އެމްޕީއެލްގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން ތިން މުވައްޒަފަކު ޢުމްރާގެ އަޅުކަމަށް ފޮނުވަނީ

Loading

Facebook
Twitter
WhatsApp

އެމްޕީއެލްގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން މި އަހަރު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް ޢުމްރާ ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އަހަރު މި ކުންފުނީގެ ހަރަދުގައި ޢުމްރާ އަށް ދިއުމުގެ ފުރުސަތު ލިބުނު ތިން މުވައްޒަފުންނާ ލިޔުން ހަވާލުކޮށްދެއްވީ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ.

މި އަހަރު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ ފަޞީލް މުޙައްމަދާއި ޙާމިދު މުޙައްމަދާއި ޢަމީޒާ ޢަލީއެވެ.

އެމްޕީއެލްގެ ޙައްޖާއި ޢުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް 3 މުވައްޒަފުން ޢުމްރާގެ އަޅުކަން އަދާކުރުމަށް އަދި ފަސް މުވައްޒަފުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުންފުނީގެ ޚަރަދުގައި ފޮނުވައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް