ރާއްޖޭ ކަނޑުގައި މަސްވެރިކަންކުރި އިންޑިއާގެ ބޯޓެއް އަތުލައިގަނެފި

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖޭގެ ހާއްސަ އިގްތިޞާދީ ސަރަހައްދު، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒީ) އިން މަސްވެރިކަން ކުރި އިންޑިއާގެ މަސްވެރިކަންކުރާ ދޯންޏެއް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަތުލައިގަނެފިއެވެ.

މި ދޯނި ހިފަހައްޓާފައިވަނީ ހޮނިހިރު ދުވަހު، ރާއްޖޭގެ އުތުރުން ހއ. ކެލާގެ އިރުމައްޗާސް ވާގޮތައް އޮންނަ ސަރަހައްދަކުންނެވެ. ދޯނި އަތުލައިގަތް އިރު އޮތީ ރާއްޖޭގެ އީއީޒީގެ 13 މޭލު އެތެރޭގައެވެ.

މި ދޯނު ހިފެހެއްޓުމާއެކު، މިހާރުވެސް ހޫނުފެނުގައި އޮތް ދިވެހިރާއްޖެ އަދި އިންޑިއާގެ ގުޅުން އިތުރަށް ގޯސްވެގެން ހިނގައިދާނެކަމަށް ގަބޫލުކުރެވެއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު ބައިނަލްއަގްވާމީ މަސްރަހުގައާއި ދާޚިލީ ކަންކަމުގައި ދިވެހިރާއްޖެ ގެންގުޅެމުން އަންނަނީ ‘ޕްރޯ-ޗައިނާ’ ވިސްނުމެކެވެ.

އިންޑިއާ ސަރުކާރުން ދިވެހިރާއްޖޭގައި ބަހައްޓާފައިވާ ރާޑަރު ސްޓޭޝަންތަކާއި، ސަރވެލެންސް އެއަރކްރާފްޓްތައް ބެލެހެއްޓުމަށް 90 އަށްވުރެ ގިނަ އިންޑިއާ ސިފައިން ހާއްސަ ކުރެވިފައިވާ އިރު، ދިވެހިރާއްޖޭގެ އީއީޒެޑް ޕެޓްރޯލްކުރުމަށް އިންޑިއާގެ ހަނގުރާމަމަތީ އުޅަނދުތައް ޚާއްސަކުރެވިފައިވެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށް އެގައުމުގެ ސަރުކާރަށް މުހުލަތު ދިނުމުން، ސިފައިންގެ ބަދަލުގައި އާންމުން ފޮނުވުމަށް އިންޑިއާއިން ވަނީ އެއްބަސްވެފައެވެ. އަދި މިގޮތުން ގެންނަ ފަރާތްތަކަކީ އާންމުންކަމަށް ދައްކައިގެން އެތެރެވާ އަސްކަރީ ސިފައިން ނޫންކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތެވެ.

Loading

One Response

  1. އިންޑިޔާއެއް ނޫން އެއްވެސް ގައުމެއްގެ ސިފައިން ވިޔަސް ސިވިލިއަނުން ވިޔަސް އެގޮތަށް ނުބޭތިއްބޭނެ….ކަން ނުކުރެވެންޏާ ވެރިކަމުން ފައިބާ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް