ޔޫކްރެއިނުން ދުވާލަކު ރަޝިޔާގެ އެއްހާސް ހަމަލާއާއި ކުރިމަތިލާންޖެހޭ

Loading

Facebook
Twitter
WhatsApp

ބިޒްނަސް އިންސައިޑަރގެ އާލިޔާ ޝުޢައިބު އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާއަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތު މީޑިއާއަށް ހިއްސާކުރަމުން ބުނެފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވްރެޖްގޮތެއްގައި ރަޝިޔާއިން ޔޫކްރެއިނަށް ދުވާލަކު 1000 ފަހަރު ހަލާކުކުރަނިވި ހަމަލާދީފައި ވާކަމަށެވެ.

ހަލާކުކުރަނިވި ހަމަލާ ކަމުގައި ބުނެފައިއެވަނީ އެ ހަމަލާތަކުގައި ސިފައިން މަރުވި ނުވަތަ ޒަޚަމްވެފައިވާ އަދަދަށް ބިނާކޮށެވެ.

ރަޝިޔާއިން ގެންގުޅޭ ހަނގުރާމައިގެ އުސޫލުތަކަކީ މަރުވާ މީހުންގެ ނިސްބަތުން ވަރަށް އަގުބޮޑު އެކަމަކު ޔޫކްރެއިނަށް އިންތިހާއަށް ނުރައްކާތެރި އުސޫލުތަކެއް ކަމަށްވެސް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.          

އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާގެ އިންޓެލިޖެންސް ރިޕޯޓުގައިވާ ގޮތުން މިދިޔަ ފެބްރުއަރީ މަހު އެވްރެޖްކޮށް ދުވާލަކު 983 ޔޫކްރެއިންގެ ހަމަލާއާއި ރަޝިޔާއިންވެސް ކުރިމަތިލާން ޖެހުނެވެ. މިއީ ހަނގުރާމަ ފެށުނީއްސުރެން އެންމެ ގިނަ ހަމަލާ ދެވުނު މަސް ކަމަށް ވެސް ބުނެފައިވެއެވެ.             

ފަހަކަށް އައިސް އެންމެ ގަދަޔަށް ހަނގުރާމަ ހިނގަމުންދިޔަ ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުގައި އޮންނަ ޑޮނެސްކްގެ އުތުރު ފަރާތުން އެވްޑީވްކާ ޝަހަރު ރަޝިޔާގެ ބާރުގެ ދަށަށް ގެނެވުނީ ވެސް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ޝަހަރު ރަޝިޔާއިން ފަތަހަ ކުރުމުގައު ބޭނުންކުރި އުކުޅަކީ ޔޫކްރެއިންގެ ސިފައިންނަށް ހިފަހައްޓާ ނުލެވޭ ވަރަށް ގިނަ އަދަދެއްގެ ސިފައިން އެއްގަމު މަގުން އަރައިގަތުމެވެ.

ޮޔޫކްރެއިންގެ ކޮމާންޑަރަކު ބުނެފައިވަނީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ރަޝިޔާގެ ހަތްދިހަ ސިފައިން މަރުވަމުންދިޔައިރު އަނެއްދުވަހު އެއަށްވުރެން ގިނަ ސިފައިން އަންނަކަމަށެވެ. ހަމަލާތައް ދިޔައީ މެދުނުކެނޑިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ޔޫކްރެއިންގެ ސިފައިން އެ ސަރަހައްދު ދޫކޮށްފައި ދާން ޖެހުމެވެ.             

ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ ރަޝިޔާއިން ސިފައިން މަރުވެގެންދިއުމާ ދޭތެރޭ ރަޝިޔާއިން ކަންބޮޑުނުވާ ކަމަށެވެ.                      

އިނގިރޭސި ދިފާއީ ވުޒާރާއިން ބުނަނީ މިހަނގުރާމައިގާ މިހާތަނަށް ރަޝިޔާގެ 335000 ސިފައިން މަރުވެ ނުވަތަ ޒަޚަމް ވެފައިވާ ކަމަށެވެ. ޔޫކްރެއިނުން މަރުވި މީހުން ނުވަތަ ޒަޚަމްވީ މީހުންގެ އަދަދު ހާމައެއް ނުކުރެއެވެ.

ޔޫކްރެއިންގެ ސިފައިންގެ ތެރެއަށް ވަންނާނެ މީހުން ނުލިބިގެން އުޅޭޢިރު ރަޝިޔާއިން މިހާރު އޮތި ސިފައިންގެ ޚިދުމަތަށް ވަނުމުގެ އުމުރު 30 އަހަރަށް މަތިކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް