އިންޑިއާގެ ކަނޑުގެ ސިފައިންގެ ތަދުބީރީ ބޭސްއެއް ރާއްޖެ ކައިރީގައި ހުޅުވަނީ

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރައި ގައުމަށް ގެންދިޔުމަށް ހަމަޖެހިފައިވާ ވަގުތު ކުޑަތަން ވެފައިވާއިރު، ދިވެހިރާއްޖެއާއި ގާތުގައި އޮންނަ ރަށްތަކުގައި އިންޑިއާ ކަނޑުގެ ސިފައިންގެ “ސްޓްރެޓީޖިކް” ބޭސްތަކެއް ހުޅުވުމަށް ތައްޔާރުވެފައިވާކަން ހާމަކޮށްފިއެވެ.

އިންޑިއާ ކަނޑުގެ ސިފައިން ބުނެފައިވާ ގޮތުގައި މާރޗް 6 ވަނަ ދުވަހު އިންޑިއާގެ ލަކްޝްވަދީބުގައި ހުޅުވުމަށް ހަމަޖެހިފައިވާ ބޭސްއާއެކު ވަކިން އޮންނަ ކުޑަ ސަރަހައްދެއް “މިނިވަން ނޭވަލް ޔުނިޓް” އަކަށް ބަދަލުކުރެވިގެން ދާނެއެވެ.

އިންޑިއާގެ ލަކްޝަދީބަކީ ދިވެހިރާއްޖޭގެ އުތުރުން 130 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. އަދި އިންޑިއާއިން ތައްޔާރުކުރާ ނޭވަލް ޔުނިޓް ހެދުމަށް ހަމަޖެހިފައިވަނީ އެރަށުގެ ދިވެހިރާއްޖެއާއި އެންމެ ކައިރި ހިސާބުގައެވެ.

ލަކްޝަދީބުގެ ކަވަރަޓީ ނަމަކަށް ކިޔާ ރަށެއްގައި މިހާރުވެސް އިންޑިއާ ކަނޑުގެ ސިފައިންގެ ބޭސްއެއް އޮވެއެވެ. ނަމަވެސް އިންޑިއާއިން ހުޅުވަން ތައްޔާރުވެފައިވާ އައު ބޭސްއަކީ އެއަށްވުރެ 258 ކިލޯމީޓަރު ދިވެހިރާއްޖެއާއި ކައިރީގައި އަޅާ ބޭސްއެކެވެ.

އިންޑިއާގެ އަމަލުތަކުން ފެންނަ ގޮތުގައި އިންޑިއާ ކަނޑުގައި އޮންނާތީ ދިވެހިރާއްޖެއަކީ އިންޑިއާގެ ބާރުހިނގާ އެމީހުންގެ އަމިއްލަ ތަނެއްކަމަށް އިންޑިއާއަށް ހީވާކަހަލައެވެ. އަދި ސުލްހަވެރިކަމާއެކު ގޮތްދޫކުރުމުގެ އެއްވެސް ޚިޔާލެއް އިންޑިއާއިން ހުރިކަމަކަށް ނުފެނެއެވެ.

ނުރައްކާތެރިކަން އިތުރުވަމުން ދިޔަނަމަވެސް، ވަކި ގައުމެއްގެ ހައިސިއްޔަތުން އިންޑިއާއާއި ކުރިމަތިލާން ޖެހިއްޖެނަމަ އެކަން ކުރެވޭނެ ފެންވަރު ދިވެހިރާއްޖޭގައި މިވަގުތު ހުރިކަމަކަށް ނުބެލެވެއެވެ.

Loading

One Response

  1. ތިކަމުގަ ދެން ދިވެހި ރާއްޖެއައް އޮތް ސްޑޭންޑުކަމައް އަޅުގަނޑައް ޤަބޫލްކުރެވެނީ…..ދިވެހި ދަޢުލަތުގެ ދިފާއީބާރު އަލްޓްރާ ގަދަފަދަކޮއް ޤައުމުއިސްކޮ އަވައްޓެރި ޤައުމުތަކާއެކު ވިސްނުންތޫނުކޮއް ގުޅިގެން ކުރިއައްދިއުން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް