ބ.މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފި

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ބ.މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފިއެވެ.

މިގޮތަށް ކަނޑައަޅުއްވަން ގަރާރުގައި ސޮއިކުރައްވާފައި ވަނީ އޭދަފުށީ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ބ.އަތޮޅު ކައުންސިލުގެ އިދާރާގައި ބޭއްވި ބައްދަލުކުރެއްވުން ފެށްޓެވުމުގެ ކުރިންނެވެ.

އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އޭދަފުށީގައި އިތުރަށް ބިން ހިއްކެން ނެތްކަމަށާއި ބިމުގެ މައްސަލައަށް އޮތް ހައްލަކީ އިތުރު ރަށެއް ހޯދުން ކަމަށެވެ.

އެހެންކަމުން އޭދަފުށީގެ ބައެއްގެ ގޮތުގައި އެ ރަށް ކައިރީގައި އޮންނަ މާއްޑޫ ހަމަޖައްސާފައިވާ ކަމަށާއި އަދި މި ހަފުތާތެރޭގައި އެކަމުގެ ލިޔެކިޔުން ކައުންސިލާ ހަވާލު ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އޭދަފުށީ ކައުންސިލާ އ.ތ.މ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އޭދަފުށީގައި ހައުސިންގ މަޝްރޫއެއް އަވަހަށް ފެށުމާއި ބ.އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ރަށަށް ކަރަންޓް ދިނުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި ކައުންސިލުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ބޭނުންވުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ސަމާލުކަންދެއްވައިގެން މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް