ރަމަޟާން މަހާ ދިމާކޮށް ތުރުކީގައި އާދައިގެ މަތިން “މަހްޔާސް” ފަށައިފި

Loading

Facebook
Twitter
WhatsApp

ތުރޫކީގައި ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ކުރާ “މަހްޔާސް’ ގެ ކަންކަން ފަށައިފިއެވެ.

‘މަހްޔާ’ އަކީ ތުރުކީގެ ޘަގާފީ ފަންނުވެރި ކުރެހުންތެރިކަމުގެ ވައްތަރަކަށް ކިޔާ ނަމެކެވެ. އެގޮތުން، ރަމަޟާން މަހާއި ދިމާކޮށް މިސްކިތްތަކުގެ މުންނާރުތަކުގެ ދޭތެރޭގައި ތަފާތު މެސެޖުތައް ލިޔެގެން މިކަން ކުރާއިރު، މި މެސެޖުތައް ލިޔުމަށް އާންމުކޮށް ބޭނުންކުރަނީ ކުދި ބޮކިފައްޗެވެ. މިގޮތުން، ބޮކިފަތިތައް އެކި ގޮތްގޮތަޑް އަތުރައިގެން ދީނީ ކަލިމަތަކާއި، ބަސްތަކާއި، ދުޢާތަކާއި، ސުލްހައާއި އަމާންކަމާއި އެއްބައިވަންތަކަމުގެ ތަފާތު މެސެޖުތައް ލިޔެ އުޅެއެވެ.

1619 ވަނަ އަހަރު، ސުލްތާން އަހްމެތް (އެކެއް) ގެ އުޘްމާނީ ވެރިކަމުގެ ދުވަސްވަރު ރަމަޟާން މަހާއި ދިމާކޮށް ބްލޫ މޮސްކްގައި ފެށި މި މަސައްކަތް، އާދަކާދައިގެ ތެރޭގައި ހިމެނިގެންގޮސް، އޭގެ ފަހުން އައި ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށްވެސް ތުރުކީއިން އަންނަނީ ފާހަގަކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް