އިޒްރޭލަށް ޖާސޫސް ކޮށްދިންކަމުގެ ތުހުމަތުގައި ތުރުކީއިން 7 މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

އިޒްރޭލުގެ ޖާސޫސްކުރާ އިދާރާ، މޮސްއަދަށް ޖާސޫސްކޮށްދިންކަމަށް ބެލެވޭ ހަތް މީހަކު ތުރުކީގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

އިސްތާންބުލްގެ އެކި ސަރަހައްދުތަކުގައި އެއްފަހަރައި ހިންގި ރެއިޑްތަކެއްގައި އަންގާރަދުވަހު ހަތްމީހުން ހައްޔަރުކޮށްފައިވާކަން ތުރުކީގެ އިންޓީރިއަރ މިނިސްޓަރ، އަލޯ ޔަރލިކަޔާ އެކްސްގައި ވަނީ ކަށަވަރުކޮށްދީފައެވެ.

ހައްޔރުކުރި ފަރާތްތަކުގެ މައްޗަށް އުފުލާފައިވަނީ ތުރުކީގައި ތިބި ވަކި ވަކި ފަރުދުންނާއި ކުންފުނިތަކާއި ބެހޭ މައުލޫމާތު އެއްކޮށް އިޒްރޭލުގެ އިންޓެލިޖެން ވުޒާރާއަށް ވިއްކާފައިވަަކަމުގެ ދައުވާއެވެ. އެގޮތުން، މި ރެއިޑްތައް ހިންގާފައިވަނީ ތުރުކީގެ ގައުމީ އިންޓެލިޖެންސް އޯގަނައިޒޭޝަން (އެމްއައިޓީ) އާއި ގުޅިގެންކަމަށް ޔަރލިކަޔާ ވަނީ ބުނެފައެވެ.

“ތުރުކީގެ ބޯޑަރުތެރޭގައި ޖާސޫސީ މަސައްކަތްކުރުމުގެ ފުރުސަތެއް ނޯންނާނެ. އެކަންކުރާ އެންމެން، ފަހަރަކު މީހަކުކަމަށް އިންސާފުގެ ކުރިމައްޗަށް ގެންނާނަން.” ތުރުކީގެ އިންޓެލިޖެންސުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް