ކަންތައް ނުކުރެވޭހާ މުސްކުޅިއެއް އަދި ނުވޭ: ރައީސް ބައިޑަން

Loading

Facebook
Twitter
WhatsApp

މިއަހަރުގެ ރިޔާސީ ބަޔާނަށްފަހު ރައީސް ބައިޑަންގެ ކޭމްޕެއިނުން އެމެރިކާގެ ރައީސް ކަމުގައި 81 އަހަރުގެ އުމުރުފުޅުގައި ވެސް ހާސިލު ކުރެވުނު ލަނޑުދަނޑިތަކުގެ މައުލޫމާތު އެކުލެވޭ އިޝްތިހާރެއް އާންމުކޮށްފިއެވެ.    

އިޝްތިހާރުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ރިޕޯޓަރަކު ދެންނެވި ސުވާލަކަށް ސަމާސާކުރައްވައި ޖަވާބު ދެއްވިއެވެ.

”އަހަރެންނަކީ އަދިވެސް ހަމަ ކަށި ނޫ ޒުވާނަކީމެވެ. ހަށިގަނޑުގައި ހަކަތަ އާއި ބާރުވެސްހުރި ވަރަށް ރީތި މީހަކީމެވެ.“                                                   

30 މިލިއަން ޑޮލަރުގެ އަގަކަށް ގަނެފައިވާ 60 ސިކުންތުގެ އިޝްތިހާރު މި ހަފުތާގެ ކެމްޕޭނުގައި ބޭނުންކުރަން ފަށާނެއެވެ. އަދި މީޑިއާތަކުގައި ވެސް އެ އިޝްތިހާރު ބޭނުންކުރަން ފަށާނެއެވެ.                          

މުހިންމު ސްޓޭޓް ތަކުގެ ބަންޑާރަ ޓީވީ ޗެނަލްތަކާއި އަދި ބްރޯޑްކާސްޓް ކުރާ ސްޓޭޝަންތަކުންވެސް ބޭނުން ކުރަން ފަށާނެއެވެ. ޚާއްސަ ގޮތެއްގައި އެރިޒޯނާއާއި މިޝިގަންއާއި އުތުރު ކެރޯލީނާއާއި ޖޯރޖިއާ ނެވާޑާ ހިމެނެއެވެ. އޭގެ އިތުރުން ކަޅުނަސްލުތަކުގެ ޒުވާން ޖީލަށް އަމާޒުކޮށް އެޓްލާންޓާއާއި ޑެޓްރޮއިޓް އާއި ލަސް ވެގާސް އާއި ފީނިކްސް ފަދަ ޝަހަރުތަކުގައި ވެސް ބޭނުންކުރަން ފަށާނެއެވެ.

އިޝްތިހާރުގެ މައިގަނޑު ބޭނުމަކީ މީގެ ކުޑަދުވަސްކޮޅެއް ކުރިން އެންބީސީއިން ނެގި ޕޮޕިއުލަރިޓީ ވޯޓެއްގައި ވޯޓުގައި ބައިވެރިވީ މީހުންގެ %62 ދެކޭގޮތުގައި 81 އަހަރުފުޅުގެ ރައީސް ބައިޑަން އާއި 77 އަހަރުފުޅުގެ ކުރީގެ ރައީސް ޓްރަމްޕަކީ ރައީސްއަކަށްވުމަށް މާބޮޑަށް މުސްކުޅިފުޅު ބޭފުޅުންކަން ހާމަވެގެން ދިއުމުގެ ސަބަބުން އެ ވޯޓަށް ރައްދު ދިނުންކަމުގައި ބެލެވެއެވެ.

ރައީސް ބައިޑަންގެ އިންތިޚާބާ ބެހޭ ކޮމިއުނިކޭޝަން ޑިރެކްޓަރ ސުވާލުކުރައްވަނީ ރައީސް ބައިޑަންގެ އުމުރަކާ އަޅާގަނެގެން މިއުޅޭ ސަބަބަކީ ކޮބައިހެއްޔެވެ؟ 77 އަހަރުގެ އުމުރުފުޅުގައި ޑޮނާލްޑް ޓްރަމްޕް ބަލިކުރެއްވި ދުވަސް ހަނދާން ނެތުނީހެއްޔެވެ؟ 78 އަހަރުގެ އުމުރުފުޅުގައި މެދުވެރިވި ކޯވިޑްގެ ބަލިމަޑުކަމުން އެމެރިކާ ހިންދެމިލިގޮތް އެއޮތީ ހާމައަށް ފެންނާށެވެ. ރައީސް ކަމުގެ މަގާމަށް ވަޑައިގަތުމަށްފަހު މިއަދާ ހަމަޔަށް 15 މިލިއަން އިތުރު ވަޒީފާގެ ފުރުސަތު އެއޮތީ ކަށަވަރު ކޮށްދީފައެވެ. މަގުތަކާއި މުހިންމު އިންފްރާސްޓްރަކްޗަރ ތަކަށް ހެޔޮ ބަދަލުތަކެއް ގެނެސް މުޅި ގައުމުގެ ކަންކޮޅުތަކަށް ބްރޯޑްބޭންޑް އިންޓަރނެޓްގެ ޚިދުމަތް ތަޢާރަފު ކޮށްދީފިއެވެ.

އުރުން 79 އަހަރުފުޅުގައި ބަޑިގެންގުޅުމާބެހޭ ގާނޫނެއް އެއޮތީ ވުޖޫދަށް ނެރެފައެވެ. އަދ ގައުމުގެ އިސް ރަށްވެހިންގެ ތެރޭގައި ބޭނުންޖެހިފައިވާ މީހުންނަށް ހަމައެކަނި 35 ޑޮލަރުގެ އަގަކަށް އިންސޫލިން ލިބޭނެ އިންތިޒާމުވެސް އެއޮތީ ހަމަޖައްސާފައެވެ.

ޮރައީސް ބައިޑަން ވިދާޅުވެފައިވަނީ އުމުރުން 81 އަހަރުފުޅުގައި ވެސް ކަންތައް ކުރަންޖެހޭގޮތް ރަނގަޅަށް އެނގި ވަޑައިގަންނަވާކަމަށެވެ. އެމެރިކާގެ ރައްޔިތުން ބޭނުންވާ ކަންތައްތައް އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ކޯވިޑްގެ ބަލިމަޑުކަން ފެތުރިގެންދިޔަ ދުވަސްވަރު އަހަރެންގެ ވެރިކަމުގައި އެމެރިކާއިން ހާސިލުކުރި ކާމިޔާބީތައް އެހުރީ ހާމަޔަށް ފެންނާށެވެ. މިއަދު އެމެރިކާއަކީ މުޅިދުނިޔޭގެ އެއްވަނަ އިގްތިސާދެވެ.                  

އިޝްތިހާރުގެ ވީޑިއޯ ނިންމާލައްވަމުން ރައީސް ބައިޑަން ވިދާޅުވެފައިވަނީ “ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހީފުޅުކުރައްވަނީ އެމެރިކާގެ ރައީސަކީ އެމަނިކުފާނު ފައި ދޮއްވަން ބަހައްޓާފައި ހުންނަ މީހެއް ކަމަށެވެ. އެކަމަކު އަހަރެންނަކީ އެމެރިކާގެ ރައްޔިތުންނަށް ޚިދުމަތްކޮށްދޭން ހުންނަ މީހެއްކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ.“ 

Loading

One Response

  1. އިންތިޚާބީ ފޯރީގައި މިކަލޭގެ އަދިވެސް އުޅެނީ ހަމަ ގަދަކޮށް. ދެން އެހުރީ ބަލާބެލުމަށްވެސް ކޮމެޑީއެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް