ރަމަޟާން މަހުގައި މިސްކިތްތަކުގައި ރޯދަވީއްލުން ސައުދީ ސަރުކާރުން މަނާކޮށްފި

Loading

Facebook
Twitter
WhatsApp

މިސްކިތްތަކުގެ ސާފުތާހިރުކަމަށް އަސަރުކުރާކަމަށްބުނެ ރަމަޟާން މަހުގެ ތެރޭގައި މިސްކިތްތަކުގެ ތެރޭގައި ރޯދަވީއްލުން ސައުދީ އަރަބިއާ ސަރުކާރުން މަނާކޮށްފިއެވެ.

ސައުދީ އަރަބިއާގެ އިސްލާމިކް މިނިސްޓްރީއިން ނިމިދިޔަ ހަފްތާގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ މިސްކިތުގެ ސާފުތާހިރުކަން ދެމެހެއްޓުމުގެ ގޮތުން މިސްކިތްތަކުގެ އެތެރޭގައި ރޯދަވީއްލުމުގެ ކަންކަން ކޮށްގެން ނުވާނެކަމަށެވެ.

އެގޮތުން، މިސްކިތްތަކުގެ އިމާމުންނާއި މިސްކިތް ބަލަހަށްޓާ ފަރާތްތަކުން މިސްކިތުގެ ބޭރު ގޯތި ތެރޭގައި ރޯދަވީއްލުމުގެ ކަންކަން އިންތިޒާމުކުރުމަށް އަންގައި އެ ވުޒާރާއިން ބުނީ، ރޯދަ ވީއްލުމުގެ ބޭނުމުގައި ހާއްސަ ކޮޓަރިތަކާއި، ޓެންޓުތައް ޖަހައިގެން ނުވާނެކަމަށެވެ.

މީގެއިތުރުން، ރޯދަވީއްލުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި މިސްކިތުގެ އިމާމުންނާއި މިސްކިތް ބަލަހައްޓާ ފަރާތްތަކުން ފައިސާ ނަގައިގެން ނުވާނެކަމަށްވެސް ސައުދީ އަރަބިއާގެ އިސްލާމިކް މިނިސްޓްރީއިން ވަނީ އަންގާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް