އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ގަތުލު އާންމުގެ ހަމަލާތައް އުސޫލެއްގެ ގޮތުން 6 ހަފުތާގެ މުއްދަތަށް މެދުކަނޑައިލަން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ އިސް އޮފިޝަލުންނާ ހަވާލާ ސީއެންއެން އިން މިއަދު ހެދުނު ރިޕޯޓުކޮށްފިއެވެ.
އެމެރިކާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި ދެން ކަންތައް ކުރަންވީ ގޮތަކާ ދޭތެރޭ މަޝްވަރާކޮށް ގޮތެއް ނިންމާނީއެވެ.
މި ހަފުތާގެ ކުރީކޮޅު ރައީސް ބައިޑަން ވިދާޅުވެފައިވަނީ މާދަމާ ( ހޯމަދުވަހު ) ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލެވޭނެ ކަމަށެވެ.
އެހެންނަމަވެސް މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައިވަނީ ”އަހަރެންނަށް ހީވަނީ ހޯމަދުވަހު ހަނގުރާމަ ހުއްޓާލެވޭނެ ކަމަށެވެ. އެކަމަކު އަދި އެކަންވާގޮތެއް ނުވެއެވެ. އަދި އެކަން ހަމަނުޖެހިވެސް ހިނގައިދާނެއެވެ. “ މިއީ އެމެރިކާގެ ރައީސަކު ވިދާޅުވާ ކަހަލަ ވާހަކައެއް ނޫނެވެ.
ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ދުވަސްވަރު ރަހީނުންގެ ތެރޭގައި ހިމެނޭ ޒަޚަމްވެފައި ތިބި މީހުންނާއި މުސްކުޅިންނާއި އަންހެނުންނާއި އަދި ނުކުޅެދޭ ހާލަތުގައި ތިބި މީހުން މިނިވަން ކުރުމާއި ގައްޒާއަށް ބޭނުންވާ އިންސާނީ އެހީ އިތުރު ކުރުން ހިމެނެއެވެ. އިސްރާއީލުން އުސޫލެއްގެ ގޮތުން މި ކަންތައްތަކަށް މިހާރު ވަނީ އެއްބަސްވެފައެވެ.
އެމެރިކާގެ އޮފިޝަލް ވިދާޅުވި ގޮތުގައި މިހާރު މަޑުކުރަމެން ގެންދަނީ ރަހީނުން މިނިވަންކުރުމާ ބެހޭ ގޮތުން ހަމާސްއިން ބުނާ އެއްޗަކަށެވެ.
ރޯދަމަހަށް ވަރަށް ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު ރޯދަމަހަށް ހަނގުރާމަ ހުއްޓާލުމާ ބެހޭ ވާހަކަތައް ކުރިޔަށްދަނީ ބިނާކުރުވަނިވި ގޮތެއްގައި ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.
މިދިޔަ ހުކުރުދުވަހު ރައީސް ބައިޑަން ވަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ވެސް ގޮވާލާފައެވެ. އިޓަލީގެ ބޮޑުވަޒީރާއެކު ވައިޓްހައުސްގައި ރައީސް ބައިޑަން ބޭއްވި ބައްދަލުވުމުގައި ވިދާޅުވެފައިވަނީ އަހަރެމެން މި މަސައްކަތްކުރަނީ ހަ ހަފްތާގެ މުއްދަތަކަށް ހަނގުރާމަ ހުއްޓުވާފައި ރަހީނުން މިނިވަންކޮށް އަދި ގައްޒާއަށް ބޭނުންވާ އިންސާނީ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދެވޭތޯއެވެ.
އެމެރިކާގެ އޮފިޝަލުންގެ ވާހަކައިގައި އިތުރަށް ބުނެފައިވަނީ އިސްރާއީލުގެ ހަމަލާތަކުގައި މަރުވަމުންދާ މީހުންނާއި އަދި އިންސާނީ އެހީ ގައްޒާއަށް ވަނުމަށް އިސްރާއީލުން ހުރަސް އަޅާކަމަށް ބުނެ ޕެރިސް އާއި ގަތަރުގައި ބޭއްވި މަޝްވަރާތައް ރޭލު ދަގަނޑުން ކައްސާލާފައިވާކަމަށް ދެކެވޭ ވާހަކަ ތަކަކީ ދޮގެއް ކަމަށެވެ. އެމެރިކާއާއި މިސްރާއި އިސްރާއީލުން ވެސް އެ މަޝްވަރާތަކުގައި ވަނީ ބައިވެރި ވެފައެވެ. މި ހަފުތާގައި ނައިބު ރައީސް ކަމަލާ ހަރިސް އިސްރާއީލުގެ ހަނގުރާމައާބެހޭ ކެބިނެޓްގެ ވަޒީރު ބެނީ ގާންޒް އާއި ބައްދަލު ކުރައްވައި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ބާރު އަޅުއްވާނެއެވެ. އަދި ވަގުތީގޮތުން ހަނގުރާމަ ހުއްޓާލެވިފައި އޮންނަ ދުވަސްވަރު ރަހީނުން ސަލާމަތްކުރުމާއި އެމެރިކާއިން ކަނޑުގެ މަގުންނާއި ވައިގެ މަގުން ގައްޒާއަށް ބޭނުންވާ ގިނަ އެހީތަކެއް ފޯރުކޮށްދޭން ރާވަމުންގެންދާކަން އެކަމަނާ ހާމަކުރައްވާނެއެވެ.
އެކަމަނާއާއެކު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސުލިވާންވެސް އިސްރާއީލުގެ ވަޒީރާއި ބައްދަލު ކުރައްވާނެއެވެ.
ކުރިން ބުނެވިދިޔަ މަޝްވަރާތަކުގައި ވާހަކަ ދެކެވުނު ކަންކަމަށް އަމަލުކުރުމުގެ ނަތީޖާ މިހާރު ފެންނަ ފެނުމުގައި ރަނގަޅު ނުވާނެކަމަށް ހަމާސްއިންވަނީ އިންޒާރު ދީފައެވެ.
ހަނގުރާމަ ހުއްޓުވަން ބައިނަލްއަގްވާމީ ގޮތުންވެސް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެ މަޝްވަރާތައް ގާހިރާގައި ބޭއްވޭއިރު އެމެރިކާއާއި މިސްރާއި ހަމާސްއާއި ގަތަރާއި އަދި އިސްރާއީލުންވެސް ބައިވެރިވާނެކަމަށް އުންމީދުކުރެއެވެ. އެހެންނަމަވެސް ގަތަރުން ބައިވެރި ވާނެކަން އަދި މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި މަޝްވަރާތަކުގައި ހަމާސްއާއި އިސްރާއީލުން ބައިވެރިވާނީ އެކަކު އަނެކަކަށް ނުފެނި ދެ ކޮޓަރިއެއްގައެވެ. ޕެރިސްގެ މަޝްވަރާތަކާ ބެހޭގޮތުން އިސްރާއީލުން ގެންދަނީ ރަހީނުންގެ ވަނަވަރުތަކާއި މަރުވި މީހުންނާއި ޒަޚަމްވެފައި ތިބި މީހުންގެ ތަފްސީލު ދިނުމަށް ހަމާސްގައި އެދެމުންނެވެ. އެކަމަކު ހަމާސް މިހާތަނަށް ވަކި ޖަވާބެއް ނުދެއެވެ.
އެމެރިކާއިން މިހާރު ގެންދަނީ ޖޯޑަންއާ ގުޅިގެން ހަމާސްއަށް ވައިގެ މަގުން އެހީ ފޯރުކޮށްދެމުންނެވެ. ރައީސް ބައިޑަން މިކަމާ ގުޅިގެން ވިދާޅުވެފައިވަނީ މިހާރު ފޯރުކޮށްދެވޭ އެހީ ވަރަށް މަދު ކަމަށާއި ހުޅުވިފައިވާ އެހެން މަގުތަކުން އިތުރު އެހީތައް ފޯރުކޮށްދެމުން ގެންދާނެކަމަށެވެ.
މިއަދު ވައިގެމަގުން ފޯރުކޮށްދިން 66 އެހީގެ ޝިޕްމަންޓުގައި ބޭހާއި ފެން ނުހިމެނެއެވެ. އޭގެތެރޭގައި ހިމެނެނީ ބޯހިޔާވަހިކަމަށް ބޭނުންވާ ތަކެއްޗާއި ކާނާއެވެ. އެސޯޝިއޭޓެޑް ޕްރެސް އިން ބުނެފައިވާގޮތުގައި 38000 ޕެކެޓް މީލްސް ވައިގެ މަގުން ފޯރުކޮށްދެވުނެވެ.
2 Responses
ބައިޑަން ކައިރީގައި ބުނެ ކަލޭ އިސްރާއީލައް އެ ހުރިހާ ބޮންތަކައި މިސައިލް ހިލޭ ނުދެށެ އޭރުން ފަލަސްތީނުގެ މީހުނެއް ނަތަންޔާހު އަކަށް ނުމެރެނެއެވެ. އެމެރިކާގެ އަނިޔާވެރި ކަން
ލިއުމުގެ ހަތަރުވަނަ ޕެރެގްރާފު ނިންމާލާފައި އެވަނީ ހަޣީގަތެވެ. އެމެރިކާއަކަށް އިސްރާއީލަށް އަމުރެއް ނުކުރެވޭޭނެއެވެ. އެމެރިކާގެ ބާރު ކެނޑުނު ދުވަހަކުން އިސްރާއީލުގެ ބާރުވެސް ކެނޑިގެންދާނެއެވެ. އޭގެ މިސާލަކަށްދާނަމަ ބުނަންޖެހެނީ ބަލިމީހަކާއި އޮކްސިޖަން މެޝިނެކެވެ. އޮކްސިޖަން ނައްޓާލައިފިއްޔާ ބަލިމީހާ މަރުވެދާނެއެވެ. އެކަމަކު އޭގެފަހުން އޮކްސިޖަން މެޝިންގެ ބޭނުންވެސް ނެތުނީއެވެ.