއުމަށްފަހު މިހާރު މި ފެންނަނީ އާންމު އިންތިޚާބު ބޭއްވުމުގެ ތާރީޚުގެ މާކުރިން ސަރުކާރު ރޫޅި އަނެއްކާވެސް އާންމު އިންތިޚާބަކަށް އިސްރާއީލު ތައްޔާރުވާން ޖެހިފައިވާތަނެވެ.                                             
ބޮޑުވަޒީރު ނަތަންޔާހޫގެ ލީކުޑް ޕާޓީން ވަކިވި ކުރީގެ އަދުލު އިންސާފާބެހޭ ވަޒީރު ގިޑޯން ސާރް ވެސް ބެނީ ގާންޒްއާއި ގުޅުމަށްފަހު މިދިޔަ އަންގާރަ ދުވަހު ކުއްލިއަކަށް އިއުލާން ކުރައްވާފައިވަނީ ގާންޒުގެ ޕާޓީވެސް ދޫކޮށް މެދުމިނުގެ ސިޔާސަތަކާއެކު މުޅިން އާ ސިޔާސީ ޕާޓީއެއް ޕާރލަމެންޓުގައި ތަމްސީލުކުރައްވަން ގަސްދުކުރައްވާ ކަމަށެވެ.

ބެނީ ގާންޒް އާއި ގިޑޯން ސާރް ނަތަންޔާހޫއާއި ގުޅުނީ 7 އޮކްޓޯބަރގައި ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާއާއި ގުޅިގެންނެވެ. ހަގީގަތުގައި އިސްރާއީލުގައި ބޭނުން ކުރަމުންގެންދާ ބައިޒެންޓައިން ސިޔާސީ ނިޒާމުގައި އިމަރޖެންސީ ހާލަތެއްގައި ސަރުކާރު ނެގެހެއްޓުމަށް ކޮނޑުވިއްދުމަކީ ސަރުކާރު ހަމަޖެހުމަކަށް އައިސް ހިންދެމިލުން ކަމަކަށް ނުބަލައެވެ. އިސްރާއީލުގެ ހަނގުރާމައާއި ބެހޭ ވަޒީރުންގެ މަޖިލީހުގައިވެސް ގިޑޯން ސާރް ތަމްސީލުކުރަނީ އަމިއްލަ ހައިސިއްޔަތުންނެވެ.

މިހާރު އުފެދިގެން މިއުޅޭ ދެބަސްވުމަކީ އިސްރާއީލުގެ ސިޔާސަތުގައި އާކަމެއްވެސް ނޫނެވެ. މުހައްލިލުން ބުނެފައިވާ ގޮތުގައި ހަމާސްއާއި ދެކޮޅަށް ހިންގަމުންގެންދާ ގަތުލު އާންމު ފެށުމުގެ ކުރިންވެސް ސަރުކާރު އޮތީ ވެއްޓެން ތައްޔާރުވެފައި އޮތް ދަތެއް ފަދައިންނެވެ.

އިސްރާއީލުގައި ދެން ބޮޑުވަޒީރަކަށް ވުމުގެ ފުރުސަތު އެންމެ ބޮޑަށް ތަނަވަސްވެފައިވަނީ ބެނީ ގާންޒް އަށެވެ. ނަތަންޔާހޫގެ ހުއްދަ ނުނަގައި އެމެރިކާއަށާއި ލަންޑަނަށް މިމަހުތެރޭގައި އޭނާ ދަތުރެއް ކުރުމުގެ ސަބަބުން ސަރުކާރަށް އެރި ލޮޅުމުގެ އަސަރުތައް އަދިވެސް ހުރީ ދެންމެ ދެންމެ ގޮވާފާނެއޭ ހީވާ ވަރަކަށެވެ.

ޕާރލަމެންޓުގައި ވާހަކަދައްކަމުން ބެނީ ގާންޒް ބުނެފައިވަނީ އިސްރާއީލުގެ މިހާރުގެ ސަރުކާރަށް ގިނަ ގޮންޖެހުންތަކެއް ދިމާވެފައި ނެތްކަމަކަށް ނުބުނެވޭނެއެވެ. އަދި އެކަމާ އަޅާނުލާ ދޫކޮށްލެވޭކަށްވެސް ނޯންނާނެއެވެ. އަހަރެމެންގެ ވާޖިބަކީ މިގައުމަށް އެންމެ ރަނގަޅުގޮތަކީ ކޮބައިތޯ ބަލައި އެގޮތަކަށް ކަންތައް ފައިސަލާކުރުމެވެ.

މިހާރު ހިނގަމުންދާ ހަނގުރާމަ ނިމުމުން އިންތިޚާބު ބާއްވަން ކަނޑައަޅައި އެމީހަކު މިގައުމަށް ކޮށްދިންކަމަކާއި އަލުން ކޮށްދޭނެ ކަމެއްގެ ވާހަކަ ދައްކައިގެން ރައްޔިތުންގެ ތާއީދު ހޯދަން މަސައްކަތްކުރާނެ ފުރުސަތު ލިބޭނެއެވެ.

މިދިޔަ ބުދަދުވަހު އިސްރާއީލުގެ މަޝްހޫރު ޓީވީ ޗެނަލް 12 އިން ނެގި ”ގޮތް ބެލުމުގެ“ ވޯޓެއްގައި %50 އަށްވުރެން ގިނަ ރައްޔިތުން ބޭނުންވަނީ މިހާރުން މިހާރަށް އާންމު އިންތިޚާބު ބޭއްވުމަށެވެ. ބައެއް ރައްޔިތުން ހަނގުރާމަ ހުއްޓާލެވެންދެން ލަސްކުރަންވެސް ވޯޓުލާފައި ވެއެވެ. މި ވޯޓުގައިވެސް ބެނީ ގާންޒުގެ ޕާރޓީން ވަނީ ބޮޑުތަނުން ކުރި ހޯދާފައެވެ. އަދި ޝަޚްސީ ގޮތުން ނަތަންޔާހޫއަށްވުރެ ބެނީ ގާންޒް އުޅެނީ 12 ޕޮއިންޓް ކުރީގައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް